Advertisement

އާޖެންޓީނާ ހޯސްޓް ނުކުރާނެ، ކޮޕަ އެމެރިކާ ފަސްކުރުމުގެ ބިރު

31 މޭ 2021 - 11:19 0

އާޖެންްޓީނާގެ މެޗެއްގެ ތެެރެއިން މެސީ.


އާޖެންޓީނާ ހޯސްޓް ނުކުރާނެ، ކޮޕަ އެމެރިކާ ފަސްކުރުމުގެ ބިރު

31 މޭ 2021 - 11:19 0

ބީނޯސް އޭރީސް (މެއި 31) – ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ އާޖެންޓީނާގައި މި ވަގުތު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން މިއަދު ނިންމައިފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކޮޕަ އެމެރިކާ ކުޅެން އެންމެ ފުރަތަަމަ ބެލީ މިދިޔަ އަހަރު އެވެ. ކޮވިޑްގެ ހާލަތު އޭރު ވަރަށް ގޯސްކޮށް އޮތުމުގެ ސަބަބުން މި އަހަރަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

އެންމެ ފުރަތަމަ ރޭވި ގޮތުން ކޮޕަ އެމެރިކާ ހޯސްޓް ކުރުމުގެ ފުރުސަތު އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ އަށް ދީފަ އެވެ. އެކަމަކު ކޮލަމްބިއާގެ ސިޔާސީ މަސްރަހު ގޯސްވެ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮންމެބޯލް އިން ނިންމީ ހަމައެކަނި އާޖެންޓީނާގައި މެޗުތައް ހޯސްޓްކުރާށެވެ. އެކަމަކު މިއަދު އާޖެންޓީނާ އަތުން ވެސް ހޯސްޓް ކުރުމުގެ ފުރުސަތު އަތުލުމާ އެކު މުބާރާތް މި އަހަރު ނޯންނާނެ ކަމަށް ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު ކޮންމެބޯލް އިން މިއަދު ބުނީ މުބާރާތް ފަސްކުރަން ނިންމާނީ އެންމެ ފަހުން ކަމަށެެވެ. އަދި މި ވަގުތު ބަލަނީ އެކި ގައުމުތަކުން މުބާރާތް ހޯސްޓްކުރަން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ކަމަށް ކޮންމެބޯލް އިން ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބްރެޒިލް އާއި އުރުގުއޭ އިން ކޮޕަ އެމެރިކާ ހޯސްޓް ކުރަން ޝައުގުވެރިވެ އެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އާޖެންޓީނާ ސަރުކާރުން މި މަހު 20 ވަނަ ދުވަހު އިއުލާނުކުރީ މި މަހުގެ ނިޔަަލަށް އެ ގައުމު ލޮކްޑައުނަކަށް ދާށެވެ. އެ ނިންމުމާ އެކު އެއްގޮތަށް ބޯލެނބުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ނިންމީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭރު އޭއެފްއޭ އިން ނިންމީ އަންނަ މަހުގެ ކޮޕަ އެމެރިކާ ހާއްސަ ހުއްދައިގެ ދަށުން ބާއްވާށެވެ. އެކަމަކު މިހާރު އެ ހުއްދަ ނެތުމުން މުބާރާތް ހޯސްޓްނުކުރެވުނީ އެވެ.

ކޮޕަ އެމެރިކާ ބާއްވާނެ ކަމަށް ގިނަ ގައުމުތަކުން ވަނީ ސްކޮޑު އިއުލާނުކޮށް ޕްރެކްޓިސް ވެސް ފަށައިފަ އެވެ.