އީ-ވޯޓިން ނިޒާމަކަށް ދިޔުމަށް ރާއްޖެ ތައްޔާރެއް ނޫން: ޝަކީލު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަކީލު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަކީލު

ރާއްޖޭގެ ވޯޓިން ނިޒާމު އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ނިޒާމަކަށް ބަދަލުކުރުމަށް ދިވެހި މުޖުތަމައު އޮތީ ތައްޔާރަށް ނޫން ކަމަށާއި އެކަން ކުރަން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލު ވިދާޅުވި ގޮތުގައި އީ-ވޯޓިންއަށް ދިޔުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ ހޭލުންތެރިކަން އެފަދަ ވޯޓިން ނިޒާމަކާމެދު ނެތުމެވެ.

"އަޅުގަނޑުމެންގެ މުޖުތަމައު މިއޮތް ގޮތުން އީވޯޓިންއަށް ދާކަށް އަދި ތައްޔާރެއް ނޫން،" ވެރިކަން ކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް ފަހު އީސީގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ޝަކީލު ވިދާޅުވި އެވެ.

އެފަދަ ނިޒާމުތަކާމެދު މުޖުތަމައުގައި ވާހަކަ ދެކެވެނީ އެކި ފަހަރު އެކި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އީވޯޓިން ނިޒާމަކަށް ދިޔުމުގެ ކުރިން ރައްޔިތުން މި ކަންކަމަށް ހޭލުންތެރިކުރުވުން އަދި ރައްޔިތުންނާ ހިސާބަށް  އީވޯޓިން ނިޒާމު މަސައްކަތްކުރާ ގޮތުގެ ހަގީގީ މައުލޫމާތު ގޮސްގެން ނޫނީ އަޅުގަނޑުމެންގެ މުޖުތަމައުއަށް އީވޯޓިން ނިޒާމަކާ ހަމައަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އީވޯޓިން ނިޒާމެއް ކުރިއަށްގެންދިޔުމަށް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެން ނަމަވެސް މިއީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށް ވާތީވެ އީވޯޓިން ނިޒާމަކަށް ދިޔުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުން އެކަމަށް ތައްޔާރުކަން ހާމަވާ ހިސާބުން އީވޯޓިންއަށް ދިޔުމަކީ އެންމެ ރަނގަޅު ނިންމުމަކަށް ނުވާނެ،" ޝަކީލު ވިދާޅުވި އެވެ. 

ދައުލަތުގެ ޑޭޓާ އާއި ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގެ ބޭނުމަކީ ރާއްޖޭގެ ވޯޓިން ނިޒާމު އީ-ވޯޓިން ނިޒާމަކަށް ބަދަލުކުރުން ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox