ކުޅުންތެރިން ފުޓްސަލް އަށް ދިއުން ހުއްޓުވޭނީ ފުޓްބޯޅަ ހިންގުން ވަރުގަދަވެގެން

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ދެކޭ ގޮތުގައި ފުޓްބޯޅަ ހިންގުން ވަރުގަދަވެގެން ނޫނީ ފުޓްސަލް އަށް ކުޅުންތެރިން ދިއުން ނުހުއްޓުވޭނެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ދެކޭ ގޮތުގައި ފުޓްބޯޅަ ހިންގުން ވަރުގަދަވެގެން ނޫނީ ފުޓްސަލް އަށް ކުޅުންތެރިން ދިއުން ނުހުއްޓުވޭނެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައިގެ ހިންގުން ވަރުގަދަވެ، ކުޅުންތެރިންނަށް ލިބެންޖެހޭ މުސާރައިގެ ކަންކަން ބަރާބަރަށް ހަމަޖެހިގެން ގޮސްގެން ނޫނީ ކުޅުންތެރިން ފުޓްސަލް ކުޅެން ދިއުން ނުހުއްޓުވޭނެ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެ އަހަރެއްހާ ދުވަހަށް ފަހު މިދިޔަ މަހު ފެށިއިރު، ލީގުގެ ކުޅުން ގައުމީ ޓީމުގެ މެޗުތަކަށް މެދުކަނޑާލުމަށް ފަހު މާދަމާ ފަށާނެ އެވެ. އެ މެޗުތައް ފެށުމުގެ ކުރިން، މިއަދު ބޭއްވި ޓީމުތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނިސްތާރުގެ އިތުުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ވަނީ ފުޓްސަލް މުބާރާތްތަކާ ގުޅޭ ވާހަކަ ދައްކައިފަ އެވެ.

އެ ގޮތުން، ނިސްތާރު ބުނީ، ކުޅުންތެރިން ފުޓްސަލް އަށް ދާ ވާހަކައިގެ ސުވާލަށް ދޭން ޖެހެނީ ދިގު ޖަވާބެއް ކަމަށެވެ. އެ ގޮތުން، ޓީމުގެ މުހިންމު ކުޅުންތެރިން ފުޓްސަލް އަށް ދިއުމުގެ ކަންކަން އެ ޓީމަށް ވެސް ދިމާވާ ކަމަށާއި ފުޓްބޯޅައިގެ މި ވަގުތު ހާލަތު އޮތްގޮތުން ހަގީގަތް ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ނިސްތާރު ވަނީ ބުނެފަ އެެވެ.

Advertisement

"އަޅުގަނޑަށް ހީވަނީ އެކަން ރަނގަޅުވާނީ ލީގު ސްޓްރޯންގްވީ ވަރަކަށް، އަޅުގަނޑުމެން އެކްސްޕެކްޓެއް ނުކުރެވޭނެ، އަޅުގަނޑުމެން މި ދޭ ސެލަރީ އެއްޗެހި ބަރާބަރަށް ނުދެވެންޏާ އެ މީހުން އެހެން ގޮތްގޮތުން ލާރި ނުހޯދައެއް ނުތިބެވޭނެ. ފެމިލީސް ގެންގުޅޭނެ އެ މީހުން ވެސް، އެހެން ބުންޏަސް އަޅުގަނޑަށް އެބަފެނޭ މިހާރު ލީގު އިސްތިހާރުތައް ވެސް އެބަ ފެނޭ. އެހެންވީމަ، ރަނގަޅުވާތަން ވެސް އެބަފެނޭ، އެކަމަށް ޓައިމް ނަގާނެ،" ނިސްތާރު ބުންޏެވެ.

"އަޅުގަނޑު ވެސް ވަރަށް ކުރިން ދައްކާ ވާހަކައެއް، މި ޕްރޮފެޝަން އަކަށް މީތި ނެހެދެންޏާ، އަޅުގަނޑުމެންނަށް ޕްލޭޔާސް ހޯލްޑެއްނުކުރެވޭނެ ކޮމްޕެއާ އެއް ނުކުރެވޭނެ އެހެން ގައުމުތަކުގައި މިހެންނޭ، މިސާލަކަށް ބަލަމާ މާޒިޔާ އަކަށް ނާދޭ މި އިޝޫއެއް އަޅުގަނޑުމެން މި ޖެހެނީ އެ ލެވަލަށް އަންނަން. އޭރަށް މި އިޝޫއެއް ނާންނާނެ، މިއީ ވަރަށް ލޯންގް ޕްރޮސަސްއެއް،"

މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ، ސަޕޯޓަރުން ވަދެ، ލީގުގެ ފޯރިގަދަވުމުގެ ވާހަކަ އަށް ޖަވާބެއްދެންޏާ ބުނެވޭނީ، ގައުމީ ޓީމަށް ކުރިން ދުވަހު ސަޕޯޓްކުރަން މެޗަށް އައި ސަޕޯޓަރުންނާއި ހުޅުމާލޭގައި ފުޓްސަލް މެޗުތައް ބަލަންދާ ސަޕޯޓަރުންގެ އަދަދު ގިނަ ކަމަށެވެ.

"އަހަންނަށް ފެންނަ ގޮތުގައި އަހަރެން ވަރަށް އާ ވާނެ އަދިވެސް މި ސިޓީ އަށް. އަހަންނަށް ގައުމީ ޓީމު މި ފަހުން މި ކުޅުނު މެޗަށް ފަހު، ފެންނަނީ ވަރަށް ގިނަ ސަޕޯޓަރުން މެޗު ބަލަން އައި. އެއީ ވަރަށް ރަނގަޅު ހަބަރެއް ރާއްޖޭގެ ފުޓްބޯޅަ އަށް. ހަަމަ އެ ގޮތަށް އަހަންނަށް އެބަ ފެނޭ ވަރަށް ގިނަ ފުޓްސަލް މުބާރާތްތަކެއް ހަމަ މި ވަގުތު، ފުޓްސަލް މެޗުތަކެއް ހުޅުމާލޭގައި، އަހަރެން އުޅެނީ އެ ތާގައި، އަހަންނަށް އަޑުއިވޭ ވަރަށް ބައިވަރު ސަޕޯޓަރުންގެ އެހެންވީމަ އަހަންނަށް ފެންނަ ގޮތުގައި ހައްލެއް ހޯދަން އެބަޖެހޭ އެއް ވަގުތެއްގައި މި ސަޕޯޓަރުންތައް ގެންގުޅުމަށް، އެއީ އަހަންނަށް ފެންނަ ގޮތުގައި މި ކަމުގެ މަގުސަދު އޮންނަން ޖެހޭނީ އެއްގޮތަކަށް،" ހެނާންޑޭޒް ބުންޏެވެ.

އެކަމަކު ދޮޅު އަހަރެއްހާ ދުވަހު ލީގު ފުޓްބޯޅަ ނުކުޅެތިބެފައި ފެށުމުން، މީހުންގެ އިތުބާރު ލީގަށާއި ފުޓްބޯޅަ އެސޯސިއޭޝަނަށް ލިބެމުންދާ ވަރަކަށް ސަޕޯޓަރުން އިތުރުވާނެ ކަމަށް ހެނާންޑޭޒް ހުރީ އުންމީދުގަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި ކޯޗިންގެ ތަޖުރިބާ ބޮޑު، ކުރީގެ ކުޅުންތެރިޔާ ނަޒީހު ބުނީ، ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިސް އެންމެ ރަނގަޅަށް ނުދާ އެއް ސަބަަބަކީ މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތް ކަމަށެވެ.

"މިހާރު މި ކުޅެނީނު ފުޓްސަލް ކަހަލަ، މުބާރާތެއް އެބަ ހިނގައެއްނު، އޭގެ ސަބަބުން ގާތްގަނޑަކަށް ޔުނައިޓެޑް ވިކްޓަރީގެ ހަތް ކުޅުންތެރިންގެ މުޅި 52 ދުވަހުގެ ޓްރެއިނިންގެ ޖުމްލަ ޓްރެއިނިން އެންމެންގެ އެއްކޮށްލީމަ އަރަނީ 28، ދެން ކިހިނެއް އިމްޕްރޫވް ކުރާނީ، އެއީ، މި ހުރިހާ ކަމެއް ނިމުނީމަ ހީވަނީ މި އަށް ވުރެން ތަންކޮޅެއް ރަނގަޅުވާނެހެން،" ނަޒީހު ބުންޏެވެ.

ގްރީން ސްޓްރީޓްސް ރަނގަޅު ފޯމުގައި ކުރިއަށް ދިއުމުގެ އުންމީދުގައި

މި ފަހަރުގެ ލީގުގެ ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް ބަލިވި ނަމަވެސް ތިން ވަނަ މެޗުގައި އެ ޓީމުން ވަނީ 3-2 އިން އީގަލްސް ބަލިކޮށްފަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި އަންނައިރު، ނިސްތާރު ހުރީ އީގަލްސް މެޗުގައި އެ ކުރި މަސައްކަތް އިތުރަށް ކޮށްގެން މާދަމާ ހަވީރު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމަށެވެ.

"އިދިކޮޅަށް މި ނުކުންނަނީ ބުރު އެއީ ވަރަށް ސްޓްރޯންގް ޓީމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެއްގޮތަކަށް ވެސް އަންޑައެސްޓިމޭޓެއް ނުކުރެވޭނެ ނިޒާމްބެ ހުންނަ ޓީމެއް އެއީ ކޮންމެ ބައެއް ވިޔަސް، ހަމަ ވަރަށް ސްޓްރޯންގް ޕްލޭޔާސް ތިބި، އަޅުގަނޑުމެން ގަބޫލު މި ކުރަނީ އީގަލްސް މެޗު ކަހަލަ މެޗެއް ކަމަށް އެއީ އެދެ ޓީމު ވެސް މި އިންނަނީ އެއްވަރުވެފައި،" ނިސްތާރު ބުންޏެވެ.

މީގެ ކުރިން، ރާއްޖޭގެ ގައުމީ ޓީމަށް ވަގުތުދޭން ގައުމީ ކޯޗަކަށް ހުންނަ ފަރާތެއް ބޭނުންވެެގެން އެއް މަސް ނޫނީ ދެ މަހުގެ ބްރޭކެއް ވެސް ނަގާފައި އެބަހުރި ކަމަށާއި އެއާ ހިލާފަށް މިހާރު ރާއްޖޭގައި ވެސް އިންޓަނޭޝަނަލް ބްރޭކް އޮތީ ރަނގަޅު މުއްދަތެއްގައިކަން ނިސްތާރު ފާހަގަކުރި އެވެ.

"އިންޓަނޭޝަނަލް ބްރޭކަކީ ދުނިޔޭގެ ހުރިހާ ލީގަކަށް ވެސް އަންނާނެ އެއްޗެއް ޓޮޕްޓިއާގައި އެ ހަމަ އަޅުގަނޑުމެން ޖެހޭނީ އެއީ އަޅުގަނޑުމެންގެ ރީޗާޖްޓައިމަކަށް ހަދަން،" ނިސްތާރު ބުންޏެވެ

"(އިންޓަނޭޝަނަލް ބްރޭކް) މިހާރު މީނދީ ވަރަށް އަސްލު ހަމަ ސްޓޭންޑަޑްކޮށް ދުނިޔޭގައި (އިންނަ ގޮތަށް) ވަރަށް ރަނގަޅު،"

އެންމެ ފަހުން ގްރީން ސްޓްރީޓްސް އިން އީގަލްސް މެޗަށް ނެގި ޓީމަށް މާދަމާ ބުރާ ދެކޮޅަށް ކުޅޭއިރު ބަދަލުތަކެއް އަންނާނެ ކަމަށް ނިސްތާރު ވަނީ ބުނެފަ އެެވެ.

ބުރު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox