Advertisement

ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

21 މޭ 2021 - 18:45 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

މިނިސްޓަރު އަބްދުﷲ ޝާހިދު ފަލަސްތީނުގެ ފޮރިން މިނިސްޓަރު އަދި އެކްސްޕެޓްރިއެޓްސް ރިޔާދް އަލް މާލިކީއާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ


ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

21 މޭ 2021 - 18:45 0

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފަލަސްތީނުގެ ފޮރިން މިނިސްޓަރު އަދި އެކްސްޕެޓްރިއެޓްސް ރިޔާދް އަލް މާލިކީއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައި ވަނީ، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދ. ގެ އާއްމު މަޖިލީހުގެ ބަހުސް ނިންމައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، ހައްގުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާ ހެޔޮ ބަސްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މި ދަތި ދަނޑިވަޅުގައި ވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަހުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. އެގޮތުން އުރުދުންގެ ހާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ހާރިޖީ ވަޒީރު ސަބްރީ ބުގަދޫމް، ކުވައިތުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުހައްމަދު އަލް ސަބާހް، ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރޭޝީއާއި މިނިސްޓަރ ޝާހިދު ރޭ ބައްދަލުކުރެއްވި އެވެ.

މި ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ޤުދުސްއާއި ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ އުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރ ވާހަކަފުޅު ދެއްކެވި އެވެ.