ރޭންކިން މެޗުންގައި އިންޑިއާ ބަލިކޮށް ރާއްޖެ އަށް އޭޝިއާ ނެޓްބޯޅަ މުބާރާތުން ފަސް ވަނަ

Aug 16, 2026, 10:50 AM
މި ފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު.

މި ފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު.

ހޮންގް ކޮންގުގައި ކުރިއަށްދިޔަ 14 ވަނަ އޭޝިއާގެ ނެޓްބޯޅަ މުބާރާތުގެ ރޭންކިން މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖޭން ފަސް ވަނައިގައި އޮވެ، މުބާރާތް ނިންމާލައިފި އެވެ. 

ހޮންގް ކޮންގުން އޭޝިއާގެ ނެޓްބޯޅަ މުބާރާތް މި ހޯސްޓްކުރީ 1993 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. 

އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި މި ފަހަރު ޖުމްލަ 11 ގައުމަކުން ވާދަކުރި އެވެ. އެއީ، ކަޕް ކެޓަގަރީގައި ހަ ޓީމާއި ޕްލޭޓް ކެޓަގަރީގައި ފަސް ޓީމެވެ. ކަޕް ކެޓަގަރީގައި ހިމެނުނީ، ސިންގަޕޫރު، ސްރީ ލަންކާ، މެލޭޝިއާ، ހޮންގް ކޮންގް، ރާއްޖެ އަދި އިންޑިއާ އެވެ. އަދި، ޕްލޭޓް ކެޓަގަރީގައި އޮތީ ޗައިނީސް ޓައިޕޭ، ޖަޕާން، ޕާކިސްތާން، ތައިލެންޑް އަދި ދެކުނު ކޮރެއާ އެވެ. 

ރާއްޖޭން މުބާރާތުގެ ކަޕް ކެޓަގަރީގެ ލީގު ބުރުގައި ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުން، ސިންގަޕޫރު އަތުން 81-19 އިން ބަލިވީ އެވެ. ދެ ވަނަ މެޗުގައި މެލޭޝިއާއާ ކުޅެގެން، 78-32 އިން ބަލިވިއިރު، ތިން ވަނަ މެޗުން އިންޑިއާ އަތުން 60-41 އިން މޮޅުވި އެވެ. ހަތަރު ވަނަ މެޗުގައި ހޮންގް ކޮންގާ ކުޅެގެން 55-34 އިން ބަލިވިއިރު، ލީގު ބުރުގެ ފަހު މެޗުގައި، ސްރީ ލަންކާ އަތުން ބަލިވީ 78-33 އިންނެވެ. 

ލީގު ބުރަށް ފަހު ކުޅުނު ރޭންކިން މެޗުގައި، އިންޑިއާއާ ކުޅެގެން، 53-39 އިން ރާއްޖެ ކުރިހޯދި އެވެ. މުބާރާތުގައި ރާއްޖޭން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އިންޑިއާއާ ކުޅުނު ދެ މެޗުންނެވެ. 

އޭޝިއާ ނެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައި، ނެޓްބޯޅަ ވޯލްޑް ކަޕްގެ ފުރުސަތު ހޯދީ ސިންގަޕޫރާއި ހޮންގް ކޮންގުންނެވެ. ފައިނަލް މެޗުގައި ހޮންގް ކޮންގް 57-33 އިން ބަލިކޮށް، ސިންގަޕޫރުން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ޑިވިޝަނުގެ ތިން ވަނަ ހޮވި މެޗުގައި، މެލޭޝިއާ އަތުން ސްރީ ލަންކާ ވަނީ 60-65 އިން މޮޅުވެފަ އެވެ. 

ޕްލޭޓް ބައިގެ ޗެމްޕިއަންކަން ހޯދީ، ތައިލެންޑް އަތުން 55-49 އިން މޮޅުވި ޕާކިސްތާން އެވެ. މި ޑިވިޝަންގެ ތިން ވަނަ ހޯދީ ޗައިނީސް ޓައިޕޭ އިންނެވެ. އެއީ، ޖަޕާން އަތުން 57-54 އިންނެވެ. 

މި ފަހަރުގެ ކުރިން، އެންމެ ފަހުން، އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ބޭއްވީ 2024 ވަނަ އަހަރު ސިންގަޕޫރުގަ އެވެ. އެ ފަހަރުގެ މުބާާރާތުގައި ޖުމްލަ އެކު 14 ޓީމަކުން ވާދަކުރިއިރު، ރާއްޖެ ނިންމާލީ އަށް ވަނައިގަ އެވެ. މި ފަހަރުގެ އޭޝިއާ މުބާރާތަށް ދިއުމުގެ ކުރިން، ގައުމީ ނެޓްބޯޅަ ޓީމުން ވަނީ ސްރީ ލަންކާގައި ކޭމްޕްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox