ގަބޫލު ކުރަނީ ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރު މުވައްޒަފުން އަދިވެސް ކުރާނެ ކަމަށް: އަބްދުލްމަޖީދު

ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީއަށް ފޯމުތައް ފުރިއިރު، ހޯމް މިނިސްޓަރު، އަލީ އިހުސާންގެ އަރިހުގައި އަބްދުލްމަޖީދު (މ) އަހުމަދު އާލީ (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ

ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީއަށް ފޯމުތައް ފުރިއިރު، ހޯމް މިނިސްޓަރު، އަލީ އިހުސާންގެ އަރިހުގައި އަބްދުލްމަޖީދު (މ) އަހުމަދު އާލީ (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައުލޫމާތުތައް ބަލަހައްޓާ، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕީއެންސީއަށް މީހުން ވަގަށް ވެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ މީހުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތްތައް އެ މުވައްޒަފުން ކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑީއެންއާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކައިލުމަށް ކަމަށް ބުނެ އެ އޮފީހަށް ނޫސްވެރިން ގެންގޮސް، ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުލްމަޖީދު ވިދާޅުވީ ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ 56 ސިޔާސީ މުވައްޒަފުން ކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް އެ ބޭފުޅުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައްޗަށް ހަމަ އޮތީ ތި ދަންނަވާހެން ހަމަ ތުހުމަތުތަކެއް، އެހެންވީމާ އެކަން ކަނޑައެޅިފައި އޮންނަ ގޮތެއްގެ މަތިން ހަމަ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުންވެއްޖެއްޔާމުން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް އަދި ހަމަ އެ މަސައްކަތް ގެންދާނެ، ސިޔާސީ މީހުންނަކީ ސިޔާސީ މަސައްކަތް ކުރަން އައްޔަނު ކުރައްވާފައި ތިއްބެވި ބޭފުޅުން ހަމަ އެ ސިޔާސީ ވިސްނުމުގައި އެ ސިޔާސީ މަސައްކަތެއް ގެންދަވާނެ،" އަބްދުލްމަޖީދު ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުން ޕީއެންސީއަށް 1700 މީހުން ވެއްދި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު، އަލީ އިހުސާން އިސްވެ ހުންނަވައި ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ.

"މިނިސްޓަރު އެކަން ގެންދެވީ ވަރަށް އިންތިޒާމު ކުރެވި ރޭވިފައި އޮތް، އެންމެންނަށް ވެސް، އެންމެން ވެސް އޭގައި ބައިވެރިވާ ގޮތަށް، ދަންނަވަން މިއުޅޭ އެއްޗަކީ މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ޓެކްނޮލޮޖީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި މި ތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި، މެންބަރުން ވެއްދުމުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެދިފައި އޮތީ، އަޅުގަނޑު ހަނދާންވާ ގޮތުން އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ކަމަށް ވަނީނަމަ 56 ބޭފުޅަކު އެބަ ސިޔާސީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރައްވާ، އެހެންވީމާ އެއިން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކަށް ވީވަރަކުން ފޯމުތައް ގެނެސްދިނުމަށް އެދިފައި އޮތީ،" އަބްދުލްމަޖީދު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އަބްދުލްމަޖީދުގެ އިތުރުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، އަހުމަދު އާލީ ވެސް ފަހުން ވަނީ ދެކޮޅު ހަދައި ނޫސްވެރިންނަށް ފިއްލަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox