Advertisement

މޭ ހައެއް ކޮމިޓީން މިނިސްޓަރު މާރިޔާއާ ބައްދަލުކޮށްފި

28 ޖޫން 2021 - 14:43 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްޑީޕީ މޭ 6 ކޮމެޓީން ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވަނީ: ކަމާގުޅޭ ހުރިހާ ފަރާތްތަކާ ބައްދަލުކުރަން އެ ކޮމިޓީން ވަނީ ނިންމާފައި. -- ފޮޓޯ/ އެމްޑީޕީ


މޭ ހައެއް ކޮމިޓީން މިނިސްޓަރު މާރިޔާއާ ބައްދަލުކޮށްފި

28 ޖޫން 2021 - 14:43 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން "މޭ ހައެއް" ކޮމިޓީން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ މިއަދު ބައްދަލުކޮށްފި އެވެ.

އެ ކޮމިޓީއަކީ ހަމަލާގެ ތަހުގީގުގެ ކަންކަން ހިނގައިދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީއެކެވެ.

މާރިޔާއާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ކޮމިޓީން ވަނީ އެޗުއާރުސީއެމްއާ ވެސް ބައްދަލުކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވެފައި ވަނީ ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ތަހުގީގުތަކާ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ގާތުން ބަލައި ފާރަވެރިވުމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުރިން މާރިޔާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމެޓީއަށް ވެސް ހާޒިރު ކޮށްފަ އެވެ.

އެ ކޮމިޓީގެ ތިން މަންބަރަކު ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ވެސް މައުލޫމާތުތަކެއް ސާފުކުރެއްވި އެވެ. ހަމަލާގެ އިންކުއަރީއެއް މަޖިލީހުން ކުރިއަށް ގެންދާއިރު، އެ ރިޕޯޓް މި މަހުގެ ނިޔަލަށް ނިންމަން ވަނީ އަމާޒުހިފައިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ފެއިލްވެފައިވާ ކަމަށް ބުނެ އެވެ.