ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޗެމްޕިއަންކަން ނާޒިމާއި ވިދާދު އަށް

Nov 6, 2025, 12:40 PM
ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޗެމްޕިއަންކަން ނާޒިމާއި ވިދާދު އަށް

ތިން ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް ހޯދިއިރު، އަންހެން ބައިގެ ތަށި، އައިމިނަތު ވިދާދު (ދާދު) ހޯދައިފި އެވެ.

މިއީ، އަންނަ މަހު މާލޭގައި ފަށާ ކެރަމް ވޯލްޑް ކަޕްގެ ކުރިން ކުޅުނު ފަހު މުބާރާތެވެ.

އެ ގޮތުން، ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ފިރިހެން ސިންގަލްސް ފައިނަލުގައި ނާޒިމް ވަނީ 2-1 އިން އިބްރާހިމް ހުޖާން ބަލިކޮށްފަ އެެެވެ. ސެޓުތައް ދިޔައީ، 18-17، 13-17 އަދި 25-13 އިންނެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ވިދާދު ވަނީ 2-0 އިން އައިޝަތު ފައިނާޒް އަތުން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ، 25-02 އާއި 19-14 އިންނެވެ.

ސީނިއާ މެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އަދީލް އާއި ހާތިމް ހަލީލް އެވެ. އެއީ، 20-18، 20-06 އިން މުހައްމަދު މުންތަސިރު އާއި ޔަމާން އަބްދުލް ޖަލީލް ބަލިކޮށްފަ އެވެ. މި ބައިގެ ތިންވަނަ ދިޔައީ، އިސްމާއިލް އަޒްމީން އާއި ހުޖާންގެ ޕެއާ އެވެ.

ސީނިއާ ވިމެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އައިިމިނަތު ވިޝާމާ އާއި ފާތިމަތު ރަޔާނާ އެެވެ. އެއީ ފައިނަލުގައި، 20-06، 22-05 އިން ޝުބާ އާދަމް އާއި އައިމިނަތު ސިޔާމާ ބަލިކޮށްފަ އެވެ. ތިން ވަނަ އަށް ދިޔައީ ވިދާދު އާއި އައިޝަތު ނަހުފާގެ ޕެއާ އެެވެ.

ޖޫނިއާ ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހުމަދު މައިޝާން ހޯދީ 25-0 އިން ޝަމްހާން ޝާހު ބަލިކޮށްފަ އެެވެ. ތިން ވަނަ ހޮވި މެޗުން އަހުމަދު ޝަމާލް ސައުދުﷲ ވަނީ މުހައްމަދު ޒީހާން އަތުން 17-13 އިން މޮޅުވެފަ އެެވެ.

ޖޫނިއާ ބައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން، އިންޝާ އިކްލީލް އައްބާސް ހޯދީ ފައިނަލުގައި އައިޝަތު އަލީޝާ ނާފިއު އަތުން 18-17 އިން މޮޅުވެގެންނެވެ. ތިން ވަނަ ހޯދީ އައިޝަތު މައިލާ އާދަމް ޒާހިރު އަތުން 25-0 އިން މޮޅުވި ޒުލައިހާ ލީން އެވެ.

ޖޫނިއާ ޑަބަލްސްގެ ފިރިހެން ޗެމްޕިއަންކަން، އަހުމަދު މައިޝާން އާއި އައްކަމް އާދަމް ހޯދީ ޝަމާލް އާއި އަބްދުﷲ ކީޔާން އަތުން 22-07 އިން މޮޅުވެގެންނެވެ. ތިން ވަނަ ހޮވި މެޗުން މުހައްމަދު ޒީހާން އާއި މީކާއިލް ބިން މަދަދުﷲ މޮޅުވީ 7-13 އިން އަބްދުލްމާލިކް ހަސަން ލަތީފް އާއި އަހުމަދު ނައިސަމް ނިސާހު އަތުންނެވެ.

ޖޫނިއާ ބައިގެ އަންހެން ޑަބަލްސް ތަށި ހޯދީ އިންޝާ އިކްލީލް އައްބާސް އާއި އައިމިނަތު ކައިސާ ބިންތި އަބްދުﷲ އެވެ. އެއީ، ފައިނަލުގައި، އައިޝަތު އަލީޝާ ނާފިއު އާއި ސޯފިއާ ސުނާން ޝާކިރު އަތުން 25-0 އިން މޮޅުވެގެންނެވެ. މި ބައިގެ ތިން ވަނަ ހޯދީ މައިލާ އާދަމް ޒާހިރު އާއި ނީމް ނަސީމް އެވެ. އެއީ. މަރިޔަމް ޝައުން އާއި ފާތިމަތު ޒާޝް އަތުން 25-0 އިން މޮޅުވެގެންނެެވެ.

ހުޅުމާލެ ކެރަމް އެރީނާގައި މިިދިޔަ މަހު 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި މުބާާރާތުގައި، ޖޫނިއާ ބައިގެ ފިރިހެން ސިންގަލްސްގައި 39 ކުޅުންތެރިން ވާދަކުރިއިރު، ޖޫނިއާ އަންހެން ސިންގަލްސްގައި 20 ކުޅުންތެރިން ފެނިގެންދިޔަ އެެވެ. އަދި، ޖޫނިއާ ފިރިހެން ޑަބަލްސްގައި 40 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ޑަބަލްސްގައި 10 ކުޅުންތެރިން ވާދަކުރި އެެވެ.

ސީނިއާ ކެޓަގަރީގައި ފިރިހެން ސިންގަލްސް އާއި ޑަބަލްސް ބައިން 26 ކުޅުންތެރިން އަދި އަންހެން ސިންގަލްސް އާއި ޑަބަލްސްގައި 12 ކުޅުންތެރިން ފެނިގެންދިޔަ އެވެ.

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox