Advertisement

ކުޑަ ކުއްޖާ ރޭޕްކުރި ކަމަށް ތުހްމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފި

17 ސެޕްޓެންބަރު 2021 - 00:32 1

ފުލުސް މީހާ ދިރިއުޅެމުންދިޔަ ގެ ކައިރިއަށް މިރޭ މީހުން އެއްވެ އަޑު އުފުލަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ


ކުޑަ ކުއްޖާ ރޭޕްކުރި ކަމަށް ތުހްމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފި

17 ސެޕްޓެންބަރު 2021 - 00:32 1

އައްޑޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހްމަތުކުރެވޭ ފުލުސް މީހާއާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލާފައި ވަނިކޮށް އޭާ ހައްޔަރުކޮށްފިއެވެ.

މައްސަލައިގެ ތުހުމަތުވާ 34 އަހަރުގެ ފުލުސް މީހާ ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި މިރޭ 11:09 ގަ އެވެ. މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ފުލުސް މީހާ ހައްޔަރުކުރީ އޭނާ ދިރިއުޅެމުން ދިޔަ ގެ ކައިރިއަށް މީހުން އެއްވެ އަޑު އުފުލައި ހަމަނުޖެހުން ވެސް އުފެއްދާފައި ވަނިކޮށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑްސްތައް ރާއްޖޭގައި އުޅެނީ މަތީގަ އެވެ.

ރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ ގުޅޭ ގޮތުން ހެދި އެންމެ ފުރަތަމަ ދިރާސާގައިވާ ގޮތުން ބޮޑުވަމުންދާ ކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހެ އެވެ. ފެބްރުއަރީ 2009 ގައި ޝާއިއު ކުރި އެ ދިރާސާ ރިޕޯޓުގައި ބުނީ 20 ޕަސެންޓު އަންހެން ކުދިންނަށް އަދި 11 ޕަސެންޓު ފިރިހެން ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ.