Advertisement

ޒަކާތުގެ ފައިސާ ގޮތުގައި ބޮލަކަށް 4،200 ރުފިޔާ ބަހައިފި

16 މޭ 2021 - 12:59 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ޒަކާތުގެ ފައިސާ ދެނީ : މި އަހަރު ޒަކާތު ފައިސާގެ ގޮތުގައި ބޮލަކަށް 4،200 ރުފިޔާ -- ފޮޓޯ : އިސްލާމިކް މިނިސްޓްރީ


ޒަކާތުގެ ފައިސާ ގޮތުގައި ބޮލަކަށް 4،200 ރުފިޔާ ބަހައިފި

16 މޭ 2021 - 12:59 0

މާލޭގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ޒަކާތު ފައިސާގެ ގޮތުގައި މި އަހަރު ބޮލަކަށް 4،200 ރުފިޔާ އިސްލާމިކް މިނިސްޓްރީން ބަހައިފި އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 3،800ރ. އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި މާލޭގައި ފަގީރުންނާއި މިސްކީނުން ގޮތުގައި މި އަހަރު 1،498 މީހުން ދަފްތަރުގައި ތިބި ކަމަށެވެ. އޭގެ ތެރެއިން 1،494 މީހުންނަށް ޒަކާތު ފައިސާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ޒަކާތް ދެއްކީ 164،392 މީހުންނެވެ.

މިނިސްޓްރީން ބުނީ ޒަކާތުގެ ފައިސާ ގޮތުގައި މި އަހަރު 6،746،896 ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަގީރުންގެ ދަފްތަރަށް ބަހާފައި ވަނީ 6،274،800 ރުފިޔާ ކަމަށެވެ. އަދި 472،096 ރުފިޔާ ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި ހުރިހާ ރަށެއްގައި ވެސް ޒަކާތު ފައިސާ ވަނީ ބަހައިފަ އެވެ. އެކަމަކު ތަފްސީލުތައް މިނިސްޓްރީ އަށް ލިބޭނީ ކައުންސިލްތަކުން ފޮނުވުމުން ކަަމަށް ބަޔާނުގައިވެ އެވެ.