ޔޫޑަބްލިއުސީ މޯލްޑިވްސް އިން ހަތަރު ދަރިވަރަކަށް ސްކޮލާޝިޕް ދީފި

ޔޫޑަބްލިޔުސީ މޯލްޑިވްސްގެ ހަތަރު ސްކޮލާޝިޕް ލިބުނު ދަރިވަރުން -- ފޮޓޯ: ޔޫޑަބްލިއު

ޔޫޑަބްލިޔުސީ މޯލްޑިވްސްގެ ހަތަރު ސްކޮލާޝިޕް ލިބުނު ދަރިވަރުން -- ފޮޓޯ: ޔޫޑަބްލިއު

ޔޫޑަބްލިއުސީ މޯލްޑިވްސްގެ އިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ. 

ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ) ތަކުގަ އެވެ.

ޔޫޑަބްލިއުސީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ މުއައްސަސާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ 18 ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެކެވެ. އެއީ އޭ-ލެވެލްއާ އެއް ފެންވަރެއްގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެސް ބަލައިގަންނަ ސަނަދެކެވެ.

Advertisement

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ސްކޮލާޝިޕަށް ހޮވާފައިވާ ހަތަރު ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވަން ހަމަޖެހިފައިވާ ތަންތަން:

● ފާތިމަތު ސާޝާ ފަރުހަތު (ގާޒީ ސްކޫލް) – ޔޫޑަބްލިއުސީ އައިސަކް، ޖަޕާން.

● ފާތިމަތު ފާރިހާ ފަޔާޒް (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ޑިލިޖަން، އަރުމީނިއާ.

● ޖިއާން އަހުމަދު ސައީދު (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާ، އެސްވާޓީނީ.

● އާމިނަތު އުލާ އަހުމަދު (ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް) – ޔޫޑަބްލިއުސީ ޔޫއެސްއޭ،  އެމެރިކާ.

 ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރު އިޒްމާން ސުހައިލް ވިދާޅުވީ  ޔޫޑަބްލިއުސީ އިން ފޯރުކޮށްދޭ ތައުލީމަކީ ދަރިވަރުންގެ އަމިއްލަ ޝަހްސިއްޔަތު ބިނާކޮށް، ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ތަފާތު އަދި އެހާމެ އަގުހުރި ފުރުސަތެއް ކަމަށެވެ. 

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. އެ ޖަމިއްޔާގެ ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަނުގެ ދީލަތި އެހީތެރިކަމާއެކުގަ އެވެ. މިއީ ގްރޭޑް 10 ނިންމާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.

2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް 70 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ މި ސްކޮލާޝިޕްތަކުގައި ތައުލީމު ހާސިލުކޮށްފަ އެވެ. ޔޫޑަބްލިއުސީގެ ދެ އަހަރުގެ ދައުރު ފުރިހަމަކުރި ގާތްގަނޑަކަށް ހުރިހާ ދަރިވަރުންނަކީވެސް މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ސްކޮލާޝިޕްތައް ކާމިޔާބުކޮށްފައިވާ ދަރިވަރުންނެވެ. އޭގެތެރެއިން ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރީ އެމެރިކާގެ ޔުނިވާސިޓީތަކުގަ އެވެ.

މި ސްކޮލާޝިޕްގެ ދަށުން މިހާރުވެސް ދިވެހި ތިން ދަރިވަރަކު ކެނެޑާ، އިންޑިއާ، އަދި ހޮންކޮންގްގައި ހުންނަ ޔޫޑަބްލިއުސީ ތަކުގައި ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ. މީގެ އިތުރުން، ނިމިދިޔަ މޭ މަހު ޖަރުމަނާއި ޗައިނާއިން ކިޔެވުން ފުރިހަމަކުރި ދެ ދަރިވަރަކު ވަނީ، މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް އެމެރިކާގެ ޔުނިވާސިޓީތަކުން ކާމިޔާބުކޮށްފަ އެވެ.

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox