ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް މެޓްރިކްސް އަށް

May 1, 2026, 3:47 PM
ގައުމީ ނެޓްބޯޅަ މުބާރާތާއި ނެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް މެޓްރިކްސް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ނެޓްބޯޅަ މުބާރާތާއި ނެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް މެޓްރިކްސް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނޭމް) އިން ބޭއްވި 23 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މި ފަހަރު މުޅިން އަލަށް ބޭއްވި ގައުމީ ނެޓްބޯޅަ ލީގު ވެސް ކާމިޔާބުކުރި، ކްލަބް މެޓްރިކްސް އިން ހޯދައިފި އެވެ.  

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދިޔަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް އިން ހޯދީ ފައިނަލު ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބަލިކޮށްގެންނެވެ. 

އެ ގޮތުން، ރަނގަޅު ފޯމެއްގައި މިހާތަނަށް ފެނުނު މެޓްރިކްސް އިން ފައިނަލުގައި 34-74 ޕޮއިންޓުން މެޗުން މޮޅުވިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، "ކުއީން"ގެ މަގާމުގެ އިތުރުން، މުބާރާތުގެ މޮޅު ކުޅުންތެރިޔާ "ކުއީން އޮފް ދި ސީރީޒް" ގެ މަގާމު ވެސް ލިބުނީ، މެޓްރިކްސްގެ އައިމިނަތު ފިރުޝާ އަށެވެ. ފިރުޝާ ވަނީ ފައިނަލް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ޓީމަށް ގިނަ ޕޮއިންޓްތަކެއް އެއްކޮށްދީފަ އެވެ.  

ފުރަތަމަ ޑިވިޝަނުގައި މެޓްރިކްސް އާއި ކޭވައިއާރްސީގެ އިތުރުން ކުޅުނީ، ކްލަބް  ގްރީން ސްޓްރީޓްސް އަދި އެމްވީ ނެޓާސް އެވެ. 

ގައުމީ ލީގުގެ ޗެމްޕިއަންކަން މެޓްރިކްސް އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ގައުމީ ލީގަކީ، ނެޓްބޯޅަ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ނެޓްބޯލް އެސޯސިއޭޝަންގެ އިސްނެގުމަކާ އެކު، ކުޅުންތެރިންނަށް ވާދަވެރި އިތުރު މެޗުތަކެއް ދިނުމަށްޓަކައި ފެށުނު މުބާރާތެކެވެ. 

ގައުމީ މުބާާރާތުގެ ދެ ވަނަ ޑިވިޝަނުގެ ތަށި  ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ އިން ހޯދީ ފައިނަލުގައި އެން ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށް ފަހު އެވެ. ފައިނަލް މެޗުގައި ޝައިނިން ސްޓާ މޮޅުވީ 45-33 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އާއި މި ޑިިވިޝަނުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޝަައިނިން ސްޓާގެ މަރިޔަމް ލައިޝާ ޝަރީފް އެވެ. 

ދެ ވަނަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް ބަލާއިރު، ސުޕަ ޖެން ސީ، ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ، ސްޕޯޓްސް ކްލަބް ސްކައިލާކް، ކްލަބް އެން ސްޕޯޓްސް، ޒެނިތު ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބް، އިންވިކްޓޯ ސްޕޯޓްސް ކްލަބް، އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ބްލެކް ޕެންތާސް ސްޕޯޓްސް ކްލަބް އަދި ފިއޮންޓި ސްޕޯޓްސް ކްލަބް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox