Advertisement

ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީ ކުރި މައްސަލާގައި ދައުވާކުރާނެކަން އަންގައިފި

27 ޖުލައި 2021 - 07:27 3

ފާތިމަތު އަޖްފާން

ފ

Advertisement

ކިންގް ސަލްމާން މިސްކިތް: ޑިޒައިން ކޮޕީކުރި ކަމަށް ބުނާ މައްސަލާގައި ރައީސް އޮފީހުގެ ތެރޭގައި ވެސް ބައްދަލުވުންތައް ކުރިއަށް ގެންދިޔަ-- ފޮޓޯ: އަދަދު


ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީ ކުރި މައްސަލާގައި ދައުވާކުރާނެކަން އަންގައިފި

27 ޖުލައި 2021 - 07:27 3

Advertisement

Advertisement

ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީރައިޓެއް ކަމާއި އެ މައްސަލާގައި ދައުވާކުރާނެކަން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއަށް އަންގައިފި އެވެ.

މިސްކިތް އަޅަން މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސްއާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރި އެވެ. ނަމަވެސް، އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ.

Advertisement

ތުރުކީގެ ޓާމެކްސް ކުންފުނިން އެޅި މިސްކިތަކީ އެންއާރްވައި އާކިޓެކްސްއިން ހުށަހެޅި ޑިޒައިނެއް ކަމަށް ބުނެ އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު "އަދަދު"އަށް މިއަދު ވިދާޅުވީ މިނިސްޓަރަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި މެލޭޝިޔާ އެ ކުންފުނީގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މެލޭޝިއާ ކުންފުނީގެ ހައްގު ހޯދުމަށްޓަކައި ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ކުންފުނި މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރި. އޭގެ ތެރޭގައި މަޝްވަރާތަކުގަ ސަރުކާރާއެކު އޭގައި ބައިވެރިވި މީހުންގެ ފޮޓޯތައް ވެސް ފޮނުވާފަ ހުރި." މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

އެ ކުންފުނިން މަޝްވަރާ ކުރި ޑިޒައިންތަކާ މިހާރު އަޅާފައިވާ މިސްކިތުގެ ޑިޒައިނަށް ގެނެސްފައިވަނީ ކުޑަ ބަދަލެއްކަން މިނިސްޓްރު ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތެރޭގައި ވެސް ބައްދަލުވުންތައް ބޭއްވި ކަމަށާއި އެ ސިޓީއާ ގުޅޭ މައްސަލަ މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަ ބަލަމުންދެ އެވެ.

މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ހުށަހެޅި މިސްކިތުގެ ޑިޒައިން


މިސްކިތް ނުހުޅުވާ ލަސްވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ. މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައަޅަން ސައުދީން ވަފުދެއް އަންނާނެ ކަމަށް މިދިޔަ މަހު ބުނި ނަމަވެސް އައިސްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިސްކިތް ހުޅުވަން ސައުދީގެ އޮފިޝަލުންގެ ވަފުދު ރާއްޖެ އައުން މިވަގުތަށް ލަސްވެފައިވާ ކަމަށާއި އައުން ލަސްވެފައިވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިސްކިތް ހުޅުވާނެ ތާރީހެއް ކަންޑައެޅުމަށް ސައުދީން ވަފުދެއް

ސައުދީން އަންނަ ހަފުތާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދުން ސަލްމާން މިސްކިތުގައި މިހާރު ހުރި ކަންކަން ބެލުމަށްފަހު މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައަޅާނެ. ސައުދީން އަންނަނީ ޖުމްލަ ތިން މީހުންގެ ވަފުދެއް.

މިސްކިތް ހުޅުވާނެ ތާރީހެއް ކަންޑައެޅުމަށް ސައުދީން ވަފުދެއް

ސައުދީން އަންނަ ހަފުތާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދުން ސަލްމާން މިސްކިތުގައި މިހާރު ހުރި ކަންކަން ބެލުމަށްފަހު މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައަޅާނެ. ސައުދީން އަންނަނީ ޖުމްލަ ތިން މީހުންގެ ވަފުދެއް.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާއެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

Advertisement

0.00%

25.00%

25.00%

50.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޛ

over 3 years ago

ނާގާބިލް އިސްލާމި ކް މިނިސްޓަރަށް މިސްކިތް ނުހުޅުވުނީމަ އަނބުރާ ގޭސްގަނޑެއްމީ

ނަޖްވާ

over 3 years ago

ކީކޭ ދެން އަޅެ ފަހެ ބުނާނީ؟ މީހުން އަތުން ޕްރޮޕޯސަލް ގެނުވާފަ، އޭގެން އައިޑިޔާ ނަގާފަ، ޕޮރޮޕޯސަލް ކެންސަލް ކޮށް ބަހައްޓާފަ އެހެން ބަޔަކު ލައްވާ މަސައްކަތް ކުރުވާފަ، ސައުދީން ދިން ލާރިން ބަޔެއް ޖީބަށް ލާ ގޮތަށް ކަންކަން ރާވާފަ ހުރީ! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!

ޣުލުން

over 3 years ago

މިސްކިތެއްވިއްޔާ އެއްގޮތް ކަންތަ ކެއް ހުރެދާނެ، ސަބަބަ ކީ ހުރިހާމިސއކިތެއްގަވެސް ބެރަށްފެންނަ ގުއްބަ ކާ ހުސްބިމެއް އޮންނާނެ. ޜަނގަޅަށް ވަ ކާލާތު ކުރެވިއްޖެނަމަ އެމީހުނަށް ވިން ނުވާނެ. ޓިއުޅެނީ ކުރީސަރު ކާރޭ އޭއްޗޭ މިއްޗޭ ކިޔައި ފިތުނަ އުފައްދަން. ތިދެމިސްކިތް ބޭރުން ބަލާއިރުވެސް އެއްގޮތްކަމެއްނެތް