Advertisement

ބޭނުންކުރާ މީހުން "ރޯފިލުވުމަށް" ފޭސްބުކުން ޕޭޖުތައް "ލޭބަލްކުރަން" ފަށަނީ

9 އޭޕްރީލް 2021 - 10:39 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު

ފޭސްބުކް ގެ ބާނީ މާކް ޒަކަބާގް. މި އަހަރުތެރޭ ފެސްބުކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ މަގުޗާޓެއް ކުރަހައިފައި


ބޭނުންކުރާ މީހުން "ރޯފިލުވުމަށް" ފޭސްބުކުން ޕޭޖުތައް "ލޭބަލްކުރަން" ފަށަނީ

9 އޭޕްރީލް 2021 - 10:39 0

ސޯޝަލް މީޑިއާގެ މައި އެއް ތަނބު، ފޭސްބުކުން، އެ ކުންފުނީގެ އެންމެ މަގުބޫލު އެއް ހިދުމަތުގެ ތެރޭގައި ހިމެނޭ ފޭސްބުކް ސަފުހާތައް ބަލައި ހާވާ މީހުނަށް މިހާރަށްވުރެ ކަންފަހިކޮށްދީ، އެވެރިން "ރޯފިލުވުމުގެގޮތުން"، ޕޭޖުތަކުގައި ހާއްސަ ލޭބަލެއް "ހިއްޕަންފަށައިފި އެވެ".

މިއަދު، ވާދަވެރި ސޯޝަލް މީޑިއާ ޕްލެޓްފޯމު، ޓުވިޓާ މެދުވެރިކޮށް މި ކަން ރަސްމީކޮށް އިއުލާނުކުރަމުން ފޭސްބުކުން ބުނީ، އަޖުމަ ބެލުުމަށްޓަކައި ތަފާތު ތިން ބާވަތެއްގެ ލޭބަލެއް މިވަގުތު ޕޭޖުތަކުގައި "ތަތްކުރަންފަށައިފައިވާ" ކަމަށެވެ. އެގޮތުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ ޕޭޖުތަކުގެ އަސްލު ނަމުގެ ތިރިޔަށް "ޕަބްލިކް އޮފިޝަލް"، އަދި އެނޫން ސަފުހާތަކުގެ ބާވަތަށް ބަލައި، "ފޭން ޕޭޖް" ނުވަތަ "ސެޓަޔަރ ޕޭޖް" ގެ ގޮތުގައި ލޭބަލުކޮށް، ޕޭޖުތައް ދެ ގިންތިއަށް ބަހައިލުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ކުންފުނީގެ ހަބަރުތަކާއި އައު މައުލޫމާތުތައް ގެނެސްދޭ ހޭންޑްލް "ފޭސްބުކް ނިއުސްރޫމް" އިން އާ "ލޭބަލް" ފީޗާގެ ވާހަކަ ކިޔައިދޭން މިއަދު އާންމު ކުރި ޓްވީޓް.

މިއީ، ކޮވިޑް ދުވަސްވަރާއި އިންތިހާބުތައް ފަދަ ކަންކަމާ ގުޅުވައިގެން މީސްމީޑިޔާއަށް އަަންނަ މައުލޫމާތު ފެތުރުމުގެ "އީދުތަކާއި" ދިމާކޮށް ފޭސްބުކް ޕޭޖުތަކުގެ ބޭނުންހިފައިގެން ސައްހަ ނޫން މައުލޫމާތާއި ހަބަރު ފަތުރާ މިންވަރު އިތުރުވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް ސިނާއަތު ދިރާސާކުރާ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެކި ބާވަތުގެ ޚަބަރާއި މައުލޫމާތު ހޯދުމާއި، މުނިފޫހިފިލުވުމާއި، ހުސް ވަގުތު ފުރައިލުންފަދަ މިޒަމާނުގެ "ޒަރޫރީ ބޭނުންތަކަށް" ފޭސްބުކުގެ ސަފުހާތަކަށް ކަޅިހިންގައި އުޅޭ މީހުންނަށް، ފަސޭހައިން އެމީހެއްގެ ލޯ ކުރިމަތީ އޮތް މައުލޫމާތުގެ މަސްދަރާއި، އޭގެ ސައްހަކަމާއި، އެ ސަފުހާގައި އާންމުކޮށް ހިއްސާކުރާ "ޑިޖިޓަލް ކޮންޓެންޓުގެ" އޮއްޓަރާއި ފެންވަރާމެދު ޔަގީންކަމާއި އިތުބާރު އުފެއްދުމަށް މި "ލޭބަލް" އެހީތެރިވެދޭނޭކަމަށް ފޭސްބުކުން ބުނެ އެވެ.

ފޭސްބުކް މެދުވެރިކޮށް ހިންގާ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ 60 މިލިއަނަށް ވުރެ ގިނަ ސަފުހާ ތަކުގެ ތެރެއިން މިވަގުތު އަދި މި ފީޗާގެ އަޖުމަބަލައިލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވަނީ އެމެރިކާއަށް ނިސްބަތްވާ ޕޭޖުތަކަށް އެކަންޏެވެ.

ސައްހަ ނޫން މައުލޫމާތު ފަތުރާ "އައްޑާތަކެއްގެ" ގޮތުގައި ފޭސްބުކުގެ ބޭނުން ހިފާ ހިފުން "ހުއްޓުވުމަށް" ކުރަމުން އަންނަ މަސައްކަތަށް އިތުރުވީ އެދެވޭ ބޮޅެއްގެ ގޮތުގައި ގިނަ ޓެކް ނޫސްތަކާއި ޕޮޑްކާސްޓަރުންނާއި، ތަޖުރިބާކާރުން މި ކަން ފަދަ ކަމަކަށް ފޭސްބުކުން ތައްޔާރުވެފައި އޮތް މިންވަރަށް ބަލައި، ލަފައެއް ކުރާނަމަ، ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި ފީޗާ ދުނިޔޭގެ ހަތަރު ބިތަށް "ހުޅުވައިލާނޭ" ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގައި ވެސް، ޚަބަރާއި މައުލޫމާތު ފެތުރުމާއި، ވިޔަފާރި އާއި ފަންނުވެރިކަމުން ފެށިގެން ގޮސް، މުނިފޫހިފިލުވުމާއި ސަކަމަޖާނެގުމުގައި ވެސް ފޭސްބުކް ޕޭޖުތަކުގެ ހިއްސާ ބޮޑޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ.