ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

Sep 26, 2026, 8:45 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ނިންމަވައިފި އެވެ.

މި ނިންމެވުން އިއުލާނު ކުރައްވާފައި މިވަނީ، ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ވާދަކުރައްވާ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ޖަލަށްލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުންނާ ވާދަކުރައްވާ ލޫލާ، ހުކުރު ދުވަހު ވަނީ "ކުޅިވަރުގެ ބެޓިންތަކާއި އޮންލައިން ކެސީނޯތައް" މަނާކުރާ ވަގުތީ އަމުރެއްގައި ސޮއިކުރައްވާފަ އެވެ.

Advertisement

ބްރެޒިލްގައި އޮންލައިން ޖުވާކުޅުމަކީ 2018 ވަނަ އަހަރުން ފެށިގެން ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް، އޭގެ ސަބަބުން ގިނަ ބަޔަކު ދެވިހިފާ، އާއިލާތަކުގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މި ނިންމެވުން އިއުލާނު ކުރައްވަމުން ރައީސް ލޫލާ ވަނީ ޖުވާކުޅުމުގެ ސިނާއަތަކީ "ކެންސަރެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެ "ޓިއުމަރު" ނައްތާނުލައިފި ނަމަ، އޭގެ ސަބަބުން މުޅި ގައުމު ހަލާކުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، އުމުރުފުޅުން 80 އަހަރުގެ ލޫލާ އާއި ފްލާވިއޯ ބޮލްސޮނާރޯއާ ދެމެދު އޮތީ ވަރަށް ކުޑަ ތަފާތެކެވެ.

މި އައު ފިޔަވަޅުތައް ދާއިމީ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ބްރެޒިލްގެ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޫލާ ވިދާޅުވީ، އޮންލައިން ބެޓިން ތައާރަފުވީ ކުރީގެ ރައީސް މިޝޭލް ޓެމާގެ ސަރުކާރުގައި ކަމަށް ވިޔަސް، ބޮލްސޮނާރޯގެ ވެރިކަމުގައި އެކަން ފެތުރިގެން ދިޔައީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.

ޚާއްސަކޮށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އޮންލައިން ބެޓިންގެ ތެރެއަށް ވަނުން ހުއްޓުވުމަށް އެއްވެސް ހުރަހެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޖުވާއަށް ދެވިހިފުމުގެ ސަބަބުން ގޭގައި ހުރި ހުރިހާ މުދަލެއް ވިއްކާލަން ޖެހުނު އާއިލާތަކުގެ ވާހަކަތައް އަޑުއިވިފައިވާ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.

އޮންލައިން ބެޓިން މަނާކުރުމުގެ އަމުރުގެ އިތުރުން، ފިކްސްޑް-އޮޑްސް ބެޓިންއާ ގުޅުންހުރި ޖިނާއީ ކުށްތަކަށް އަދަބު ދިނުމުގެ ބިލެއްގައި ވެސް ލޫލާ ވަނީ ސޮއިކުރައްވާފަ އެވެ.

މި ހަފުތާގެ ކުރީކޮޅު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ވެސް ލޫލާ ވަނީ، ޖުވާކުޅުމުގެ ސިނާއަތުން މީހުންގެ ދެވިހިފުން ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox