Advertisement

މައްޗަށް އަރާށާއި ތިރިއަށް ފައިބަން ވެސް މޮޅީ ޝިންޑްލާ

11 ޑިސެންބަރު 2021 - 08:05 0

ޝިންޑްލާ މަރުކާގެ ލިފްޓުތަކެއް: މިއީ ސްވިޒަލެންޑުގެ މޮޅު އުފެއްދުމެއް. -- ފޮޓޯ: އަދަދު


މައްޗަށް އަރާށާއި ތިރިއަށް ފައިބަން ވެސް މޮޅީ ޝިންޑްލާ

11 ޑިސެންބަރު 2021 - 08:05 0

މާލޭގައި ބިމުގެ ދަތިކަން އިންތިހާގަ އެވެ. އާބާދީ އިންތިހާއަށް އިތުރުވެ، އެތައް ބަޔެއްގެ މެދުގައި ބެހިގެން އައިސް މިއަދު، މާލޭގައި ހުރި ބިންތަކަކީ ނިސްބަތުން ސައިޒުގެ ގޮތުން ކުދި ބިންތަކެކެވެ. އާބާދީ ބޮޑުވުމާއި، ބިން ކުޑަވުމުގެ ނަތީޖާއަކަށްވީ މާލޭ ސަރަހައްދުގައި އަޅާ އިމާރާތްތައް އުސްކުރަން ޖެހުމެވެ.

މިހެން ވުމާއެކު، މިހާރު މާލޭގައި ހުރި ގިނަ އިމާރާތްތަކަކީ އެއް ފަންގިފިލާއަށް ވުރެ އުސް އިމާރާތްތަކެކެވެ. އަލަށް އަޅާ އިމާރާތްތައް އާންމުކޮށް ހުންނަނީ ހަތް ފަންގިލާ ނޫނީ އެޔަށް ވުރެ ވެސް އުސްކޮށް އިމާރާތްކޮށްފަ އެވެ.

މިގޮތަށް އުސް އިމާރާތްތަކުގެ ތެރޭގައި ދިރިއުޅޭ މީހުންނަށް އަރާފޭބޭނެ ގޮތެއް ހަމަޖެއްސުމަކީ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ. މިހާ އުސް އިމާރާތްތަކެއް ކަމުން ހަމައެކަނި ސިޑިއެއް އިނުމުގެ ބަދަލުގައި، ލިފްޓެއް ހަރުކުރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އެކަމަކު ކޮންމެކޮންމެ ލިފްޓެއް ހަރުކުރުމަކީ ބުއްދިވެރި ކަމެއް ނޫނެކެވެ. ސަބަބުތައް ބައިވަރެވެ.

ކަރަންޓު ހަރަދާއި، ރައްކާތެރިކަމާއި، ދުވެލި އެކި ލިފްޓުތަކުގައި ތަފާތު ވީމަ އެވެ. ހަރުކުރެވޭ ލިފްޓަކުން ލިބޭ ފަސޭހައަށް ވުރެ ތަކުލީފު އިތުރުވުމުގެ ފުރުސަތު ވެސް އޮތީމަ އެވެ.

އެކަމަކު ހާސްވާނެ ކަމެއް ނެތެވެ. ހައްލަކީ ރެއިންބޯ އެންޓްޕްރައިސަސްއިން މިހާރު ބާޒާރަށް ތައާރަފުކޮށްގެން އުޅޭ ޝިންޑްލާ މަރުކާގެ މޮޅު ލިފްޓުތަކެކެވެ.

ޝިންޑްލާއަކީ ކޮން ބަޔެއް؟

ވިޔަފާރީގެ ތާރީހު 140 އަހަރަށް ދެމިގެންދާ ޝިންޑްލާ ކުންފުނީގެ ބާނީއަކީ ސްވިޒަލެންޑުގެ ޕްރިސިޝަން އިންޖިނިއަރެއް ކަމުގައިވާ ރޮބަޓް ޝިންޑްލާ އެވެ.

މިހާރު ވެސް ސްވިޒަލެންޑުގައި ރަޖިސްޓްރީކޮށްގެން ހިންގާ މި ކުންފުނި އުފެދިގެން އައީ ކުދި މެޝިނަރީ އައި މެޝިނަރީއަށް ބޭނުންވާ ބައިތައް އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ކުރި ހަމައެކަނި ވިޔަފާރިއަކީ ވެސް އެއީ އެވެ.

ޝިންޑްލާ ލިފްޓު އުފައްދަން ހާއްސަ ފުރަތަމަ ފެކްޓްރީ: ފޮޓޯގެ ކަނާތް އަރިމަތިން ފެންނަ ޓަވަރަކީ އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ލިފްޓު ޓެސްޓުކުރަން ބޭނުންކުރާ ޓަވަރެއް. -- ފޮޓޯ: ޝިންޑްލާ ގްރޫޕް


ޝިންޑްލާއިން ލިފްޓު އުފައްދަން ފެށީ 1979 ވަނަ އަހަރު، އެ ކުންފުނީގެ ވިޔަފާރި އެމެރިކާއަށް ފުޅާކުރުމުގެ ތެރެއިން ހޯޓަން އެލެވޭޓާ ކުންފުނި ގަތް ހިސާބުންނެވެ. އޭގެ ތިން އަހަރު ފަހުން ކެނެޑާގެ ލިފްޓު އުފައްދާ ކުންފުނިތަކެއް ގަނެ، ބާރު ދުވެލީގައި އެމެރިކާ އާއި ކެނެޑާގައި ޝިންޑްލާ ފުޅާވާން ފެށި އެވެ.

ގިނަ އަހަރުތަކެއް ނުވެ، ޝިންޑްލާ މަރުކާގެ ލިފްޓުތައް ވަނީ އިތުބާރު ހިފޭ ކޮލިޓީ އުފެއްދުންތަކުގެ ލިސްޓުގެ އެންމެ އުހުން ޖާގަ ހޯދި އެވެ.

މިއަދު ޝިންޑްލާއަކީ ބިޔަ ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ 1000 އަށް ވުރެ ގިނަ އޮފީހުގައި 65،000 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ލިފްޓު އުފެއްދުމުގެ ވިޔަފާރީގައި ފުންނާބު އުސް، ސިނާއަތުގައި އަލިގަދަ ތަރިއެކެވެ. ޝިންޑްލާގެ ލިފްޓުތަކަކީ އިމާރާތްތަކާއި، ހޮސްޕިޓާތަކާއި، އެއާޕޯޓުތަކާއި، ޝޮޕިން މޯލްތަކުގައި ބޭނުންކުރާ އިތުބާރާއި ކޮލިޓީގެ ސިއްކަ ލިބިފައިވާ މޮޅު އުފެއްދުންތަކެކެވެ.

ޝިންޑްލާގެ ލިފްޓުތައް މޮޅުވަނީ ކިހިނެއް؟

ލިފްޓު އުފެއްދުމުގައި އެހެން ކުންފުނިތަކާ ތަފާތުވާން ޝިންޑްލާއިން ބޭނުންކުރަނީ ޓެކްނޮލޮޖީ އާއި ކުންފުނިން ގެންގުޅޭ ހަމަތަކެވެ.

ޓެކްނޮލޮޖީގައި އަންނަ އީޖާދުތައް ޝިންޑްލާގެ އުފެއްދުންތަކުގައި ބޭނުންކުރާ ކުރަން ދޭ އިސްކަމާ އެއްވަރަށް، ރައްކާތެރިކަމާއި ކޮލިޓީގެ މިންގަނޑުތައް ހިފަހައްޓަން މަސައްކަތް ކުރެ އެވެ. ލިފްޓު އުފައްދާ ކާރުހާނާތަކުން ފެށިގެން ކަސްޓަމަރަށް ފޯރުކޮށްދޭ އުފެއްދުންތަކާއި ހިދުމަތްތައް އެތުރި ރޭވިފައިވަނީ މިކަންކަން ކަށަވަރު ކުރުމުގެ މައްޗަށެވެ.

ޝިންޑްލާއިން ޓްރެކްޝަން ލިފްޓުތަކާއި ހައިޑްރޯލިކް ލިފްޓުތައް އުފައްދާއިރު، ބާޒާރުން މި ވަގުތު ލިބެން ހުރި ގިނަ ލިފްޓުތަކުގައި ބޭނުންވާ މެޝިން ރޫމެއް ޝިންޑްލާއިން ބޭނުމެއް ނުވެ އެވެ. ބަދަލުގައި ބޭނުންކުރަނީ ސީދާ ލިފްޓު މަތީގައި ހަރުކޮށްފައި ހުންނަ ހޮއިސްޓް މެޝިނަކާއި އިންވާޓަރެކެވެ.

އުސް އިމާރާތްތަކާއި ތިރި އިމާރާތްތަކުގައި ބޭނުންކުރަން ފައްކާ އުފެއްދުންތައް ޝިންޑްލާއިން ފޯރުކޮށްދެމުން އަންނައިރު، މެޝިން ރޫމުން ނަގާ ޖާގަ ސަލާމަތްކުރެވުމަކީ މި ލިފްޓުތައް ހިޔާރުކުރަންވީ ސަބަބެކެވެ.

