ރާއްޖޭގެ ހަތަރު ބޮޑީބޯޑަރުން މޯލްޑިވްސް ޕްރޯ ރައިސިން ސީރީސްގެ ގަދަ 8 ގައި

Aug 18, 2026, 11:59 AM
މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެެރެއިން އަޝްރަފް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެެރެއިން އަޝްރަފް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ އިވެންޓެއް ކަމަށްވާ  މޯލްޑިވްސް ޕްރޯ 2026 ގެ ރައިސިން ސީރީސް އިވެންޓްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ހަތަރު އެތުލީޓުން ޖާގަ ހޯދައިފި އެވެ. 

އެމްބީބީއޭ އިން ރާއްޖޭގައި އައިބީސީ ލެވަލްގެ އިވެންޓެއް ބޭއްވުމަށް ދެކުނު ހުވަފެނުގައި ކުލަޖެހުނީ މީގެ ހަތަރު އަަހަރު ކުރިން، 2022 ވަަނަ އަހަރު އެވެ. އަދި، އޭގެ ފަހުން ދެ ފަހަރު، ޖުމްލަ އެކު ތިން ފަހަރު މިހާތަނަށް މި އިވެންޓް ރާއްޖޭގައި ހޯސްޓްކުރިއިރު، އަހަރުން އަހަރަށް ރާއްޖޭގެ ބޮޑީބޯޑަރުން ދުނިޔޭގެ ލެވަލް އެތުލީޓުންނަށް ޗެެލެންޖު ވެސް ދިނެވެ. ދުނިޔޭގެ ރޭންކިންގެ އެތައް ދަރަޖައެއް ކުރީގައި ވެސް އޮތެވެ. 

މި ފަހަރުގެ މޯލްޑިވްސް ޕްރޯ އިވެންޓް، މީގެ ހަ ދުވަސް ކުރިން، މި މަހު 12 ވަނަ ދުވަހު ފެށިއިރު، މިއީ، ރާޅުގަނޑު ނޫން ސަރަަހެއްދެއްގައި މި މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

Advertisement

މި ފަހަރުގެ އިވެންޓްގަައި، ފިރިހެން ރައިސިން ސީރީސް ޑިވިޝަން، އަންހެން ޕްރައިމް ސީރީސް ޑިވިޝަން، ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ދެ އެވެ.

ތުލުސްދޫގެ މަޝްހޫރު ސާފް ޕޮއިންޓް، "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯ މި ފަހަރުގެ މުބާރާތުގެ، ރައިސިން ސީރީސްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ހަތަރު އެތުލީޓުން ދަތުރު ކޮށްފައިވެ އެވެ. 

އެ ހަތަރު އެތުލީޓުންނަކީ، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބީޑަރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަންސް ޗެމްޕިއަން، އަޝްރަފް ހަސަން އަދި، މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން، އާމިން އުމަރު މޫސާ އަދި، ހުނަރުވެރި ބޮޑީބޯޑަރު، ނޫހު މުހައްމަދު ދުނައިމް އިރުޝާދް އެވެ. 

ނޫހު ކުއާޓާ އިން ފުރުަސަތު ހޯދީ ތިން ވަނަ ބުރުގެ ހީޓް އެކެއްގައި ބްރަޗްމީ ތާރިކް ބަލިކޮށްގެންނެވެ. ނޫހަށް 13.50 ޕޮއިންޓް ލިބުުނުއިރު، ތާރިކަށް ހޯދުނީ 6.75 ޕޮއިންޓެވެ. ކުޑަ އައްޔަ އަށް ތިން ވަނަ ބުރުގެ ހީޓު ދޭއްގައި ވާދަކޮށް، 13.50 ޕޮއިންޓް ލިބުނުއިރު، އޭނާއާ ވާދަކުރި  ދާވޫދު ފަޒީހަށް ހަމަކުރެވުނީ 11.90 ޕޮއިންޓެވެ.  އަޝްރަފް ކުއާޓާ އިން ފުރުސަތު ހޯދީ ރާއްޖޭގެ ތަޖުރިބާކާރު ބޮޑީބޯޑަރު، އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށްފަ އެވެ. އަޝްރަފަށް 14.00 ޕޮއިންޓް ލިބުނުއިރު، ޖާއްޓެ ވަނީ 11.25 ޕޮއިންޓް ހޯދައިފަ އެވެ. އަދި، އާމިން ވަނީ ހީޓު ހަތެއްގައި، އިޔަން އަހުމަދުގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ގޮތުން، އާމިން އަށް 16.50 ޕޮއިންޓް ލިބުނުއިރު، އިޔަން ވަނީ 12.70 ޕޮއިންޓް ހޯދައިފަ އެވެ. 

ކުއާޓާ ފައިނަލުގެ ހީޓުތައް މިއަދު ކުރިއަށްދާއިރު، ހީޓު އެކެއްގައި ކުޑަ އައްޔަ ވާދަކުރާނީ ނޫހުއާ އެވެ. ހީޓު ތިނެއްގައި އަޝްރަފް ވާދަކުރަނީ ކެނަރީ އައިލެންޑްގެ އާރްމީޑޭ ސޮލިވެރެސްއާ އެވެ. އަދި، ހީޓު ހަތަރެއްގައި އާމިން ނުކުންނާނީ ފްރާންސްގެ ހޫގޯ ނައުޑޭއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox