މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި

Mar 11, 2026, 5:39 PM
އިރާނުގެ ގައުމީ ޓީމުގެ ފޯވާޑް އަޒްމޫން: އިރާނުން ބުނީ އެމެރިކާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށް -- ފޮޓޯ: އާރްޓީއީ

އިރާނުގެ ގައުމީ ޓީމުގެ ފޯވާޑް އަޒްމޫން: އިރާނުން ބުނީ އެމެރިކާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށް -- ފޮޓޯ: އާރްޓީއީ

ޓެހެރާން، އިރާން (މާޗް 11) - މި އަހަރުގެ ޖޫން ޖުލައި މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި އެވެ.

ޖޫން 12، ގައި ފަށާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ.

އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ.

"އެމެރިކާގެ ކޮރަޕްޓު ސަރުކާރުން ވަނީ އަހަރުމެންގެ ލޮބުވެތި ލީޑަރު ޝަހީދުކޮށްލައިފަ. އަހަރުމެންގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަމަ އެއްގޮތް ވެސް މި ދަނޑިވަޅަކު ނެތް،" އިރާނުގައި ގައުމީ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަވީ ހަނގުރާމަ ފެށި ދުވަހު ދިން ހަމަލާއެއްގަ އެވެ. ހާމަނާއީގެ ބަދަލުގައި އިރާނުން ވަނީ ސުޕްރީމް ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އައްޔަންކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ.

ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމި ނަމަވެސް އެކަން ރަސްމީކޮށް ފީފާއަށް އެންގިކަމެއް އަދި ކަށަވަރެއް ނޫނެވެ. އިރާނުން ވޯލްޑް ކަޕުގައި ބައިވެރިނުވާ ނަމަ ދެން ކަންތައް ކުރާނެ ގޮތެއް ނިންމާނީ ފީފާއިންނެވެ.

ފެބްރުއަރީ 28، ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމަ އަހަރެއްހާ ދުވަހަށް ދެމިގެންދިޔުން ވެސް އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަނގުރާ ނިމުން ބިނާވަނީ، ދުނިޔޭގެ އިގްތިސާދު ބަލިކަށިވާ ގޮތަށް މެދު އިރުމަތީގެ އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާއި އިރާނުގައި ހުރި މިސައިލްތަކުގެ އަދަދުގެ މައްޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

އިންގްލެންޑަށް ހަތް ގޯލުގެ މޮޅެއް؛ ފަސް ރެކޯޑެއް!

ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަތުން 7-0 ގެ ބޮޑު މޮޅެއް ހޯދައި، އިންގްލެންޑުން ތާރީޚީ ފަސް ރެކޯޑެއް ގާއިމްކޮށްފި. މިއީ ދުނިޔޭގެ ރޭންކިންގެ ގަދަ 50 ގެ ޓީމެއް އަތުން އިންގްލެންޑް ހޯދި އެންމެ ބޮޑު މޮޅުވުމުގެ އިތުރުން، ޖޫޑް ބެލިންހަމް ވަނީ އެއް މެޗެއްގައި ހަތަރު ގޯލަށް އެހީތެރިވެދީ 31 އަހަރުވީ ރެކޯޑެއް ގާއިމްކޮށްފައި.

އިންޑިއާގެ ޕްލޭނެއް ފެނުނު ކަމަށް ބުނެ އަންޗެލޮޓީ ތައުރީފުކޮށްފި

ބްރެޒިލް އަތުން 4-0 އިން އިންޑިއާ ބަލިވި ނަމަވެސް، އެ ޓީމުން މުސްތަގުބަލަށް އުންމީދީ ކުޅުމެއް ދެއްކި ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި. އަންޗެލޮޓީ ވަނީ އިންޑިއާގެ ކޯޗު ހާލިދު ޖާމިލްގެ ޕްލޭނަށާއި ޓީމުން ކުރި މަސައްކަތަށް ތައުރީފުކޮށް، މިއީ އެ ޓީމަށް ކުރިއަށްދާން ލިބުނު ފިލާވަޅެއްގެ ގޮތުގައި ސިފަކޮށްފައި

ފްރާންސާ އެކު ޒިދާންގެ ކާމިޔާބު ފެށުން އިޓަލީއާ ޖެހި ހުއްޓުމަކަށް

ޒިނެދިން ޒިދާން ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް، ރޭ އިޓަލީއާ ވާދަކޮށް 1-1 އިން އެއްވަރުވެ އެ ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައި. މައިކަލް އޮލީސޭގެ ލަނޑުން ފްރާންސް ކުރިހޯދާފައި ވަނިކޮށް، އިޓަލީން މެޗުގެ ނަތީޖާ އެއްވަރުކުރީ އަލެސަންޑްރޯ ބަސްޓޯނީ ކާމިޔާބުކޮށްދިން ގޯލުން.

Newsletter

Get the latest news delivered straight to your inbox