Advertisement

ޝަރުތު ހަމަވާ 417 ކުދިންނަށް ލޯނު ދެނީ

24 މޭ 2021 - 13:26 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ


ޝަރުތު ހަމަވާ 417 ކުދިންނަށް ލޯނު ދެނީ

24 މޭ 2021 - 13:26 0

މިދިޔަ އަހަރު ފެބްރުއަރީ މަހު ހުޅުވާލި 770 ލޯނުގެ ތެރެއިން ޝަރުތު ހަމަވި 417 ކުދިންނަށް ދޭން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ލޯނަށް 1،176 ދަރިވަރަކު ކުރިމަތިލި އެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖޫން 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަދު އާއްމުކުރީ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓެއް ކަމަށެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ކެޓަގަރީން އެމްބީބީއެސް އަދި ޕައިލެޓް ކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެތެރޭގައި ހިމެނެނީ އެމްބީބީއެސް ކިޔަވާ 65 ދަރިވަރަކާއި ޕައިލޮޓް ކަން ކިޔަވާ 16 ދަރިވަރެކެވެ.

އަދި އެހެނިހެން ދާއިރާތަކުން ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ވެސް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައިވެ އެވެ.

މީގެ އިތުރުން ފުރަތަމަ ޑިގްރީގެ ސްކީމުގައި ކިޔަވާ ކުދިންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނުގެ ދަށުން އިރުތު ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އަލަށް ކިޔަވަން ފަށާ ކުދިންނަށް 45 ޖާގަ އަދި މިހާރު ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދެން ބޭނުން ދަރިވަރުންނަށް 105 ޖާގަ ހަމަޖެއްސި އެވެ. އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލީ 12 ކުދިންނެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ހާއްސަ ކުރި ޖާގައަށް ކުރިމަތިލީ 15 ދަރިވަރުންނެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން މިއަހަރު ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ކުދިންގެ ކިޔެވުން ފެށުމަށް 18 މަސް ދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ދީފައިވަނީ 12 މަހެވެ.