ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ހާއްސަ ގާނޫނެއް ހަދަނީ

ރައީސް މުހައްމަދު މުއިއްޒު: ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފަހަކަށް އައިސް ބުލީގެ މައްސަލަތައް ފެންމަތިވަމުންދާ ދަނޑިވަޅެއްގައި ބުލީ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް "އެންޓި ބުލީ ގާނޫނު" ނަމުގައި ގާނޫނެއް ތައާރަފްކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އެންޓި ބުލީގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ކުރަމުންދަނީ ކަމާގުޅުންހުރި ފަންނީ ބޭފުޅުންނާއެކުގައި ކަމަށާއި އެ ހުރިހާ މަސައްކަތަށްފަހު ވީހާވެސް އަވަހަށް މަޖިލީހަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. 

"ބުލީކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމާ ގުޅޭ ހާއްސަ އެންޓި ބުލީ ގާނޫނެއް ތައާރަފުކުރަން ސަރުކާރުން މަސައްކަތް ފަށައިފިން. އެހެންވީމަ އެ މަސައްކަތް މިހާރު އޭޖީ އޮފީހުން އެބަ ކުރިއަށް ގެންދަވާ ކަމާ ގުޅޭ ފަންނީ ބޭފުޅުންނާވެސް އެކީގައި. އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން ފަރުމާކޮށްފައި މަޝްވަރާގެ ހުރިހާ ޕްރޮސެސްއަކާ އެކީގައި ނިންމާފައި އިރާދަކުރެއްވިއްޔާ މަޖިލީހަށް ފޮނުވާނަން އެންޓި ބުލީ ގާނޫނެއް،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ގާނޫނު ވުޖޫދުވުމުން ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެ ގާނޫނުގައި ބުލީއާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ހުރިހާ ކަމެއް ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މި ގާނޫނު އައުން ވެގެންދާނެ ވަރަށް ބޮޑު ލުޔެއް މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން  ލިބިގެންދާނެ ކަމަށް. އެންޓި ބުލީ ގާނޫނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޔާންކުރަން ވަރަށް ސާފުކޮށް ބުލީ ކުރުމުގެ އަމަލުތައް ކޮން ގޮތަކަށް ކުށަކަށްވާ ކަމެއްކަން. ގާނޫނު ހިނގާ ދާއިރާތައްވެސް ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ. 

ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކާއި އެތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަދި ވަޒީފާގެ މާހައުލުގައި އާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ މީހުންގެ ހައްގުތަކާއި ޒިންމާތައް ތަފްސީލްކޮށް ގާނޫނުގައި ބަޔާންކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

މީގެއިތުރުން އޮންލައިން ބުލީ ކުރުން ހުއްޓުވުމަށް އެކަމަށް ހާއްސަ ބައިތަކެއްވެސް އެންޓި ބުލީ ގާނޫނުގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކުގައި ބުލީ ކުރުން ހުއްޓުވުމާ ގުޅޭ ހާއްސަ ސިޔާސަތުތައް އެކުލަވާލަައި ބުލީ ކުރާ ކުދިންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއްވެސް އެކުލަވާލާނެ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ބުލީ ކުރުމާ ގުޅޭ މައުލޫމާތުތައް ހާއްސަ ނިޒާމެއްގެ ދަށުން ގަވާއިދުން ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓުކުރެވޭނެ ގޮތާއި ސްކޫލްތަކުގެ ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅިގެން ތަފްސީލުކޮށް މައުލޫމާތުތައް ކިޔައިދިނުންވެސް ހިމަނާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox