Advertisement

ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު, އެއް މަހަށް ޖަލަށް

22 ސެޕްޓެންބަރު 2021 - 17:28 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާސިފު: ނަޝީދަށް މަރުގެ އިންޒާރު ދިނުމުން އެއް މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި


ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު, އެއް މަހަށް ޖަލަށް

22 ސެޕްޓެންބަރު 2021 - 17:28 0

މުސްލިމުންގެ ދުޝްމަނެއް ކަމަށްވާ އަބޫޖަހުލަށް ހަދާލި ގޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކުގައި އިސްމާއިލް ޔާފިސް ކޮމެންޓްކުރުމަށްފަހު, ކުރިމިނަލް ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު ދީފި އެވެ.

ފޭސްބުކްގައި ކުރި ކޮމެންޓާ ގުޅިގެން ރ. މީދޫން ހައްޔަރުކުރި ޔާފިސް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާގެ ބަންދު މަޖިލީހަށެވެ.

އެ މަޖިލީހުގައި ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުތަކެއް ދީފަ އެވެ. ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނިންމެވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އެހެންވެ, އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް 40 އަހަރުގެ ޔާފިސްގެ މައްޗަށް އިއްވި އެވެ.

އޭނާގެ މީގެކުރިން ވެސް ހުރީ 15 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެއީ, އެންމެ ފުރަތަމަ ހައްޔަރުކުރުމަށްފަހު ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގައި ވެސް އަޑުގަދަކޮށް ހަދާފައިވާތީ, ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުންނެވެ.

ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ބޮމެއް ގޮއްވާލާފައިވާއިރު، ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު އަންނަނީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ.