ކުއެރޯޒް، ގާނާގެ ކޯޗުކަމުން އިސްތިއުފާދީފި

Jul 6, 2026, 5:55 AM
މަޝްހޫރު ކޯޗު ކާލޯސް ކުއެރޯޒް: އޭނާ ވަނީ ވޯލްޑް ކަޕަށް ފަހު ގާނާގެ ކޯޗުކަން ދޫކޮށްލައިފައި.

މަޝްހޫރު ކޯޗު ކާލޯސް ކުއެރޯޒް: އޭނާ ވަނީ ވޯލްޑް ކަޕަށް ފަހު ގާނާގެ ކޯޗުކަން ދޫކޮށްލައިފައި.

ލިޒްބަން (ޖުލައި 6) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން ކުޑަތަންވެފައި ވަނިކޮށް ގާނާގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރި ޕޯޗުގީސް ކޯޗު، ކާލޯސް ކުއެރޯޒް، އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާދީފި އެވެ. 

ގާނާގެ ކޯޗުކަމުން އޮޓޯ އައްޑޯ އިސްތިއުފާދިނީ ވޯލްޑް ކަޕް ފެށެން 72 ދުވަހަށް ވެފައި ވަނިކޮށެވެ. ކުރު މުއްދަތެއްގެ ތެރޭގައި، ގާނާގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދުގައި، އުމުރުން 74 އަހަރުގެ ކުއެރޯޒް ގާނާ ޓީމާ ހަވާލުވި އެވެ. 

ކުއެރޯޒްގެ ކޯޗުކަމުގައި ގާނާ އިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ޕެނަމާ ބަލިކުރި އެވެ. ދެ ވަނަ މެޗުގައި އިންގްލެންޑާ 0-0 އިން އެއްވަރުވިއިރު، ގްރޫޕްގެ ފަހު މެޗުގައި 2-1 އިން ކްރޮއޭޝިއާ އަތުން ބަލިވި އެވެ. އެހެން ނަމަވެސް އެ ޓީމު އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި، ގަދަ 32 ޓީމު ކުޅުނު ނޮކައުޓް ފުރަތަމަ ބުރަށް ކޮލިފައިވި އެވެ. އެ ބުރުގައި ކޮލަމްބިއާ އަތުން 1-0 އިން ބަލިވެ، ގާނާ މުބާރާތުން ކެޓީ އެވެ. 

ވޯލްޑް ކަޕުން ގާނާ ކެޓިތާ ދެ ދުވަސް ތެރޭ ކުއެރޯޒް މަގާމުން އިސްތިއުފާ ހުށަހެޅުމަށް ފަހު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހާސިލްކުރެވުނު ކަންކަމާ މެދު ފަހުރުވެރިވާ ކަމަށެވެ. 

"އިތުރު ކާމިޔާބީ އަށް އެދޭ މީހުންގެ ހިތެއް ނުފުރުނަސް ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަަމަޖެހޭ. ކުރިން އޮތް ލެވަލަށް ވުރެން މައްޗަށް ދެވުމަކީ ނިމުމެއް ނޫން ކަމަށް ދެކެންވީ، އެއީ އަނެއްކާ ވެސް ކުރިއަށްދާން ފެށުމެއް ކަމަަށް ބަލައި މަސައްކަތް ކުރަންވީ،" ކުއެރޯޒް ބުންޏެވެ. 

މިއީ، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ވެސް ކޯޗިން މަސައްކަތްކުރި ކުއެރޯޒް ވޯލްޑް ކަޕްތަކުގައި ޖެހިޖެހިގެން މަސައްކަތްކުރި ފަސް ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން، ވޯލްޑް ކަޕްގައި، އިރާން، ޕޯޗުގަލް އަދި މިސްރަށް ކޯޗުކޮށްދީފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕަށް ފަަހު ގިނަ ކޯޗުންތަކެއްގެ ވަޒީފާ އަށް ދަނީ އަސަރުކުރަމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ކޯޗުންނަށް ބަލާއިރު، އެއް މެޗަށް ފަހު ޓިއުނީޝިއާ ކޯޗުކަމުން ވަކިކުރި ފްރާންސްގެ ސަބްރީ ލަމޫޗީ، ނެދަލެންޑްސް ކޯޗުކަމުން އިސްތިއުފާދިން، ރޮނާލްޑް ކޫމަން، ދެކުނު ކޮރެއާ އިން ވަަކިކުރި ހޮންގް މިޔުން ބޯ، ސްކޮޓްލެންޑުން އިސްތިއުފާދިން ސްޓީވް ކްލާކް، ޗެކް ރިޕަބްލިކުން އިސްތިއުފާދިން މިރޮސްލާވް ކޫބެކް، އެކުއެޑޯ ދޫކޮށްލަން ނިންމި ސަބެސްޓިއަން ބަކަސޭސޭ އަދި އުރުގުއޭ ދޫކޮށްލި މާސެލޯ ބިއެލްސާ އެވެ. އަދި، މީގެ އިތުރުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވެސް ވަނީ މަގާމުން އަމިއްލަ އަށް ވަކިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox