Advertisement

ރެއިންބޯ އެލުމިނިއަމް ހުރިހާ ބަޖެޓަކަށް ވެސް ހެޔޮވަރު

4 އޭޕްރީލް 2021 - 14:58 1

އަމަން ހަލީމް

އަމަން ހަލީމް

ރެއިންބޯ އެލުމިނިއަމް ޝޯރޫމް: މި ޝޯރޫމުގައި ރެއިންބޯ އެލުމިނިއަމްގެ ގިނަ ޕްރޮޑަކްޓްތައް ޑިސްޕްލޭ ކޮށްފައި ހުރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ރެއިންބޯ އެލުމިނިއަމް ހުރިހާ ބަޖެޓަކަށް ވެސް ހެޔޮވަރު

4 އޭޕްރީލް 2021 - 14:58 1

1995 ވަނަ އަހަރު ރެއިންބޯ އެލުމިނިއަމް އިން ރާއްޖޭގެ ބާޒާރަށް ނިކުތީ އެލުމިނިއަމް ދޮރުތަކާއި، ކުޑަދޮރުތަކާއި، ކާޓެން ވޯލް އަދި ކްލެޑިން މަސައްކަތަށް ހާއްސަ ވެގެންނެވެ. އޭރުވެސް ރެއިންބޯގެ އަމާޒަކަށްވީ ކަސްޓަމަރުންގެ ބަޖެޓަށް ފެތޭނެ، ކޮލިޓީ ޕްރޮޑަކްޓެއް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދިނުމެވެ.

ރެއިންބޯ އެލުމިނިއަމްގެ އައު ޒަމާނީ ޝޯރޫމަކީ ވެސް، މި ވިސްނުން ބަހައްޓައިގެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނައުމުގެ ގޮތުން ކަސްޓަމަރުންނަށް ދިން "ހަދިޔާ" އެކެވެ.

ރެއިންބޯ އެލުމިނިއަމް ޝޯރޫމް: މި ޝޯރޫމް ހުންނަނީ އަލިކިލެގެފާނު މަގުގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ރެއިންބޯ އެލުމިނިއަމް ޝޯރޫމުން ލިބެން ހުންނާނެ ހިދުމަތްތައް

އަލިކިލެގެފާނު މަގުގައި ހުންނަ ރެއިންބޯ އެލުމިނިއަމްގެ ޝޯރޫމަށް ޒިޔާރަތްކުރާ މީހުންނަށް، ރެއިންބޯގެ ޕްރޮޑަކްޓްތައް ބަލާލަން ފުރުސަތު ދިނުމުގެ ގޮތުން މައިގަނޑު ޕްރޮޑަކްޑްތައް ހުންނަނީ ޑިސްޕްލޭ ކުރެވިފަ އެވެ. އޭގެ ތެރޭގައި ރެއިންބޯ އެލުމިނިއަމް އިން އެލުމިނިއަމް މަސައްކަތްތައް ނިންމާފައި ހުރި އިމާރާތްތައް ފެންނަ ސްލައިޑް ޝޯއެއް ވެސް ހިމެނެ އެވެ.

މި ޝޯރޫމްގައި ޑިސްޕްލޭ ކުރެވިފައިވާ އައިޓަމްތަކުގެ ތެރޭގައި ޓެމްޕާޑް ގްލާސް ބެލްކަނީ، ޝަވާ ކިއުބިކަލް، އެލުމިނިއަމް ދޮރުތަކާއި ކުޑަދޮރުތައް، ކްލެޑިން، އިންޓީރިއާ ސްޓްރިޕް ސީލިން އަދި ބްލައިންޑްސް ހިމެނެ އެވެ. އަދި މި އައިޓަމްތަކުގެ ތެރެއިން ރެއިންބޯ އެލުމިނިއަމް އިން ލިބެން ހުރި ތަފާތު އެކި ފަރުމާތައް ވެސް ޑިސްޕްލޭގައި ހުރެ އެވެ.

އެހީތެރިކަން ބޭނުންވާ ނަމަ ރެއިންބޯގެ ތަޖުރިބާކާރަކު ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ދޭން ޝޯރޫމް ތެރޭގައި ހުރިހާ ވަގުތެއްގައިވެސް ހުންނާނެ އެވެ.

ރެއިންބޯ އެލުމިނިއަމް ޝޯރޫމް: އެލުމިނިއަމް ރެއިިލިން އަދި ކުޑަދޮރު ޑިސްޕްލޭ ކޮށްފައި -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކަސްޓަމަރުގެ ބަޖެޓަށް ފެތޭ، އެކި ކޮލިޓީގެ އޮޕްޝަންތައް

ރެއިންބޯ އެލުމިނިއަމް އިން ކަސްޓަމަރުންނަށް ދޭ އެންމެ ބޮޑު އެއް ޔަގީންކަމަކީ، ކޮންމެ ކަސްޓަމަރެއްގެ ބަޖެޓަށް ފެތޭވަރުގެ އެކި ކޮލިޓީގެ އޮޕްޝަންތައް ލިބެން ހުންނާނެ ކަމެވެ. އަދި މި އޮޕްޝަންތައް ރެއިންބޯ އެލުމިނިއަމް ޝޯރޫމުން ފެންނަން ހުންނާނެ އެވެ.

އެކި ކޮލިޓީގެ އައިޓަމްތައް ޝޯރޫމްގައި ޑިސްޕްލޭ ކުރެވިފައި ހުންނަނީ ކަސްޓަމަރު އަމިއްލައަށް އަޅާކިޔާލަން ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.

ރެއިންބޯ އެލުމިނިއަމް އިން ދޭ އަނެއް ޔަގީންކަމަކީ ރެއިންބޯގެ މަސައްކަތުގެ ކޮލިޓީއާ އެއް ހަމަ ކޮލިޓީގެ މަސައްކަތެއް އެހެން ބަޔަކަށް ފޯރުކޮށް ނުދެވޭނެ ކަމެވެ.