ތިން ވަނަ ޑިވިޝަނުގެ ބީލަފެލްޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިިއަން ލެވަކޫސަން ކަޓައިފި

Apr 2, 2025, 6:50 AM
ތިން ވަނަ ޑިވިޝަނުގެ ބީލަފެލްޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިިއަން ލެވަކޫސަން ކަޓައިފި

ބާލިން (އޭޕްރީލް 2) - ޖަރުމަނު ކަޕުގެ ސެމީ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން 2-1 ގެ ނަތީޖާ އަކުން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ތިން ވަނަ ޑިވިޝަނުގެ އާމިނިއާ ބީލަފެލްޑް އިން ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 17 ވަނަ މިނިޓްގައި ލެވަކޫސަންގެ ޖޮނަތަން ޓާ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

އެކަމަކު، އޭގެ ތިން މިނިޓް ފަހުން މާރިއަސް ވޯލް ވަނީ ގޯލު ޖަހައި ބީލަފެލްޑް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބީލަފެލްޑްގެ މެކްސިމިލިއަން ގްރޯސާ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. މިއީ، ލުއި އޮޕީގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފުގައި ލެވަކޫސަން އިން ގޯލް ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ބީލަފެލްޑްގެ ކުޅުންތެރިން ވަނީ ވަރުގަދަ ޑިފެންސް އެއް ކޮށް ލެވަކޫސަންގެ ހަމަލާތައް ހުއްޓުވައިފަ އެވެ.

މި މަހުގެ 24 ވަނަ ދުވަހު ކުޅޭ މި މުބާރާތުގެ ފައިނަލް މެޗުގައި ބީލަފެލްޑް ވާދަކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީ ފައިނަލުގައި އާރްބީ ލައިޕްޒިގް އާއި ސްޓުޓްގާޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox