Advertisement

ވެކްސިން ޕްރޮގްރާމް އަލުން ފަށަން އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި

29 ޖުލައި 2021 - 13:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓާ ވަނީ: ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ވެކްސިން ޕްރޮގްރާމް އަލުން ފަށަން އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި

29 ޖުލައި 2021 - 13:18 0

މިދިޔަ ފެބުރުއަރީ މަހު ފަށައި މެދުކެނޑިފައި އޮތް ވެކްސިން ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު އަލުން ފަށަން އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެޕޮއިންޓްމަންޓް ހައްދަން ހުޅުވާލީ ކޮވިޑަށް އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ސިންގަޕޫރު ވެކްސިން ޖެހުމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ބޭނުންވާ މީހުން ދުރާލައި އެޕޮއިންޓްމަންޓް ހައްދަންޖެހެ އެވެ. އެ މީހަކަށް ފަސޭހަ ގަޑިއަކަށް އެޕޮއިންޓްމަންޓް ހެއްދި ދާނެ އެވެ.

އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ވަނީ ފަށައިފަ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހާ މީހާގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އެޕޮއިންޓުމަންޓު ބޭނުންވާ ތާރީހާއި ގަޑި އިހްތިޔާރު ކުރުމަށާއި އެޕޮއިންޓުމަންޓު ހަމަޖެހުނު ކަމުގެ މެސެޖެއް ލިބޭނެ ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ވެކްސިން ޕްރޮގްރާމްގެ ތަފްސީލު ދެއްވަމުން އެޗްޕީއޭގެ އިމިއުނިޒޭޝަން ޕްރޮގްރާމްގެ އޮފިސަރު ނާޝިޔާ އަބްދުލް ގަފޫރު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު އެކި ސަބަބުތަކާ ގުޅިގެން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ކަމަށެވެ.

މާލޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހަ ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރާއި އާޓް ގެލަރީ އާއި އިސްލާމީ މަރުކަޒާއި ވިލިމާލެ ޔޫތް ސެންޓަރާއި ދަމަނަވެށީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.