ރިޔާސީ ދައުރު ނިމުމުގެ ކުރިން އާންމު ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި

Apr 18, 2026, 9:27 AM
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް: ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި ރައްޔިތުންގެ ތަނަވަސްކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް -- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް: ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި ރައްޔިތުންގެ ތަނަވަސްކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް -- ފޮޓޯ: ޕީއެސްއެމް

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމުމުގެ ކުރިން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ރޭ ވިދާޅުވީ ރައްޔިތުންގެ ހިތްހަމަޖެހޭ ފަދަ ބަދަލުތަކެއް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ފެންނާނެ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާއި ބައިގައި ރައްޔިތުން ހަމަ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރުގެ ނަތީޖާތަކެއް، ތިބޭފުޅުންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާނެ،" ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވި އެވެ. 

މުއިއްޒުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބަދަލުތަކެއް ފެންނާނެ ކަމަށް މުންދު މި ވިދާޅުވި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވެފައި ވަނިކޮށެވެ.

ތަރުޖަމާނު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ނިމެމުންދާ މަންޒަރު ކޮންމެ މީހަކަށް ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ހަލުވި ވެސް ވާނެ. ތިބޭފުޅުންގެ ލޮލުން ފެންނަ ތާނގައި އިރާދަކުރެއްވިއްޔާ ތަރައްގީގެ މަސައްކަތްތައް އިތުރަށް ކާމިޔާބުކަމާއެކު ނިމެމުން ވެސް ދާނެ،" އޭނާ ވިދާޅުވި އެވެ. 

ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި، ރައްޔިތުން ދައްކަންޖެހޭ ބިލުތަކަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް މުންދު ވިދާޅުވި އެވެ. 

"ޖުމްލަ ގޮތެއްގައި އާންމު ހާލަތު، ކިޔަމާ، އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން ވިޔަސް ނުވަތަ ތަކެތީގެ ހަރަދު ކަމަށް ވިޔަސް ނުވަތަ ކޮންމެ ދިވެއްސަކު ދައްކަންޖެހޭ ބިލުތައް ވިޔަސް މިހުރި ކަންތައްތަކުގައި ހަމަ ލުއިތަކެއް އަންނާނެ،" މުންދު ވިދާޅުވި އެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ. 

އޭގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނީ، ސަރުކާރުން ބޭނުންވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox