ރެނާޓަސް އިރުމަތީގެ ޑުޕްލެކްސް ފްލެޓު ތަޖުރިބާކޮށްލަން ހުޅުވާލައިފި

Aug 18, 2026, 8:30 AM
ރެނާޓަސް އިރުމަތީގެ ނަމޫނާ ފްލެޓު

ރެނާޓަސް އިރުމަތީގެ ނަމޫނާ ފްލެޓު

ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، "ރެނާޓަސް އިރުމަތި"ގެ އެންމެ ހާއްސަ އެއް ބައި ކަމަށްވާ ޑުޕްލެކްސް އެޕާޓްމަންޓްތަކުގެ ނަމޫނާ ފްލެޓް އާންމުންނަށް ދައްކާލުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑުޕްލެކްސް ފްލެޓުތައް ހުންނާނެ ގޮތުގެ ނަމޫނާ ފްލެޓަކީ ރެނާޓަސް އިރުމަތީގެ ތަފާތު ފަރުމާތަކާއި، ޖާގައިގެ ތަނަވަސްކަން އަމަލީ ގޮތުން ފެންނާނެހެން ތައްޔާރުކޮށްފައިވާ ތަނެކެވެ.

މި އެޕާޓްމަންޓްތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ދެ ފަންގިފިލާއަށް ހުރުމާއި، އުސް ސީލިންގާއި ތަނަވަސް ސިޓިން ރޫމެވެ. މީގެ އިތުރުން ޒަމާނީ އިންޓީރިއާ ޑިޒައިނާއި، އެންމެ ފެންވަރު ރަނގަޅު މެޓީރިއަލް ބޭނުންކޮށްގެން ނިންމާފައިވާ ފިނިޝިންގެ ސަބަބުން، މިއީ އަރާމު އަދި މުއްސަނދި ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ފުރުސަތެކެވެ.

މި ފްލެޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

ހުޅުމާލޭގެ ރެޒިޑެންޝަލް ދާއިރާގައި އާ މިންގަނޑުތަކެއް ކަނޑައަޅަމުންދާ މި މަޝްރޫއުގެ ޑުޕްލެކްސް އެޕާޓްމަންޓްތައް ފަރުމާކޮށްފައިވަނީ އަމިއްލަ ގޭގެ މިނިވަންކަމާއި އެޕާޓްމަންޓެއްގެ ފަސޭހަކަން އެކުލެވޭ ގޮތަށެވެ.

މުޅި މަޝްރޫއު ނިމުމުގެ ކުރިން ޝޯ ފްލެޓް ހުޅުވުމަކީ މި މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކުންފުނިން ދެކެ އެވެ. ސަބަބަކީ ކުރިން ހަމައެކަނި ކުރެހުންތަކުން ފެންނަން ހުރި ތަންތަން، މިހާރު ކަސްޓަމަރުންނަށް އަމަލީ ގޮތުން ބަލާލައި، އެތަނުގެ ޖާގައާއި ފަންކްޝަނަލިޓީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާތީ އެވެ.

މި ޝޯ ފްލެޓް ބަލާލުމުގެ ފުރުސަތު ދެނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށެވެ. މިއީ ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް އެކަށީގެންވާ ވަގުތު ދީ، އެޕާޓްމަންޓްގެ ކޮންމެ ތަފުސީލެއް ވަކިވަކިން ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރާ ކަމެކެވެ.

ވަކިން ޒިޔާރަތްކޮށްލަން ބޭނުންވާ ފަރާތްތަކަށް 9609755777+ މެދުވެރިކޮށް ވަޓްސްއެޕުން އެޕޮއިންޓްމަންޓް ހައްދާލެވޭނެ އެވެ. ރެނާޓަސް އިރުމަތީގެ މަޝްރޫއާ ބެހޭ އިތުރު މައުލޫމާތު ރެނާޓަސް އިރުމަތީގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ބުކް ވެސް ކޮށްލެވޭނެ އެވެ.   

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox