މިނިސްޓަރުން އިސްތިއުފާ ދެއްވީ މުއިއްޒު އަންގަވައިގެން ކަމަށް މުންދު ވިދާޅުވެއްޖެ

ރައީސް މުހައްމަދު މުއިއްޒު: ކެބިނެޓުން 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ މުއިއްޒު އަންގަވައިގެން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ކެބިނެޓުން 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ މުއިއްޒު އަންގަވައިގެން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ސަރުކާރުގެ ތަރުޖަމާން، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ މުއިއްޒު އަންގަވައިގެން މިނިސްޓަރުން އިސްތިއުފާ ދެއްވީ ހެޔޮނިޔަތެއްގައި މިހާރު ގެންނަމުންދާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. 

"ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ބޭފުޅުން އިސްތިއުފާ ދެއްވީ ހެޔޮ ނިޔަތެއްގައޭ. އެބޭފުޅުން އަރިހުން އިސްތިއުފާ ދެއްވަން އެދިވަޑައިގަތީމަ އެބޭފުޅުން އިސްތިއުފާ ދެއްވަނީ ކީއްވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ މިދެންނެވި މިދަމުންދާ އިސްލާހުތަކަށް މަގުފަހިކޮށްދޭން. އެނގިވަޑައިގަންނަވާނެ އެގޮތަށް ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން އޮންނާނެ ބަޔާންވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވުމަކީ އިތުބާރާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ދިން މެސެޖަކަށް އިޖާބަ ދިނުމުގެ ގޮތުން ކަންކަން އިސްލާހުކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. 

"އެބޭބޭފުޅުންގެ ހިދުމަތް ހަމަ ވަރަށް ޝުކުރުވެރިކަމާ އެއްކޮށް އަޅުގަނޑުމެން ބަލައިގަންނަމޭ. އެހެންވީމަ ކޮންމެ ބޭފުޅަކުވެސް އެއީ އިތުބާރާ ގުޅޭ ކަމެއް ނޫނޭ. ރައްޔިތުން ބުނި އެއްޗަކަށް، ރައްޔިތުން ދިން މެސެޖަކަށް އިޖާބަދެއްވާ ސަރުކާރެއް ހިންގަންޖެހޭނީ ސީދާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަން ގަބޫލުފުޅުކުރައްވާތީ އެ އިސްލާހު ގެނައުމުގެ މަސައްކަތުގެ ތެރެއިން އައި ބަދަލެއް މިއީ،" އޭނާ ވިދާޅުވި އެވެ. 

ދައުރެއްގެ މެދުތެރެއިން މިފަދަ ބޮޑެތި ބަދަލުތަކެއް ގެންނަން ކެރޭނީ ވަރަށް މަދު ވެރިޔަކަ ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކުން ދޭހަވަނީ ކަންކަން އިސްލާހުކުރައްވަން މުއިއްޒު ބޭނުންފުޅުވާކަން ކަމަށް މުންދު ވިދާޅުވި އެވެ. 

"މި އައި ބަދަލުތަކަކީ ޕޮޒިޓިވް ބަދަލުތަކަކޭ. ކީއްވެ. ވަރަށް މަދު ސަރުކާރެއް. ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމުން ކެރިވަޑައިނުގަންނަވާނެ ނޫނީ އެހާ ފަސޭހަފުޅެއް ނުވާނެ ދައުރެއްގެ މެދުތެރެއިން ނަންނަގަވަންޖެހޭ ވަރަށް ވަރުގަދަ ވަރަށް ކެރޭ ޑިޒިޝަންތަކެއް ނަންގަވާފައި ރައްޔިތުންނޭ މުހިންމީ. އަޑުއައްސަވައިފީމޭ. އިސްލާހުތަކެއް ގެންނަންޖެހެއޭ. ބަދަލުތަކެއް ގެންނަންޖެހެއޭ. ކަންތައްތަކެއް އެބަޖެހެއޭ ރަނގަޅުކުރަން. އެކަން ކުރުމަށްޓަކައި މިހިރަ މިހިރަ ފިޔަވަޅުތަކެއް އަޅަނީއޭ،" އޭނާ ވިދާޅުވި އެވެ. 

ކެބިނެޓުން އިސްތިއުފާދެއްވި މިނިސްޓަރުން

 1- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން

2- މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ހަލީލް

3- މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް 

4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް

5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އައިޝަތު ޝިހާމް

6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް އާދަމް ނަސީރު އިބްރާހީމް

7- މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މަރްޔަމް މާރިޔާ

8- މިނިސްޓަރ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު

9- މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފު އުމަރު

10- މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އަލީ ހައިދަރު 

ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނުމާ ގުޅިގެން ކަންކަން އިސްލާހުކުރުމަށް މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިސްލާހުކުރަން އުޅެނީ ކޮންކޮން ކަމެއްކަން ހާމައެއް ނުކުރެ އެވެ. 

އިދިކޮޅު އެމްޑީޕީން ބުނަމުންދަނީ ނިމިދިޔަ އިންތިހާބުން ދައްކުވައިދިނީ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާކަން ކަމަށާއި ސަރުކާރުގެ މިސްރާބު އިސްލާހުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox