ވިރާތު އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އިންޑިއާ އަށް ކުޅުން ހުއްޓާލަން ނިންމައިފި

Sep 28, 2026, 11:07 AM
އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ: އަންނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕަކީ އޭނާ އިންޑިއާ އަށް ކުޅޭ ފަހު މުބާރާތް

އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ: އަންނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕަކީ އޭނާ އިންޑިއާ އަށް ކުޅޭ ފަހު މުބާރާތް

ޓްރިވެންޑްރަމް، އިންޑިއާ (ސެޕްޓެމްބަރު 28) - އަންނަ އަހަރު ބާއްވާ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަކީ އިންޑިއާ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތް ކަމަށް ކްރިކެޓް ތަރި ވިރާތު ކޯލީ ބުނެފި އެވެ. 

އުމުރުން 37 އަހަރުގެ ވިރާތު މި ވަގުތު ހަމައެކަނި އިންޑިއާ ގައުމީ ކްރިކެޓް ޓީމަށް ކުޅެނީ އޯޑީއައި ފޯމެޓްގަ އެވެ. އޭނާ ވަނީ ޓީ20 ކްރިކެޓާއި ޓެސްޓް ކްރިކެޓްގައި އިންޑިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. 

އަންނަ އަހަރުގެ އައިސީސީ އޯޑީއައި ވޯލްޑް ކަޕް އޮތީ ދެކުނު އެފްރިކާ، ޒިމްބާބްވޭ އަދި ނަމީބިއާގަ އެވެ. މުބާރާތް ކުރިއަށްދަނީ އޮކްޓޫބަރު/ނޮވެމްބަރުގަ އެވެ. އެ މުބާރާތަށް އިޝާރާތްކޮށް، ވިރާތު، ޖިއޯ ސްޓާ އަށް ދިން އިންޓަވިއެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ މުބާރާތަކީ އިންޑިއާ ޖޯޒީގައި އޭނާ ފެންނާނެ ފަހު މުބާރާތް ކަމަށެވެ. 

Advertisement

"އޯޑީއައި ވޯލްޑް ކަަޕަކީ އިންޑިއާ އަށް އަހަރެން ކުޅެދޭނެ ފަހު ވޯލްޑް ކަޕް. އަހަރެންގެ މޯޓިވޭޝަނަކީ އެ މުބާރާތް ކާމިޔާބުކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުން،" 2011 ވަނަ އަހަރު އޯޑީއައި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ ޓީމުގައި ހިމެނުނު ވިރާތު ބުންޏެވެ. 

އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ: ވެސްޓް އިންޑީސްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.
އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ: ވެސްޓް އިންޑީސްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.

ވިރާތު ބުނީ 50 އޯވަރަށް ކުޅޭ އޯޑީއައި ފޯމެޓްގެ ކްރިކެޓް މިހާރު އަންނަނީ ވަރަށް ޗެލެންޖު ބޮޑުވަމުން ކަމަށާއި ގާތްގަނޑަކަށް ޓީ20 ކްރިކެޓްގެ 10 މެޗު ކުޅުމާ އެއްވަރު ކަމަށެވެ. 

އިންޑިއާ އިން މިހާރު އަންނަނީ ވެސްޓް އިންޑީސްއާ ދެކޮޅަށް އޯޑީއައި ސީރީސްއެއް ކުރިއަށްގެންދަމުންނެވެ. އޭގެ ފުރަތަމަ މެޗުގައި އިންޑިއާ އިން އަށް ވިކެޓުން ވަނީ މޮޅުވެފަ އެވެ. މި މެޗުގައި، ވިރާތު ވަނީ، ނުބައިނުވެ، 139 ލަނޑު ހަދައިފަ އެވެ. މިއާ އެކު، އޯޑީއައި ކްރިކެޓްގައި ވިރާތު ވަނީ 55 ވަނަ ސެންޗަރީ ފުރިހަމަ ކުރުމުގެ އިތުރުން، އޯޑީއައި ކްރިކެޓްގައި، 15000 ލަނޑު ހަމަކޮށްފަ އެވެ. ވިރާތުގެ ޖުމްލަ، 15،080 ލަނޑަށް އެރިއިރު، އޭނާ އަކީ ސަޗިން ޓެންޑުލްކާ އަށް ފަހު، އޯޑީއައި ކްރިކެޓްގައި 15000 ލަނޑަށް ވުރެން އިތުރުވި ފުރަތަަަމަ އިންޑިއާ ކުޅުންތެރިޔާ އެވެ.

ސަޗިން އެ އަދަދަށް ލަނޑު ހަމަކުރީ، 377 އޯޑީއައި މެޗުންނެވެ. އެކަމަކު، ވިރާތަށް ބޭނުންވީ، 303 އޯޑީއައި މެޗެވެ. 

އިއްޔެގެ މެޗަކީ، އިންޑިއާ ގައުމީ ޓީމުގެ މެޗުތަކުގައި ވިރާތުގެ ފަރާތުން ފެނިގެންދިޔަ 86 ވަނަ ސެންޗަރީ އެވެ. ވިރާތު ވަނީ، އޯޑީއައި ކްރިކެޓްގައި އިންޑިއާ ޓީމަށް 79 މެޗުގައި 50 ލަނޑު ވެސް ހަމަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox