Advertisement

ހިޔާ ފްލެޓަށް ރެއިންބޯ އެލުމިނިއަމްގެ ފާހަނަ ދޮރާއި ބްލައިންޑްސްގެ ހާއްސަ ޕެކޭޖްތަކެއް

27 ޖުލައި 2021 - 13:24 1

އަމަން ހަލީމް

އަމަން ހަލީމް

ރެއިންބޯ އެލުމިނިއަމް ޝޯރޫމް: މި ޝޯރޫމަށް ގޮސްގެން ކަސްޓަމަރުންނަށް ރެއިންބޯގެ ގިނަ ޕްރޮޑަކްޓްތައް ބަލާލެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ހިޔާ ފްލެޓަށް ރެއިންބޯ އެލުމިނިއަމްގެ ފާހަނަ ދޮރާއި ބްލައިންޑްސްގެ ހާއްސަ ޕެކޭޖްތަކެއް

27 ޖުލައި 2021 - 13:24 1

ހުޅުމާލޭ ހިޔާ ފްލެޓް އެޕާޓްމަންޓުތަކުގެ ކުޑަ ދޮރު ބްލައިންޑްސް ހަރުކުރުމަށާއި ފާހާނާއަށް ދޮރާއި ޝަވާ ގްލާސް ބޭނުންވާ މީހުންނަށް ހާއްސަ ޕެކޭޖްތަކެއް ރެއިންބޯ އެލުމިނިއަމްއިން ތައާރަފުކޮށްފި އެވެ.

މިއީ ރެއިންބޯއިން ހިޔާ ފްލެޓް ވެރިންނަށް ހާއްސަކޮށްގެން ހެޔޮ އަގެއްގައި ވިންޑޯ ބްލައިންޑްސް އަދި ފާހަނަ ދޮރާއި ޝަވާ ގްލާސް ހަރުކޮށްދޭން ފަރުމާކުރި ވަރަށް ހާއްސަ ޕެކޭޖްތަކެކެވެ. އަދި މި ޕެކޭޖްތަކުގެ އަގުތައް ހަދާފައިވަނީ އެޕާޓްމަންޓުގައި ހަރުކުރަން ހިނގާ ހަރަދު ވެސް ހިމަނައިގެންނެވެ.

ވިންޑޯ ބްލައިންޑްސް

ހިޔާ ފްލެޓަށް ހާއްސްކުރި ބްލައިންޑްސް ޕެކޭޖްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ދެ އޮޕްޝަނެއްގެ ތެރެއިން ބޭނުންވާ ޑިޒައިނެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއް ވައްތަރަކީ ރޯލާ ބްލައިންޑްސް އެވެ. އަނެއް ވައްތަރަކީ ޒީބްރާ ބްލައިންޑްސް އެވެ.

މި ދެ ވައްތަރުގެ ތަފާތަކީ ރޯލާ ބްލައިންޑްސްއަކީ ހަމައެކަނި މަތިން ތިރިޔަށް ދަމާލެވޭ ގޮތަށް ހުންނަ ބްލައިންޑެކެވެ. އެކަމަކު ޒީބްރާ ބްލައިންޑްސް އެއްކޮށް މައްޗަށް ކަހާނުލި ނަމަވެސް ކޮޓަރިއަށް ބޭނުންވާ އަލި ވައްދަން ބޭނުން ނަމަ ބްލައިންޑްސްތައް ވަކިން ހުޅުވާލެވޭނެ އެވެ.

ރެއިންބޯ އެލުމިނިއަމްގެ ވިންޑޯ ބްލައިންޑްސް ޑިޒައިންތައް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މި ދެ ވައްތަރުގެ ބްލައިންޑްސްގެ ޕެކޭޖްތައް ބެހެނީ ހިޔާގެ ޓައިޕް 1 އަދި ޓައިޕް 3 އެޕާޓްމަންޓްތަކުގެ ޕެކޭޖުތަކާއި ޓައިޕް 2 އެޕާޓްމަންޓު ޕެކޭޖުތަކަށެވެ. މި ފްލެޓްތަކުގެ ޓައިޕް 1 އަދި ޓައިޕް 3 ގައި ތިން ކުޑަދޮރު ހުރެ އެވެ. އަދި ޓައިޕް 2 ގައި ހުންނަނީ ދެ ކުޑަދޮރެވެ.

ފާހަނާ ދޮރު އަދި ޝަވާ ގްލާސް

ހިޔާގެ ފާހަނަތަކުގެ ދޮރު ހަރުކުރުމަށާއި ފާހަނަ ތެރޭގައި ފެންވަރާ ތަން ވަކިކުރަން ޝަވާ ގްލާސް ޕެކޭޖްތަކުގެ އަގު ހަދާފައި ވަނީ ވެސް ހަރުކުރުމުގެ އަގު ހިމަނައިގެންނެވެ. ހުރިހާ ވައްތަރެއްގެ އެޕާޓްމަންޓްތަކަށް ވެސް އެއް އަގެއްގައި މި ޕެކޭޖުގެ ތެރެއިން ރެއިންބޯއިން ހިދުމަތް ދޭނެ އެވެ.

މި ފާހަނާ ދޮރުތަކަކީ ރެއިންބޯ އެލުމިނިއަމް ފެކްޓްރީގައި ފަރުމާކުރާ ކޮލީޓީ މޮޅު ޕްރޮޑަކްޓެކެވެ. އަދި މެދުގައި ހުންނަނީ ކްލިއާ ގްލާސް އެވެ. އެކަމަކު މި ބިއްލޫރީގައި ހުންނަނީ އެތެރެ ނުފެންނަ ގޮތަށް ފްރޮސްޓަޑް ސްޓިކާ ހަރުކޮށްފަ އެވެ.

ރެއިންބޯ އެލުމިނިއަމްގެ ޝަވާ ކިއުބިކަލް އަދި ފާހަނަ ޕާޓިޝަން އުފެއްދުންތައް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ޝަވާ ގްލާސްއަކީ ވެސް އެންމެ ކޮލިޓީ ރަނގަޅު 10 މިލިމީޓަރު ބޯމިނުގެ ޓެމްޕާޑް ގްލާސް ބޭނުންކޮށްގެން ހަދާފައި ހުންނަ ޕާޓިޝަނެކެވެ. ހަރުކުރަން ބޭނުން ކުރަނީ އެސްއެސް ކޮލިޓީ ބްރެކެޓްތަކެވެ. އަދި މި ބިއްލޫރި ވެސް ހުންނަނީ އެތެރެ ނުފެންނަ ގޮތަށް ފްރޮސްޓްކޮށްފަ އެވެ.

ރެއިންބޯގެ މި ޕެކޭޖްތައް ނަގަން ބޭނުންވާ ކަސްޓަމަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލީ ދިރިއުޅުން ފައިނޭންސިން އަދި އެމްއެފްއެލްސީގެ ފައިނޭންސިން ބޭނުން ކުރެވޭނެ އެވެ.