އުއްތަމަ ފަނޑިޔާރާ ބައްދަލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު (ކ) އަދި އުއްތަމަ ފަނޑިޔާރު ޣަނީ (ވ): އެ ދެބޭފުޅުން މުލީއާގޭގައި ބައްދަލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު (ކ) އަދި އުއްތަމަ ފަނޑިޔާރު ޣަނީ (ވ): އެ ދެބޭފުޅުން މުލީއާގޭގައި ބައްދަލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުލީއާގޭގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއާ ބައްދަލުނުކުރައްވާ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހަމަ ގައިމުވެސް މުލީއާގޭގައި އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފައި ނުވާނެ ކަމަށާއި މުލީއާގެއަށް އުއްތަމަ ފަނޑިޔާރު ވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.  

"އަޅުގަނޑަށް ނޭނގި ކިހިނެއް އަޅުގަނޑާ ބައްދަލުކުރާނީ. އަޅުގަނޑަށް އެނގިފައެއް ނެތް އަޅުގަނޑު ބައްދަލުކުރި ކަމެއް. ހަމަ ގައިމުވެސް އަޅުގަނޑާ ބައްދަލުކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ވަޑައެއް ނުގަންނަވާ މުލީއާގެއަކަށް. ދެން މުލީއާގެއަށް އަޅުގަނޑާ ބައްދަލުނުކޮށް އެހެން ބޭފުޅަކާ ބައްދަލުކުރަން ވަޑައިގެންފިއްޔާ އަދި ވަރަށް ބޮޑު މައްސަލައެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

އުއްތަމަ ފަނޑިޔާރާ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިކަމުގެ އަޑުތައް ފެތުރުނީ އެޕްރީލް 11، ގަ އެވެ. އެ ދުވަހަކީ އުމްރާގެ އަޅުކަމަށްފަހު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގެންނެވި ދުވަހެވެ. 

އުއްތަމަ ފަނޑިޔާރާ މުއިއްޒު ބައްދަލުކުރެއްވިކަމުގެ އަޑުތައް ފެތުރިފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމުގެ މައްސަލަ އެޕްރީލް 12، އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށެވެ. 

މީގެ އިތުރުން އުއްތަމަ ފަނޑިޔާރާ މުއިއްޒު ބައްދަލުކުރެއްވި ކަމަށް އަޑު ފެތުރުނު ރޭ ލޯޔަރު އާޒިމާ ޝުކޫރު މުލީއާގެއަށް ވަޑައިގެން ގިނަ އަދަދެއްގެ ލިޔުންތައް ހިފައިގެން ވަޑައިގެންނެވިތަން އަދަދު ނޫހުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. 

އެކަމާ ގުޅިގެން އާޒިމާއާ ސުވާލުކުރުމުން ވިދާޅުވީ އެ ލިޔުންތަކަކީ މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ހަވާލުވި ލިޔުންތަކެއް ކަމަށެވެ. އެ ލިޔުންތައް ދައްކަން އާޒިމާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

ސުޕްރީމް ކޯޓުން އެޕްރީލް 12، ގައި ބޭއްވި އަޑުއެހުމުގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ސިނާންގެ ގޮނޑި ގެއްލޭ ކަމަށެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން 6، ގަ އެވެ. 

އުއްތަމަ ފަނޑިޔާރާ މުއިއްޒު ބައްދަލުކުރެއްވިކަމުގެ އަޑުތައް ފެތުރިފައިވާއިރު، ނިމިދިޔަ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދުއާ މުއިއްޒު ސިއްރުން ރައީސް އޮފީހުގައި ބައްދަލުކުރެއްވި މައްސަލައެއް ވެސް ފެންމަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox