ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

Sep 6, 2026, 7:10 PM
މާލޭގައި ބަޔަކު ހިނގާބިނގާވެ އުޅެނީ: މިދުވަސްވަރު ހިމަބިހި ވެސް ދަނީ ފެތުރެމުން -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ބަޔަކު ހިނގާބިނގާވެ އުޅެނީ: މިދުވަސްވަރު ހިމަބިހި ވެސް ދަނީ ފެތުރެމުން -- ފޮޓޯ: އަދަދު ފައިލް

ބޭރަށް ހިންގުމާއި ހޮޑުލުން މިދުވަސްވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ވަނީ ބޭރަށް ހިންގައި ހޮޑުލެވޭ ނަމަ ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ، ބޭރަށް ހިންގުމާއި ހޮޑުލުމުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ގިނަގިނައިން ލޮނު ޕެކެޓް، ސޫޕް ފަދަ ދިޔާ ތަކެތި ބޭނުން ކުރުމާއި ފާހާނާ ކުރުމަށްފަހު ކާބޯތަކެތީގައި އަތްލުމުގެ ކުރިން އަތް ދޮވުމާއި ފާހާނާ ބޭނުން ކުރުމަށްފަހު ސެނިޓައިޒް ކުރުމާއި ފަސޭހަވުމަށްފަހު އެއް ދުވަހު ގޭގައި މަޑު ކުރަން އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން، ބޭރަށް ހިންގުމާއެކު ހޮޑުލެވޭ ނަމަ، ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ، ބޮލަށް އެނބުރުން އަރާ ނަމަ، އާދަޔާ ހިލާފަށް ކަރު ހިއްކާ ނަމަ، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާ ނަމަ، ކުޑަކަމުދެވޭ މިންވަރު މަދުވެއްޖެ ނަމަ އަދި ހޮޑުގައި  ނުވަތަ ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރެއްޖެ ނަމަ ޑޮކްޓަރަށް ދައްކަން ވެސް އެޗްޕީއޭއިން އެދެ އެވެ. 

މީގެ ކުރިން ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ވެސް ރާއްޖޭގައި ދަނީ ފެތުރެމުންނެވެ. އެޗްޕީއޭއިން ބުނެފައި ވަނީ މިއަހަރުގެ މިހާތަނަށް 240 އަށް ވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށެވެ. ހިމަބިހިން ރައްކާތެރިވާން ޖަހާ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ދަނީ ހިންގަމުންނެވެ. 

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox