3 އޭޕްރީލް 2021 - 03:13 11
ހުސެއިން ފިޔާޒް މޫސާ
3 އޭޕްރީލް 2021 - 03:13 11
ދައްކަން މިއުޅެނީ ވިޔަ އަކުރުތަކުގެ ވާހަކައެއް ނޫނެވެ. އޮންލައިން ނޫހެއްގެ ގޮތުގައި "އަދަދުޑޮޓްކޮމް" ނެރުމުގެ ވާހަކަ އެވެ. މިކަންވުމުގެ މައިގަނޑު ސަބަބަކީ "އިތުރު ވިސްނުމަކުން" ނޫސްވެރިކަން ކުރަން އެދޭ ބަޔަކު އެކުވުމެވެ. މިކަން މިގޮތަށް ވުމަށް މެދުވެރިވި ސަބަބުތަކާއި ހާލަތްތައް އެބަހުއްޓެވެ. ނަމަވެސް އެ ހުރިހާ ތަފުސީލުތަކަށް މިވަގުތު ދިއުން މުނާސަބެއް ނޫނެވެ.
އަދަދު ހަގީގަތަކަށް ވެގެންދިޔަކަމަށްޓަކައި މާތް ﷲ ހަޒުރަތަށް ޝުކުރުކުރަމެވެ. ރެޔާއި ދުވާލު މަސައްކަތްކުރަމުން އަންނަ އަދަދުގެ ޓީމަށް އައްސަރިބަހާއި ސާބަސް ހައްގެވެ. އަދި މިކަން ވުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް، އަދަދުގެ ޓީމަށް އިތުބާރުކޮށް އިސްތިހާރު ދިން ވިޔަފާރިތަކާއި އިސްތިހާރު ދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ.
ރަނގަޅު ނޫސްވެރިކަމަކަށް ރައްޔިތުން އެދޭ މިންވަރާއި އެދޭ ގޮތް މި ޓީމަށް އެނގެ އެވެ. ރައްޔިތުން އެދެނީ، ވަކި އަތަކަށް ނުޖެހި ލިޔުމަށެވެ. މައްސަލަތައް ތިލަކުރުމަށެވެ. ފެންނަ މަންޒަރު ނުފެންނަ ކަމަށް ނުހެދުމަށެވެ. ނުފެންނަ މަންޒަރު ފެންނަ ކަމަށް ވެސް ނުހެދުމަށެވެ. ތަހުގީގީ ނަޒަރަކުން ބެލުމަށެވެ. ކަންނެތް ނޫސްވެރިކަމުން ދުރުވެ، ތެދުވެރި ގަލަމަކުން ލިޔުމަށެވެ. ޒިންމާދާރު ނޫސްވެރިކަމެއް ފެނުމަށެވެ.
މުހައްމަދު ހަމްދޫން، ފަޒީނާ އަހްމަދު އަދި މުހައްމަދު ވިޝާމް
މިކަންކުރުމަށް އަދަދު ޓީމުގައި ތިބީ ފަންނުގެ ރެކޯޑް އެހާމެ ފުރިހަމަ، ތަޖުރިބާ ނުހަނު ގިނަ ނޫސްވެރިންނެވެ. ޓީމުގެ ނިއުސް އެޑިޓަރަކީ ހަރަކާތްތެރި، އަދި ހިނގާ ގަލަމުގެ ފަޒީނާ އަހުމަދެވެ. މެނޭޖިން އެޑިޓަރަކީ، ކުޅިވަރުގެ ނޫސްވެރިއެއްގެ ގޮތުގައި ލިޔަން ފެށި، އަދި މިހާރު އަދަބިއްޔާތުގެ ލިޔުންތައް ފަސޭހަކަމާއި ފުރިހަމަކަމާ އެކު ވިރުވައި އަޅާލާ މުހައްމަދު ހަމްދޫނެވެ. އަދަދުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރަކީ ކޮންމެ ދާއިރާއެއްގައި ވެސް ގަލަން ހިންގޭ މުހައްމަދު ވިޝާމެވެ. ޓީމުގައި ދެން ހިމެނެނީ އެ މީހެއްގެ ދާއިރާގައި ކުޅަދާނަ ޒުވާން ނޫސްވެރިންނެވެ. ހަސަން މުހައްމަދާއި ނާޒިމް ހަސަން އާއި އައްޒާމް އަލިފުޅު އަދި އަހުމަދު ސާއިލް އަލީ ފަދަ ނޫސްވެރިންނެވެ. ވީޑިއޯގްރާފަރުންނާއި ފޮޓޯގްރާފަރުންނާއި ކްރިއޭޓިވް އާޓިސްޓުންގެ މަސައްކަތުގެ ފުރިހަމަކަން އަދަދުން މިހާރު ވެސް ފެންނާނެ އެވެ. މި ޓީމާ އެކު އަދަދުގެ ކޮންޓެންޓް ތަފާތުވާނެކަން ޔަގީނެވެ. ކިޔާހިތުން ކިޔާލާނެ، ބަލާ ހިތުން ބަލާލާނެ ކޮންޓެންޓް ގެނެސްދެވޭނެ އެވެ.
އަދަދުގެ ލިޔުންތެރިން އަދި ކޮންޓްރިބިއުޓަރުންގެ ގޮތުގައި ތިއްބެވީ އެ ބޭފުޅެއްގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ބޭފުޅުންނެވެ. އެ ކޮންޓެންޓް ވެސް ތަފާތުވާނެ އެވެ. އޮއްޓަރާއި ލިޔުމުގެ މުއްސަނދިކަން ހުންނާނެ އެވެ.
ހަގީގަތުގައި ވެސް ނޫސްވެރިކަމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. ގޮންޖެހުންތައް ވެސް ބޮޑެވެ. މަސައްކަތް ބުރަ ބޮޑެވެ. އެކަމަކު ލެޔާއި ގުޅިފައިވާ މަސައްކަތަކަށް މިކަން ވުމާއި، ވަރުގަދަ ޓީމެއް އެކުވި ވަގުތު، އަޅުގަނޑަށް މުހިންމުވީ މަގާމުގެ އިއްޒަތާއި ލައްޒަތެއް ނޫނެވެ. މިހާރު މިހުރީ މިވަގުތު އޮތް އެންމެ ގަދަ ޓީމާއެކު ނޫސްވެރިކަމުގަ އެވެ. މި ޓީމުގެ އަމާޒާއި ފެންނަ އޮތް މަންޒިލް ވެސް ސާފެވެ. ޓީމަށް އޮތް އިތުބާރު ނުހަނު ބޮޑެވެ. އެއާއެކު އޮތް ޒިންމާ ވެސް ބޮޑެވެ. އަދަދުގެ ޓީމު މަސައްކަތްކުރާނީ ގައުމަށް ބޭނުންވާ ފަދަ ނޫސްވެރިކަމެއް ކުރުމުގައި ދެމިތިބުމަށެވެ. އިރާދަކުރެއްވިއްޔާ އެކަން ވާނެ އެވެ. "އަދަދު" ފުރިހަމަ ވާނީ އެހާ ހިސާބުންނެވެ.
69.23%
7.69%
7.69%
15.38%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ފުރުސަތު
about 4 years ago
އުންމީދުތައް މަތިވެރި، އެކަމަކު ވަކިފަރާތަކަށް ނުޖެހި ކުރިޔަށް ގެންދެވިދާނެ ޓީމެއް ކަމަކަށް މާބޮޑު ގެރެންޓީއެއް ނެތް ޚާޢްސަ މުގޫ އޮތް ގޮތުން ޝައްކު. ނޫހުގެ އެންމެ މަތީ ބޮލުން ވެސް އެކަން ފެނޭ.
ޢަލލ
almost 3 years ago
މީ ހަމަ ގުއިރޯނު ޕަޕެޓުން ސަރުކާރު ޕްރޮމޯޓް ކުރާ ލާދީނީ ބައިގަނޑެއް
ވޯރކާރ
about 4 years ago
ކޮންމެވާހަކައެއް ކޮންމެގޮތަކަށް ލިޔުނަސް ރާއްޖޭގެ ނޫސްވެރިންނަކީ މިނިވަން ބަޔަކަށް ނުވެވޭނެއެވެ، އަމުރު މައުރޫފު ހިންގާނީ މުއްސަދި މަހުޖަނުން ކަން ޔަގީނެވެ. ފައިސާ ހަރަދު ކޮށް ސުޕޮންސާދޭނީ މަހުޖަނެވެ، ނަގޫއިންނާނީ ގެދޮރު ކުލި ނުދެއްކިދާނެތީ ފިތިބާރުވެފައެވެ
ދ ސއނޓސޓ
about 4 years ago
މަރުޙަބާ! ބަޔަސް ނުވެ ވަކި ކުލައަކަށް ނުޖެހި މިނިވަން ކަމާއި އެކުގައި ޚަބަރާއި ލިޔުންތަކާއި އިންވެސްޓިގޭޓިވް އާޓިކަލްތަށް ގެނެސްދޭނެ ކަމަށް އުންމީދުކުރަން.
ހަޑިގިއްލާ
about 4 years ago
އަދަދުޑޮޓްކޮމުގެ ޓީމަށް މަރުޙަބާ! އުއްމީދު ކުރަނީ އެންޓަޓެއިނިންގ ނޫސްވެރިކަމަކަށް. ފޫހިކަން ނައްތާލާ މައުލޫމާތުގެ ޚަޒާނާ އަކަށް މިނޫސް ވާނެކަމަށް. އިލްމީ ދިރާސާ ލިޔުއްވުންތައް އިތުރުކޮށްދޭނެ ކަމަށް. އަދަދަށްވުރެ ކޮލިޓީ މުހިންމުވާނެ
ޢ
about 4 years ago
ހަގީގީ ނޫސްވެރިކަމަކީ މިނިވަން ނޫސްވެރިކަމެއް ކުރުން. ވަކި ޕާޓީއެއްގެ އިސްވެރިން، ނޫހުގެ ހިއްސާދާރުންގެ ގޮތުގައި ތިބެގެން މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ކަމާމެދު ޝައްކު. ވަރުގަދަ ޓީމެއް ނަމަވެސް މިނިވަންކަމާއެކު ނޫސްވެރިކަން ނުކުރެވޭ ނަމަ، ޓީމު ޑީމޯޓުވުމަކީ ގާތްކަމެއް.
ާއުބައިދު
about 4 years ago
ޙިގާ ބަލަމާ!
ރަދީފްއޮފިޝިއަލް
about 4 years ago
އަހަރެން މިއީ އެންމެ ފުރަތަމަ މިނޫހުގަ ކޮމެންޓްކުރި މީހާ.ހިސްޓްރީ.ހެހެހެހެހެހެ.
ރަދީފްއޮފިޝިއަލް
about 4 years ago
މަރުހަބާ ''އަދަދު''.މިއަދުން ފަށައިގެން އަހަރުމެންގެ ފެވަރިޓް ނޫހަކަށް ވާނީ ''އަދަދިއެމްވީ''.ސިޔާސީގޮތުން ވަކިކޮޅަކަށް ބުރަނުވެ ހަގީގަތް ހާމަކުރާ ބައެއްގެ ގޮތުގަ ތިބޭފުޅުން ދެމިތިބޭނަކަމަށް އުއްމީދުކުރަން.ގުޑް ލަކް.ވ.ވެދުން
ޢަޒު
almost 3 years ago
ފުރަތަމަވެސް ވައިޖަހާލީ އިބޫސޯލިހަށް ދެން މިނިވަން ވާނެވަރު ވިސްނާލާ
ރަދީފްއޮފިޝިއަލް
about 4 years ago
** ''އަދަދުޑޮޓްކޮމް''
Comment