ރިޓަޔާކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500،000ރ. ދީ، މަހަކު 70،000ރ. ދެނީ

ރައީސް މުއިއްޒު، މިހާރު ރިޓަޔާކުރަން ހުށަހަޅުއްވާފައިވާ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއެކު: ރިޓަޔާކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތް ބޮޑުކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، މިހާރު ރިޓަޔާކުރަން ހުށަހަޅުއްވާފައިވާ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއެކު: ރިޓަޔާކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތް ބޮޑުކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅާފަ --- ފޮޓޯ: ރައީސް އޮފީސް

ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން އުމުރުން 55 އަހަރުވުމުން ރިޓަޔާކުރައްވާ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާނަމަ އެވެ. އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތެއް ނޯވެ އެވެ.

ޖޭއެސްސީ އިން ގަވާއިދު އިސްލާހުކުރަން އެދި މަޖިލީހަށް ހުށަހަޅާފައިވާ ސިޓީގައި ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރުންނަށް ވަކި ހާއްސަ ރިޓަޔަމަންޓު އިނާޔަތެއް ދިނުމަށެވެ. އެގޮތުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރުގެ ލިވިން އެލަވަންސް އަދި ދަތުރުފަތުރުގެ ހަރަދަށް މަހަކު 70،000 ރުފިޔާ ދޭން ޖޭއެސްސީ އިން ވަނީ ހުށަހަޅާފަ އެވެ.

Advertisement

އޭގެ އިތުރުން، ރިޓަޔާވާއިރު އެއްފަހަރާ ދޭ އެލަވަންސް ހިސާބު ކުރުމުގައި ފަނޑިޔާރުކަން ކުރުމުގެ އިތުރުން އެހެން ހައިސިއްޔަތަކުން ވިޔަސް ދައުލަތަށް ހިދުމަތްކުރި މުއްދަތު ހިމަނަން އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. މިހާރު ގަވާއިދު އޮތްގޮތުން އެ އިނާޔަތް ހިސާބު ކުރުމުގައި ގުނާނީ ފަނޑިޔާރުކަން ކުރި މުއްދަތެވެ.

ޖޭއެސްސީ އިން މިފަދަ އިސްލާހުތަކެއް ހުށަހަޅާފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށެވެ. މެއި 8، ގައި އެމަނިކުފާނު ރިޓަޔަކުރަން ހުށަހެޅުއްވި ނަމަވެސް މިހާތަނަށް އެކަމާމެދު ޖޭއެސްސީ އިން ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަލަށް ހުށަހެޅި އިސްލާހުތަކާއެކު ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި މުއުތަސިމަށް ލިބޭ ފައިސާ އެތައް ގުނައަކުން އިތުރުވެގެންދާނެ އެވެ. ސަބަބަކީ އެމަނިކުފާނު ފަނޑިޔާރުކަން ކުރެއްވި ނުވަ އަހަރާއި ހަ މަހާއި 11 ދުވަހުގެ ތެރެއަށް ކުރިން ދައުލަތަށް ހިދުމަތް ކުރެއްވި މުއްދަތު އިތުރުވުމެވެ. އެއާއެކު ގަނޑުކޮށް ލިބޭ އެލަވަންސަށް ކުރާ ހިސާބުގައި 24 އަހަރާއި ހަތަރު މަސް ގުނާނެ އެވެ.

މި އިސްލާހާއެކު ކޮމިޓީގައި ތިއްބެވި ވެރިކަންކުރައްވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ ވާހަކަދައްކަވާފަ އެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އުއްތަމަ ފަނޑިޔާރަކު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކަމުގައިވާނަމަ އެ ބޭފުޅަކު ޝަރަފުވެރިކަމާ އެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއީ ކުރިން ސަރުކާރު މެންބަރުން ދެއްކެވި ހަރަދުކުޑަކުރުމުގެ ވާހަކައާއި ދިމާ އިދިކޮޅު އިސްލާހެއް ކަމަށް ވިދާޅުވެ ގަފޫރު ވަނީ ވަކި ބޭފުޅަކަށް ފަހާ ކޯޓެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޝަމްހީދުގެ ވާހަކައިގައި ވިދާޅުވީ މިއީ ކޮށްގެން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އަދި، މިއީ ސަރުކާރުން އުއްތަމަ ފަނޑިޔާރާއެކު ޑީލެއް ހަދާ އެމަނިކުފާނަށް ރިޝްވަތުގެ ގޮތުގައި ބޮޑު އަދަދަކުން ފައިސާ ދިނުމަށް ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ޖޭއެސްްސީން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފަ އެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރިއިރު އަދުލު އިންސާފުގެ ދިފާއުގައި މުއުތަސިމް ތެދުވެވަޑައިނުގަތުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox