Advertisement

ތުރުކީ

11 ޖޫން 2021 - 22:51 0


ތުރުކީ

11 ޖޫން 2021 - 22:51 0

މި ފަހަރު ޔޫރޯގައި ވާދަކުރާ ތުރުކީ އަކީ ޔޫރަޕް ފުޓްބޯޅަ މުބާރާތްތަކުގައި އާންމު ނަމެކެވެ. އެންމެ ފަހުން ކުޅުނު ހަތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގައި ތުރުކީ ކުޅެފައިވާއިރު، އެ ޓީމުގެ ފުރަތަމަ ފެނިލުމަކީ 1996 ވަަނަ އަހަރު އިންްގްލެންޑްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އޭގެ ފަހުން ތުރުކީން ވަނީ 2000، 2008 އަދި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާަދަކޮށްފަ އެވެ. ތުރުކީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، އެ ޓީމުން އެންމެ ރަނގަޅު ނަތީޖަ ނެރުނީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީގައި ޖަރުމަނު އަތުން ވީ ބައްޔެވެ.

ހަކަން ސުކޫރާއި ނިހާޓް ކަވޭޗީ އަދި ގޯލްކީޕަރު ރުސްޓޫގެ އިތުރުން އެމްރޭ ބެލޮޒޯގްލޫ ފަދަ ތަރިން ގޮވައިގެން ތުރުކީ އަށް މީގެ ކުރިން ޔޫރޯތަކުގައި އެ ކުޅުންތެރިންގެ ފެންވަރާއި އެއްވަރަށް މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. މި ފަހަރު ޔޫރޯ އަށް ތުރުކީ ކޮލިފައިވީ ކޮލިފައިން ގްރޫޕް އެޗްގެ ރަނަރަޕްގެ ގޮތުގަ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އައިސްލެންޑް އަތުން އެކަންޏެވެ. ތުރުކީ ކޮލިފައިން ނިންމާލީ ފްރާންސަށް ވުރެ ފަހަތުންނެވެ އެކަމަކު ކޮލިފައިންގައި ފްރާންސްގެ މައްޗަށް ކުރިހޯދި އެވެ.

މި ފަހަރު ތުރުކީ ޓީމުން ވިދާލާނެ ކުޅުންތެރިއަކީ ފްރާންސްގެ ޗެމްޕިއަންކަން ލިލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ފޯވާޑް ބުރަކް ޔިލްމާޒް އެވެ. އުމުރުން 35 އަހަރުގެ ފޯވާޑް މި ވަގުތު ހުރީ ތަފާތު ފޯމެއްގަ އެވެ. ކޮލިފައިންގައި ތުރުކީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނީ ފޯވާޑް ޗެންކް ޓޯސުން އެވެ. އޭނާ ވަނީ ފަސް ގޯލު ޖަަހައިފަ އެވެ.

ތުރުކީގެ ކޯޗު ސެނިއޯލް ހޫނިއެސް މެޗެއްގެ ތެރެއިން


ކޯޗު: ސެނިއޯލް ގުނެޝް

ތުރުކީގެ ކޯޗަކީ އެ ގައުމުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ކޯޗު ސެނިއޯލް ގުނެޝް އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަަނަ ތުުރުކީ އަށް ހޯދައިިދިން ކޯޗެވެ. އަދި ތުރުކީ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ބެސިކްޓާސް އަށް އެ ގައުމުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިދިނެވެ. އަދި ގިނަ ކްލަބްތަކާއި ގައުމީ ޓީމުތަކުން ލިބުނު ހުށަހެޅުން ދޫކޮށްލައި އޭނާ ވަނީ ތުރުކީ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.

ސްކޮޑު

ކީޕަރުން: އަލްޓޭ ބޭއަންދީރް (ފެނަބާޗޭ)، މެރެޓް ގުއޫނޮކް (އިސްތަންބޫލް ބަސަކްޝެހީރް)، އުގޫރްޝާން ހާކިރް (ޓްރަބްޒޯންސްޕޯ)

ޑިފެންޑަރުން: ޒެކީ ސެލިކް (ލޮސްކް ލިލް)، ޝަލްގާ ސޮޔުންޗޫ (ލެސްޓާ ސިޓީ)، ހާން އައިހާން (ސަސުއޯލޯ)، މެރީހް ޑެމިރާލް (ޔުވެންޓަސް)، މެރެޓް މޫލްދޫރު (ސަސުއޯލޯ)، އޮޒާން ކަބަކް (ލިވަޕޫލް/ ޝާލްކާ)، ރިޑްވާން ޔިލްމާޒް (ބެސިކްޓާސް)، އުމުޓް މެރާސް (ލެ ހާވްރޭ)

މިޑްފީލްޑަރުން: ޔޫސުފް ޔަޒީޝީ (ލޮސްކް ލިލް)، ދޮރުހާން ޓޮކޯޒް (ބެސިކްޓާސް)، އިރްފާން ކަވޭޗީ (ފެނަބާޗޭ)، އޯކޭ ޔުކޫސްލޫ (ވެސްޓް ބްރޮމް)، އޮރްކޫން ކޮކްޗޫ (ފެއިނޫޑް)، އޮޒާން ތޫފާން (ފެނަބާޗޭ)، ޓައިލާން އަންތަލިޔާލީ (ގަލަސަތަރާއި)، ހަކަން ޗަނޮނޮގްލޫ (އޭސީ މިލާން)

ފޯވާޑުން: ބުރަކް ޔިލްމާޒް (ލޮސްކް ލިލް)، ޝެންގިޒް އުންޑެއާ (ލެސްޓާ ސިޓީ)، އެނެސް އުނިއާލް (ގެޓަފޭ)، އަބްދުލްކާދިރު އޮމޫރް (ޓްރަބްޒޯންސްޕޯ)، ރެމް އަކްޓޫރްކޮގްލޫ (ގަލަސަތަރާއި) ހަލީލް އިބްރާހިމް (ބްރެންޓްފޯޑް) ކެނަން ކަރަމަން (ފޯޓޫނާ ޑަސެލްޑޯފް)