ބައިޑަންގެ ކެންސަރު ކަށިތަކަށް ފެތުރި ހާލުކޮޅު ސީރިއަސް

Aug 10, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޖެހިވަޑައިގެންފައިވާ ޕްރޮސްޓޭޓް ކެންސަރު އިތުރަށް ފެތުރިފައިވާ ކަމަށާއި، އޭގެ ސަބަބުން ވަރަށް ބޮޑަށް ތަދު އިހުސާސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން ހަންޓާ ބައިޑަން ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު އޮންލައިންކޮށް އާންމުކުރި ބީބީސީގެ "ނިއުސްނައިޓް" ޕްރޮގްރާމްގެ ވީޑިއޯއެއްގައި ހަންޓާ ބައިޑަން ވިދާޅުވީ، ކެންސަރު ބަލި މިހާރު ވަނީ ހަށިގަނޑުގެ އެކި ބައިތަކަށް ފެތުރި، ކަށިތަކަށް ވުރެ ބޭރަށް ވެސް ފެތުރިފައި ކަމަށެވެ. އަދި މިއީ ވަރަށް ވޭންދެނިވި ކަމެއް ކަމަށާއި، ގިނަ ގޮތްގޮތުން ބަލާއިރު މީގެ ސަބަބުން ބައިޑަން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމުރުފުޅުން 83 އަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ލީޑަރުގެ ތަރުޖަމާނު ވަނީ ހަންޓާ ބައިޑަން ދެއްވި މި އިންޓަވިއުއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅުހަދާފަ އެވެ.

ވައިޓް ހައުސްއިން ވަކިވެވަޑައިގަތްތާ ހަތަރު މަސް ވެސް ނުވަނީސް، 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބައިޑަން ވަނީ އެމަނިކުފާނަށް ނުރައްކާތެރި ބާވަތެއްގެ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ހާމަކުރައްވާފަ އެވެ. އެ ދުވަސްވަރު ބައިޑަން ވިދާޅުވެފައިވަނީ ކެންސަރުގެ އަސަރު ކަށިތަކަށް ފެތުރިފައިވާ ކަމަށެވެ.

ބައިޑަންގެ ތަރުޖަމާނަކު އޮކްޓޫބަރު މަހު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ގެންދަވަނީ ރޭޑިއޭޝަން ޓްރީޓްމަންޓާއި ހޯމޯން ތެރަޕީ ފަރުވާ ހޯއްދަވަމުންނެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ބައިޑަންއަކީ އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި އެންމެ ދުވަސްވީ ބޭފުޅާއެވެ.

2021 އިން 2025 އަށް ބައިޑަން ފުރިހަމަ ކުރެއްވި ރިޔާސީ ދައުރުގައި، އެމަނިކުފާނުގެ ޖިސްމާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ހޭލުންތެރިކަމާ މެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އެކަމާ މެދު ސުވާލުތައް އުފެދިފައިވެ އެވެ.

މިދިޔަ ޖޫން މަހު ޝިކާގޯގައި ބޭއްވި ބަރަކް އޮބާމާގެ ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިޑަން ބައިވެރިވެވަޑައިގެންނެވި އެވެ. ބައިޑަން ވަނީ 2009 އިން 2017 އަށް އޮބާމާގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފަ އެވެ.

ބައިޑަންގެ ރިޔާސީ ހަނދާންތައް ހިމެނޭ ފޮތް ނޮވެމްބަރު 17 ގައި ނެރުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox