Advertisement

ކޮވިޑް އުފެދުނު ގޮތް ހޯދަން ލެބުތައް ތަހުގީގު ކުރާތީ ޗައިނާގެ ނުރުހުން

22 ޖުލައި 2021 - 11:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ ޓީމުން ޗައިނާގައި.--


ކޮވިޑް އުފެދުނު ގޮތް ހޯދަން ލެބުތައް ތަހުގީގު ކުރާތީ ޗައިނާގެ ނުރުހުން

22 ޖުލައި 2021 - 11:55 0

ބެއިޖިން، ޗައިނާ (ޖުލައި 22) - ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަހުގެ ހަގީގަތް ހޯދަން އެ ގައުމުގެ ލެބުތައް ބަލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުށަހެޅުމުން ޗައިނާއިން ނުރުހުން ފާޅުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް ބަލި ފަތުރާ ވައިރަސް އުފެދުނު ގޮތް ދެނެގަންނަން ކުރާ ބައިނަލްއަގްވާމީ ތަހުގީގުގެ ދެ ވަނަ މަރުހަލާގައި ހިމެނެނީ ޗައިނާގެ ލެބުތައް އޮޑިޓް ކުރުން ކަމަށެވެ. އެގޮތަށް ނިންމީ އެމެރިކާއިން އެކަމަށް ބާރުއަޅަމުން ދާތީ އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް އިއުލާނު ކުރެއްވި ހުށަހެޅުމުގައި ވަނީ އެންމެ ފުރަތަމަ ކޭސްތައް ފެނުނު ސަރަހައްދުގައި ހުރި ލެބުތައް އޮޑިޓް ކުރާނެ ކަމަށެވެ. މި ވައިރަސް އެންމެ ފުރަތަމަ އިންސާނުންގެ ގައިން ފެނުނީ ޑިސެމްބަރު 2019 ގައި ވޫހާން ސިޓީންނެވެ.

ޗައިނާގެ ވައިސް ހެލްތު މިނިސްޓަރު ޝެންގް ޒިންގް ވިދާޅުވީ އެ ހުށަހެޅުމާ މެދު ހައިރާންވާ ކަމަށާއި އެއީ ޗައިނާއަށް އިހްތިރާމް ކުޑަ ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް މި ވައިރަސް ފެތުރުނީ ޗައިނާގެ ލެބަކުން ލީކުވެގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ޗައިނާއިން ބުނީ އެއީ ފޭކު ކޮންސްޕިރެސީ ތިއަރީއެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެމެރިކާއިން ބުނަމުން އަންނަނީ އެކަމާ ގުޅޭ ހެކިތައް އިތުރުވަމުންދާ ކަމަށެވެ. ރައްދުގައި ޗައިނާއިން ބުނަނީ ވައިރަސް ލީކުވީ އެމެރިކާގެ އަސްކަރީ ލެބަކުން ކަމަށެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ އެމެރިކާއަށް ކުރާ ތުހުމަތު ތަހުގީގު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.