އިމާރާތެއްގައި ހަރުކޮށްފައި ހުރި ޝިންޑްލާ މަރުކާގެ ލިފްޓުތަކެއް: މިއީ އެނާޖީ އެފިޝަންސީ "ގްރީން" ލޭބަލް ލިބިފައިވާ ކަރަންޓު ހަރަދު ކުޑަ ލިފްޓުތަކެއް. -- ފޮޓޯ: ޝިންޑްލާ ގްރޫޕް


އަނެއް ކަމަކަށް ޑިޒައިން އާއި ރައްކާތެރިކަމެވެ. ލިފްޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަމުގެ ގޮތުގައި ދަނެގެން، ޝިންޑްލާގެ ހުރިހާ ލިފްޓެއްގެ ފަރުމާގައި އެންމެ އިސްކަން ދެނީ ރައްކާތެރިކަމަށެވެ. ރައްކާތެރިކަން ލިބިދިނުމުގެ އިތުރުން، ފަރުމާ ވެސް މުހިންމުވާތީ ޒަމާނީ، "ސްޓައިލިޝް" ލިފްޓުތަކެއް ބާޒާރަށް ނެރެން ޝިންޑްލާއިން މަސައްކަތް ކުރެ އެވެ.

ޝިންޑްލާއިން ލިފްޓު އުފެއްދުމުގައި އެންމެ ކޮލިޓީ ސާމާނު ބޭނުންކުރަނީ މިހެން ވެ އެވެ. ބޭނުންކުރަން ފަސޭހަވާ ވަރަށް، އެތެރޭގައި ހުންނަ އިރު ބަލާލަން ފަސޭހަވާ ގޮތަށެވެ.

އިތުރު ކަމެއް ވެސް އެބަ އޮތެވެ. އެއީ ކަރަންޓު ހަރަދެވެ. "ގްރީން" ސެޓިފިކޭޝަން ލިބިފައިވާ ޝިންޑްލާގެ ލިފްޓުތަކަކީ ހަކަތަ ސަމައްކާރަ (އެނާޖީ އެފިޝެންޓް) ލިފްޓުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ އުފެއްދުންތެކެވެ. ކަރަންޓު ހަރަދު ކުޑަކުރަން ޝިންޑްލާ ލިފްޓުތަކަކީ ހަމަ އެއްވަނަ އެވެ.

ޝިންޑްލާ ހިޔާރުކުރަންވީ ކީއްވެ؟

ޝިންޑްލާގެ ލިފްޓުތައް ކޮލިޓީ އެވެ. ރައްކާތެރި އެވެ ހަރަދު ކުޑަ އެވެ. އިމާރާތާ ބައްދަލު ބައެއް ކަސްޓަމައިޒޭޝަން ގެނެވެ އެވެ. އެތެރޭގައި ހުންނަ ޑިޒައިން ވެސް މެ އެވެ. ހައްތަހާ ވެސް ޝިންޑްލާ ލިފްޓުތައް ހިޔާރު ކުރަންވީ ސަބަބުތަކެވެ.

ޝިންޑްލާގެ އިތުބާރު އެކަންޏެއް ނޫނެވެ. ބާޒާރަށް މި ލިފްޓުތައް ފޯރުކޮށްދޭ ރެއިންބޯ އެންޓަޕްރައިސަސް އަކީ ވެސް ދިވެހިންގެ މެދުގައި އިތުބާރު ހިފޭ ކުންފުންޏެކެވެ. ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ދިވެހިންނަށް ކޮލިޓީގެ ޔަގީންކަން ލިބޭ ބަޔެކެވެ.

ރެއިންބޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އިންސްޓޮލޭޝަނާއި އާފްޓާ ސޭލްސް ސާވިސް ހިމެނެ އެވެ. މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި އެކަން ހައްލުކޮށްދޭން ޓެކްނީޝަނުން ތިބޭނީ ތައްޔާރަށެވެ.

ލަސްކުރާނެ ކަމެއް ނެތެވެ. ޝިންޑްލާގެ ކޮލިޓީ އާއި ރެއިންބޯގެ ކޮލިޓީއާ ގުޅި، މިއޮތީ ތިބޭފުޅުން އެންމެ ބޭނުންވާ ވަރުގެ ކޮލިޓީ މޮޅު އުފެއްދުމަށް ބާޒާރަށް ގެނެސްދީފަ އެވެ. މި އުފެއްދުމާ ބެހޭ އިތުރު މައުލޫމާތު 3340400 އަދި 7771848 ނަމްބަރަށް ގުޅުމުންނާ [email protected] އިމެއިލް އިން ސާފުވާނެ އެވެ. މައްޗަށް އަރަން ވިޔަސް، ތިރިއަށް ފައިބަން ވިޔަސް، ހިޔާރުކުރަންވީ ޝިންޑްލާ އެވެ.