ޕީއެންއެފްގެ މުޒާހަރާގައި ބޭންދި ސޯފާއެއް ކުޑަ ވަގުތުކޮޅަކަށް ފުލުހުން ގެންގޮސްފި

Apr 19, 2026, 10:55 PM
ޕީއެންއެފްގެ މުޒާހަރާގައި މިރޭ ބޭންދި ސޯފާ: ކުޑަ ވަގުތުކޮޅަކަށް ޓޯޔާޑަށް ގެންދިޔުމަށްފަހު ސޯފާ ވަނީ އަނބުރާ ހަވާލުކޮށްފައި -- ފޮޓޯ: ތޭރަ އޮންލައިން

ޕީއެންއެފްގެ މުޒާހަރާގައި މިރޭ ބޭންދި ސޯފާ: ކުޑަ ވަގުތުކޮޅަކަށް ޓޯޔާޑަށް ގެންދިޔުމަށްފަހު ސޯފާ ވަނީ އަނބުރާ ހަވާލުކޮށްފައި -- ފޮޓޯ: ތޭރަ އޮންލައިން

އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މަގުމަތީގައި ބޭންދި ސޯފާއެއް ފުލުހުން ކުޑަ ވަގުތު ކޮޅަކަށް ގެންގޮސްފި އެވެ. 

ޕީއެންއެފް އިން މުޒާހަރާ ކުރަމުންދަނީ މަޖީދީ މަގު ކޮޅުގައި އާޓިފިޝަލް ބީޗު ކުރިމަތީގަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެތަނުގައި ރަތް ކުލައިގެ ބޮޑު ސޯފާއެއް ބައިންދައިފަ އެވެ. 

މުޒާހަރާގެ ބައެއް ބައިވެރިން އެ ސޯފާގައި އިށީންދެގެން ތިއްބާ އެ ފަރުނީޗަރު ގެންދިޔައީ ފުލުހުންގެ 11 މީހަކު އައިސްގެންނެވެ. ސޯފާގައި ތިބި މީހުން ގަދަކަމުން ނަގައި އެ ސޯފާ ފުލުހުން އެރުވީ ފުލުހުންގެ ވެހިކަލަކަށެވެ. 

Advertisement

ފުލުހުން ސޯފާ ގެންދިޔުމުން ޕީއެންއެފްގެ ވަކީލުން ވަނީ ސޯފާ އަނބުރާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށައިފަ އެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ޓޯޔާޑުން އެ ސޯފާ ދޫކޮށް، ޕީއެންއެފްއާ އަނބުރާ ހަވާލުކޮށްފަ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން މިރޭ މުޒާހަރާ ކުރާއިރު، އިދިކޮޅު އެމްޑީޕީ އިން ވެސް ދަނީ ވެރި ރަށް މާލޭގައި މިރޭ މުޒާހަރާ ކުރަމުންނެވެ. މިއީ އިދިކޮޅު ޕާޓީތަކުން ސިލްސިލާކޮށް މުޒާހަރާ ކުރާ ފަސް ވަނަ ރެ އެވެ. 

އެމްޑީޕީ އާއި ޕީއެންއެފް އިން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު އެވެ. 

އެމްޑީޕީ އާއި ޕީއެންއެފް އިން ބުނަނީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވައި، އިންތިގާލީ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރަންޖެހޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox