Advertisement

"ބައިރެއިންބޯ": ހުރިހާ މުދަލެއް މިހުރީ، މާ ބޮޑަށް ވެސް ފަސޭހަ!

31 މޭ 2021 - 07:10 0

އަމަން ހަލީމް

އަމަން ހަލީމް

ރެއިންބޯގެ އޮންލައިން ފިހާރަ: ރެއިންބޯގެ ހުރިހާ ޕްރޮޑަކްޓެއް މި ސައިޓުން ގަންނަން ލިބޭ -- ފޮޓޯ: ރެއިންބޯ


"ބައިރެއިންބޯ": ހުރިހާ މުދަލެއް މިހުރީ، މާ ބޮޑަށް ވެސް ފަސޭހަ!

31 މޭ 2021 - 07:10 0

ގެޔަށް ބޭނުންވާ ކޮލިޓީ ފަރުނީޗަރެއް ނުލިބިގެންނޭ، ގޭތެރެއަށާއި އިމާރާތްކުރުމަށް ބޭނުންވާ އެހެން ސާމާނެއް ނުލިބިގެންނޭ ކިޔައިގެން ބޭރަށް ނުކުންނާނެ ކަމެއް ނެތެވެ. މި ދުވަސްވަރު ވަންނަންވީ ގެޔަށެވެ. ދެން ވަންނަންވީ ރެއިންބޯގެ އޮންލައިން ފިހާރަ، "ބައިރެއިންބޯ" އަށެވެ. ހޯދަން ތިއުޅޭ ފެންވަރު ރަނގަޅު ފަރުނީޗަރާއި، ބިލްޑްވެއާގެ ހުރިހާ ސާމާނެއް ވެސް ލިބެން އެ ހުރީއެވެ.

ބައި ރެއިންބޯ: ވަން ސްޓޮޕް ޝޮޕިން ޕްލެޓްފޯމެއް

ރާއްޖޭގައި ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކާ އެންމެ ޒަމާންވީ އެއް ކުންފުންޏަކީ ރެއިންބޯ އެވެ. އެ ކުންފުނީގެ ފިހާރަތައް މާލޭގެ އެކި ސަރަހައްދުތަކުގައި އެބަ ހުއްޓެވެ. ކަމާކަންފަށާފައި އެ ތަންތަނަށް ވަކިވަކިން ވަދެ، މުދާ ހޯދަން ވަގުތު ދުއްވާލާކަށް މިހާރު ނުޖެހެ އެވެ. ރެއިންބޯ ކުންފުނީގެ ހުރިހާ ޕްރޮޑަކްޓެއް ރެއިންބޯގެ އޮންލައިން ފިހާރަ، ބައިރެއިންބޯއިން ފެންނަން އެ ހުރީއެވެ. ކޮންމެ ޕްރޮޑަކްޓަކާ ގުޅޭ މައުލޫމާތާއި، އަގު ބަލާލުމަށް ފަހު އޯޑަރުކޮށްލަންވީ އެވެ.

ރެއިންބޯގެ އޮންލައިން ފިހާރަ "ބައި ރެއިންބޯ" ވެބްސައިޓްގެ މައި ސޮފުހާގެ ފޮޓޯއެއް


ބިލްޑިން މެޓީރިއަލްސް

އިމާރާތްކުރަން ގެންގުޅޭ ސާމާނުތަކުގެ ތެރެއިން ރެއިންބޯގެ މައި ޕްރޮޑަކްޓުތަކުގެ ތެރޭގައި ޓައިލްސް، ސީލިން އަދި ޑްރައިވޯލް ޕާޓިޝަން ސިސްޓަމްސްތަކާއި ފާހަނަތަކުގައި ބޭނުންކުރާ ސެނިޓަރީވެއާ އަދި ތަފާތު ކުލަ އާއި ދަވާދު ހިމެނެ އެވެ. އަދި ވޯލް ޕުޓީ، ޕައިޕިން ސިސްޓަމް އާއި ވޯޓާ ހީޓާ ފަދަ ސާމާނު ލިބެ އެވެ.

ފަރުނީޗަރު

ރެއިންބޯގެ ފަރުނީޗަރު ޕްރޮޑަކްޓް ލައިންގައި އެންމެ ކޮލިޓީ ރަނގަޅު އެނދު، ކަބަޑު އަދި ސޯފާތައް ހުރެ އެވެ. އަދި ކުޑަކުދިންގެ ފަރުނީޗަރު، ބެޑް ޝީޓް، ޑައިނިން ޓޭބަލްގެ އިތުރުން ކޮޓަރި އާއި ސިޓިން ރޫމް ޒީނަތްތެރިކުރަން ބޭނުންވާ ސާމާނުތައް ހުރެ އެވެ. ގެޔަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ރެއިންބޯގައި ލިބެން އެބަހުއްޓެވެ.

ކިޗަން ސިސްޓަމްސް އަދި އެޕްލަޔަންސް

ރެއިންބޯއިން ވިއްކާ އެސްމެގް އަދި އެމިކާ ބްރޭންޑުުގެ ކިޗަން އެޕްލަޔަންސްތަކުގެ ތެރޭގައި ހުޑް، ކޮފީ މެޝިން، ބްލެންޑާ އަދި ޑިޝްވޮޝާ ލިބޭނެ އެވެ. އޭގެ އިތުރުން ތަފާތު ވައްތަރުގެ ކައުންޓާ ޓޮޕާއި، ސިންކް އަދި ވޯލް ޕެނަލް ގަނެވޭނެ އެވެ.

ބައި ރެއިންބޯ އިން ކަސްޓަމަރުންނަށް ގަންނަން ބޭނުންވާ ޕްރޮޑަކްޓުގެ ނަމާއި، ސްޕެސިފިކޭޝަން ބޭނުންވާ ޕްރޮޑަކްޓެއް ނަމަ އެ މައުލޫމާތާއި، ބްރޭންޑް އަދި އަގު ފެންނަން ހުންނާނެ އެވެ.

އޮންލައިންކޮށް ފައިސާ ދައްކައިގެން އޯޑަރުކޮށްލުމުން މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކުގެ ދޮރާ ހަމައަށް ޑެލިވަރީކޮށްދެ އެވެ. މިހާރު މާބޮޑަށް ވެސް ފަސޭހަ އެވެ.