އިސްތިއުފާދެއްވި މިނިސްޓަރުން ސަރުކާރުން ފެނިދާނެކަމުގެ އިޝާރާތެއް

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް މިނިސްޓަރުން ހުވާކުރެއްވުން: ކެބިނެޓުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ބޭފުޅުން ސަރުކާރުން ފެނިދާނެކަމުގެ އިޝާރާތެއް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް މިނިސްޓަރުން ހުވާކުރެއްވުން: ކެބިނެޓުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ބޭފުޅުން ސަރުކާރުން ފެނިދާނެކަމުގެ އިޝާރާތެއް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓުން އިސްތިއުފާދެއްވި 10 މިނިސްޓަރުން ސަރުކާރުން ފެނިދާނެކަމުގެ އިޝާރާތެއް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭ ދެއްވައިފި އެވެ. 

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މުންދު ވިދާޅުވީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުންނަކީ އަދިވެސް ސަރުކާރުގެ ބޭފުޅުން ކަމަށާއި އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ސާފުވެގެންވެސް ދާނެ ކަމަށެވެ. 

"ދޭދޭ ފަރާތުގެ އޮތް އިތުބާރުގެ ދެމެދުގައި ކަމެއް ނޫން މިއީކީ. އެބޭފުޅުންނަކީ، މިސާލަކަށް އަޅުގަނޑު ޕާސަނަލީ އެބޭފުޅުން އަޅުގަނޑާ ރަހުމަތްތެރިން އަދިވެސް. އަދި އެބޭފުޅުންނަކީ އަޅުގަނޑުމެންގެ ވެސް ބޭފުޅުން އެނގޭތޯ. އެކަން ދެން ސާފުވެގެން ވެސް ދާނެ ކަންނޭނގޭ ވަރަށް އަވަހަށް. މިއީ ދެން ވަރަށް ބޮޑު އެއްޗެއް ކަންނޭނގޭ މިބުނީ އެނގޭތޯ،" މުންދު ވިދާޅުވި އެވެ. 

Advertisement

މުންދު ވިދާޅުވީ މުއިއްޒު އަންގަވައިގެން މިނިސްޓަރުން އިސްތިއުފާ ދެއްވީ ހެޔޮނިޔަތެއްގައި މިހާރު ގެންނަމުންދާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. 

"ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ބޭފުޅުން އިސްތިއުފާ ދެއްވީ ހެޔޮ ނިޔަތެއްގައޭ. އެބޭފުޅުން އަރިހުން އިސްތިއުފާ ދެއްވަން އެދިވަޑައިގަތީމަ އެބޭފުޅުން އިސްތިއުފާ ދެއްވަނީ ކީއްވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ މިދެންނެވި މިދަމުންދާ އިސްލާހުތަކަށް މަގުފަހިކޮށްދޭން. އެނގިވަޑައިގަންނަވާނެ އެގޮތަށް ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން އޮންނާނެ ބަޔާންވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވުމަކީ އިތުބާރާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ދިން މެސެޖަކަށް އިޖާބަ ދިނުމުގެ ގޮތުން ކަންކަން އިސްލާހުކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. 

"އެބޭބޭފުޅުންގެ ހިދުމަތް ހަމަ ވަރަށް ޝުކުރުވެރިކަމާ އެއްކޮށް އަޅުގަނޑުމެން ބަލައިގަންނަމޭ. އެހެންވީމަ ކޮންމެ ބޭފުޅަކު ވެސް އެއީ އިތުބާރާ ގުޅޭ ކަމެއް ނޫނޭ. ރައްޔިތުން ބުނި އެއްޗަކަށް، ރައްޔިތުން ދިން މެސެޖަކަށް އިޖާބަދެއްވާ ސަރުކާރެއް ހިންގަންޖެހޭނީ ސީދާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަން ގަބޫލުފުޅުކުރައްވާތީ އެ އިސްލާހު ގެނައުމުގެ މަސައްކަތުގެ ތެރެއިން އައި ބަދަލެއް މިއީ،" އޭނާ ވިދާޅުވި އެވެ. 

ކެބިނެޓުން އިސްތިއުފާދެއްވި މިނިސްޓަރުން

  1. ޑިފެންސް މިނިސްޓަރު، މުހައްމަދު ޣައްސާން މައުމޫން
  2. ފޮރިން މިނިސްޓަރު، އެފެއާޒް އަބްދުﷲ ހަލީލް
  3. ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް 
  4. ޓޫރިޒަމް އެންޑް އެންވަޔަރަމަންޓު މިނިސްޓަރު، ޠާރިޤު އިބްރާހީމް
  5. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު، އައިޝަތު ޝިހާމް
  6. ދިވެހި ލެންގުއޭޖް މިނިސްޓަރު، އާދަމް ނަސީރު އިބްރާހީމް
  7. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު، މަރްޔަމް މާރިޔާ
  8. ޔޫތު، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު، އިބްރާހީމް ވަހީދު
  9. ސިޓީސް މިނިސްޓަރު، އާދަމް ޝަރީފު އުމަރު
  10. ހަޔާ އެޑިޔުކޭޝަން އެންޑް ލޭބާ މިނިސްޓަރު، އަލީ ހައިދަރު 

ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނުމާ ގުޅިގެން ކަންކަން އިސްލާހުކުރުމަށް މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިސްލާހުކުރަން އުޅެނީ ކޮންކޮން ކަމެއްކަން ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox