Advertisement

ނެޓުުހެޔޮ ކުރަން އުރީދޫ ސުޕަނެޓް ޕެކޭޖްތަކުގެ އަގުހެޔޮކޮށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް

1 ޖުލައި 2021 - 09:06 1

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫ ކްލަބް ޕްރިމިއާ ލޯންޖް: މިހާރު ސުޕަނެޓް 35M ޕެކޭޖުން މަތިން ނަގާ ކަސްޓަމަރުންނަށް އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމްގެ ހުރިހާ ފައިދާތަކެއް ލިބޭނެ -- ފޮޓޯ: ހުސެއިން ޝަޔާހު


ނެޓުުހެޔޮ ކުރަން އުރީދޫ ސުޕަނެޓް ޕެކޭޖްތަކުގެ އަގުހެޔޮކޮށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް

1 ޖުލައި 2021 - 09:06 1

ސަރުކާރުގެ ނެޓުހެޔޮ ސިޔާސަތާއި ގުޅިގެން މިއަދުން ފެށިގެން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކުގެ އަގުހެޔޮކޮށް ބޮޑެތި އަޕްގްރޭޑްތަކެއް ކޮށްފި އެވެ.

ސުޕަނެޓަށް ޕްލޭންތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި ނެޓޮހެޔޮއަށް ހާއްސަ ކުރެވިގެން މުޅިން އާ ޕްލޭންތަކެއް ވަނީ ތައާރަފު ކޮށްފަ އެވެ. އަދި އުރީދޫގެ ޑޭޓާ ރޯލްއޯވާ ހިދުމަތް ލިބިގެންދާނެ އެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް އިތުރު ހިދުމަތެއް ގޮތުގައި އުރީދޫގެ އަންލިމިޓެޑް ޑޭޓާ ރޯލްއޯވާ އަދި ފިކްސްޑް ލައިން ހިދުމަތް ސުޕަނެޓް ވޮއިސްގެ އިތުރުން 35އެމް ޕްލޭނުން މަތިން ނަގާ ކަސްޓަމަރުންނަށް އުރީދޫގެ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި މި ބަދަލުތަކާ އެކު ސުޕަނެޓްގެ ހިދުމަތަކީ މިހާރު މާކެޓްގައި ހެޔޮ އަގުގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކެވެ.

އުރީދޫ ސުޕަނެޓްގެ ޕްރޮމޯޝަނަލް ޕޯސްޓާ --


އުރީދޫގެ ނެޓޮހެޔޮ ސުޕަނެޓް ޕްލޭންތައް

އުރީދޫއިން ވަނީ ސުޕަނެޓްގެ މުޅިން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށްފަ އެވެ. އެ ޕްލޭންތަކަކީ:

  • ސުޕަނެޓް 5އެމް: ސުޕަނެޓްގެ އެންމެ އަގުހެޔޮ ޕްލޭނުން ކަސްޓަމަރުންނަށް 250ރ. އަށް 30 ޖީބީ ޑޭޓާ އެލަވަންސް. ޑޭޓާ އެލަވަންސް ހަމަވުމުން 2 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ބޭނުންކުރެވޭނެ.
  • ސުޕަނެޓް 10އެމް: މި ޕްލޭނުން ކަސްޓަމަރުންނަށް 400ރ. އަށް 65 ޖީބީ ޑޭޓާ އެލަވަންސް. ޑޭޓާ އެލަވަންސް ހަމަވުމުން 5 އެމްބީޕީއެސް ސްޕީޑްގައި އިންޓެނެޓް ބޭނުންކުރެވޭނެ.
  • ސުޕަނެޓް 20އެމް: މި ޕްލޭނުން ކަސްޓަމަރުންނަށް 500ރ. އަށް 130 ޖީބީ ޑޭޓާ އެލަވަންސް ލިބޭނެ. ޑޭޓާ އެލަވަންސް ހަމަވުމުން 5 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ބޭނުންކުރެވޭނެ.
  • ސުޕަނެޓް 30އެމް: މި ޕްލޭނުން ކަސްޓަމަރުންނަށް 700ރ. އަށް 210 ޖީބީ ޑޭޓާ އެލަވަންސް ލިބޭނެ. ޑޭޓާ އެލަވަންސް ހަމަވުމުން 5 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ބޭނުންކުރެވޭނެ.

މި ޕްލޭންތަކުގެ އިތުރުން ކުރިން ހުރި ސުޕަނެޓް ޕްލޭންތަކުގެ ސްޕީޑް މަތިކޮށް ޑޭޓާ އެލަވަންސްތައް 100 ޕަސަންޓު ވަނީ އިތުރުކުރެވިފަ އެވެ. އުރީދޫއިން ބުނީ މީގެ ސަބަބުން ޖީބީ ވިއްކާ އަގު ތިރިވެ، އިތުރު ހަރަދުތަކެއް ނުހިނގާ ގޮތަށް ޑޭޓާ އެލަވަންސް އިތުރުވާނެ ކަަމަށެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް ކްލަބް ޕްރިއާގެ ފައިދާތައް

އުރީދޫއިން ސުޕަނެޓް ޕްލޭންތަކަށް ގެނައި އަޕްގްރޭޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ސުޕަނެޓް 35އެމް އިން ފެށިގެން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް އުރީދޫ ކްލަބް ޕްރިމިއާ ހިދުމަތް ތައާރަފުކުރުމެވެ.

އުރީދޫ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމް ހިދުމަތާއެކު ރާއްޖެ އާއި ރާއްޖޭގެ ބޭރުގެ ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭނެ އެވެ. މީގެ ތެރޭގައި މަގުބޫލު ބްރޭންޑްތަކާއި، ރެސްޓޯރަންޓްތަކާއި، ކެފޭތައް ހިމެނެ އެވެ. މި ކަސްޓަމަރުންނަށް އުރީދޫ ކްލަބް ޕްރިމިއާ ލޯންޖުގެ ހިދުމަތްތައް ބޭނުންކުރެވޭނެ އެވެ.

އުރީދޫ ސުޕަނެޓް އަޕްގްރޭޑްތައް


އުރީދޫއިން އަންނަނީ ރާއްޖޭގެ އާބީދީގެ 75 ޕަސަންޓަށް ސުޕަނެޓް ކަވަރޭޖް ފޯރުކޮށްދީފަ އެވެ. އަދި ރާއްޖޭގެ އިތުރު ރަށްރަށަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ދަނީ ކުރިޔަށެވެ.

އެ ކުންފުނީގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި މުޅި ރާއްޖެއަށް އެ ކުންފުނީގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް އިންޓަނެޓް ފޯރުކޮށްދޭން ކުރާ މަސައްކަތުގެ ތެރެއިން ސުޕަނެޓް ކަވަރޭޖް ފޯރުކޮށްދިނުމެވެ.