Advertisement

ބެލެނިވެރިން ބޭނުންވި ގޮތަށް ހިރިމަރަދުއަށް ދިވެހި ޕްރިންސިޕަލަކު ފޮނުވަނީ

12 އޮގަސްޓު 2021 - 12:20 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިރިމަރަދޫ ސްކޫލުގައި ބޭއްވި އެސެމްބުލީއެއް: އާ އަހަރުގެ ކިޔެވުންފެށި ކުރިއަށްދާ ނަމަވެސް އެ ސްކޫގެ ދަރިވަރުން ކިޔަވަން ފޮނުވާފައެއް ނުވޭ-- ފޮޓޯ: ހިރިމަރަދޫ ސްކޫލް ފޭސްބުކް


ބެލެނިވެރިން ބޭނުންވި ގޮތަށް ހިރިމަރަދުއަށް ދިވެހި ޕްރިންސިޕަލަކު ފޮނުވަނީ

12 އޮގަސްޓު 2021 - 12:20 1

ހދ. ހިރިމަރަދޫ ސްކޫލުގެ ދަރިވަރުން ސްކޫލަށް ނުފޮނުވައި ބެލެނިވެރިން ފާޅުކުރަމުންދާ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް އެ ރަށަށް ދިވެހި ޕްރިންސިޕަލަކު ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންގާރަދުވަހު ފެށިއަސް އެ ސްކޫލުގެ ދަރިވަރުން ސްކޫލަކަށް ނުފޮނުވަ އެވެ. ސަބަބަކީ އިންޑިއާގެ ޕްރިންސިޕަލަކު ހުރުމާއި 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ޓީޗަރުން ތިބުމާއި އެ ޓީޗަރުންގެ ފަރާތުން މިހާތަނަށް ވެސް އެއްވެސް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވުމެވެ.

ދަރިވަރުން ސްކޫލަށް ނުފޮނުވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ބެލެނިވެރިންނާ ވަނީ ބައްދަލުކޮށްފަ އެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދޭ އެ ސްކޫލުގައި ތިބެނީ 64 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ހިރިމަރަދޫ ސްކޫލުގެ މައްސަލަ ހައްލުކުރުން ކުރެވެން ހުރި ހުރިހާ ގޮތެއް ބަލަމުން އަންނަ ކަމަށެވެ. ބެލެނިވެރިންގެ އެންމެ ބޮޑު ހުށަހެޅުމަކީ ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުން ކަމަށް ވާތީ، އެކަން ވެސް ކޮށްދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. .

އެޑިއުކޭޝަނުން ބުނިގޮތުގައި އަންނަ އާދީއްތަ ދުވަހު އެ ރަށުގައި ޕްރިންސިޕަލް ހުންނަވާނެ އެވެ.

ހިރިމަރަދޫ ކައުންސިލްގެ ނައިބް ރައިސް މުހައްމަދު އަރުޒަން މީގެ ކުރިން ވިދާޅުވެފައި ވަނީ މިނިސްޓްރީން ދިޔަ ޓީމުގައި އެ ރަށު ބެލެނިވެރިންގެ ފަރާތުން އެދުނީ އެ ރަށު ސްކޫލުގައި މިހާރު ހުރި ކަންކަން ހައްލު ކުރާނެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެކަމަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ބަހެއް ނުލިބުނު ކަމަށެވެ.

ބެލެނިވެރިންގެ ފަރާތުން އެދުނު ކަންކަން މިނިސްޓްރީން ހައްލު ކުރަންދެން ނުވަތަ ހައްލު ކުރަން މުއްދަތެއް ދިނުމުން ނޫނީ ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް މިނިސްޓްރީން އައި ޓީމުގައި ވެސް ބުނެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.