Advertisement

ސުޕަނެޓް ޕްލޭންތަކަށް އުރީދޫ ކްލަބް ޕްރިމިއާ ތައާރަފުކޮށްފި

15 ޖުލައި 2021 - 11:01 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫ ކްލަބް ޕްރިމިއާ ލޯންޖް: މި ލޯންޖް އެކްސެސް ކްލަބް ޕްރިމިއާގެ ހުރިހާ ގިންތިއެއްގެ މެމްބާޝިޕްތަކަށް ވެސް ލިބޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ސުޕަނެޓް ޕްލޭންތަކަށް އުރީދޫ ކްލަބް ޕްރިމިއާ ތައާރަފުކޮށްފި

15 ޖުލައި 2021 - 11:01 0

ރާއްޖެ އާއި ބައިނަލްއަގްވާމީ ބްރޭންޑްތަކުން ތަފާތު ހިދުމަތްތަކާއި ހާއްސަ ޑިސްކައުންޓްތައް ލިބޭ އުރީދޫ ކްލަބް ޕްރިމިއާގެ ހިދުމަތް ސުޕަނެޓް 40އެމް އިން މަތީގެ ޕްލޭންތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ތައާރަފުކޮށްފި އެވެ.

ކްލަބް ޕްރިމިއާއަކީ 2015 ވަނަ އަހަރުން ފެށިގެން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ރިވޯޑް ސްކީމެކެވެ. މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ޑިސްކައުންޓްތަކުގެ އިތުރުން އުރީދޫ ލައުންޖް އެކްސެސް އާއި ޕްރަޔޯރިޓީ ޕާސް އަދި ލައިފް އިންޝުރަންސް ފަދަ ހިދުމަތްތަކާއި އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ލިބެ އެވެ.

އުރީދޫއިން މި ރިވޯޑް ސްކީމްގެ ދަށުން ލިބޭ ފައިދާ ނުވަތަ ބެނެފިޓްސްތައް ބެހެނީ ތިން ގިންތިއަކަށެވެ. އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް އެވެ. އެ މީހެއްގެ މެމްބާޝިޕް ކަނޑައަޅާނީ ގެންގުޅޭ ޕްލޭނަށް ބަލާފަ އެވެ. މި ކާޑު ބޭނުންކުރަނީ އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލްކޮށެވެ.

ސިލްވާ މެމްބާޝިޕްގެ ފައިދާތައް

  • ރާއްޖޭގެ މަގުބޫލް ބްރޭންޑްތަކުން ހާއްސަ ހިދުމަތްތަކާއި %20 އާ ހަމައަށް ޑިސްކައުންޓް
  • ކްލަބް ޕްރިމިއާ ލޯންޖް އެކްސެސް
  • އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓްތައް

ގޯލްޑް މެމްބާޝިޕް އަދި ޕްލެޓިނަމް މެމްބާޝިޕްގެ ފައިދާތައް

  • ސިލްވާ މެމްބާޝިޕުން ލިބޭ ހުރިހާ ފައިދާތައް
  • ޕްރަޔޯރިޓީ ޕާސް (އެއާޕޯޓްތަކުގެ ލޯންޖް އެކްސެސް)
  • ލައިފް އިންޝުރަންސް

މި ރިވޯޑް ސްކީމާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވީ މިއީ އުރީދޫއިން ކަސްޓަމަރުންގެ އަގުވަޒަން ކުރަން ހިންގާ ޕްރޮގްރާމަކަށް ވުމުން، ސުޕަނެޓް ކަސްޓަމަރުންނަށް ނުހަނު އުފަލާ އެކު މަރުހަބާ ކިޔާ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ޑިސްކައުންޓްތަކާއި ހިދުމަތްތަކާއެކު މި ރިވޯޑް ސްކީމް ފުޅާކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ހިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާ އެކު، ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ މިފަދަ ހިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއިން ޑިސްކައުންޓް ލިބޭ ރާއްޖޭގެ ބްރޭންޑްތަކުގެ ތެރޭގައި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާން ހިމެނެ އެވެ. މި ބްރޭންޑްތަކުގެ އިތުރުން ވެސް ގިނަ ރެސްޓޯރަންޓްތަކާއި ކެފާތަކާއި ޓެކް އަދި ލައިފްސްޓައިލް ވިޔަފާރިތަކުން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މި ސްކީމްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ލިބޭ ޕްރަޔޯރިޓީ ޕާސް ހިދުމަތަކީ ވެސް ކަސްޓަމަރުންނަށް ކަމުދާނެ ފައިދާއެކެވެ. ޕްރަޔޯރިޓީ ޕާސްއަކީ ދުނިޔޭގެ އެއާޕޯޓްތަކުގެ ލައުންޖްތަކަށް އެކްސެސް ދޭ ނަން މަޝްހޫރު ބްރޭންޑެކެވެ. މި ޕާސް ގިނަ އެއާޕޯޓްތަކެއްގައި ބޭނުން ކުރެވޭއިރު، އިކޮނޮމިކް ކްލާސް ޓިކެޓުގައި ވެސް ބިޒްނަސް ކްލާސް ޓިކެޓުގައި ވެސް މި ޕާސް ބޭނުން ކުރެވޭނެ އެވެ.