އަލްހާންގެ ތިން ބެއިންގެ މައްޗަށް ކުރި ދައުވާތައް ޕީޖީން ބަދަލެއް ނުކުރި

އަލްހާންގެ ތިން ބެއިން: ތިން ބެއިންގެ މައްޗަށް ކުރި ދައުވާތައް މުރާޖާއާ ކުރަން ހުށަހެޅުމުން ޕީޖީން ދައުވާތަކަށް ބަދަލު ނުގެންނަން ވަނީ ނިންމާފައި

އަލްހާންގެ ތިން ބެއިން: ތިން ބެއިންގެ މައްޗަށް ކުރި ދައުވާތައް މުރާޖާއާ ކުރަން ހުށަހެޅުމުން ޕީޖީން ދައުވާތަކަށް ބަދަލު ނުގެންނަން ވަނީ ނިންމާފައި

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކައިން ކަމަށްވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް އުފުލި ޓެކުމުގެ ދައުވާތަކަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު އައްބާސް ޝަރީފް ނިންމަވައިފި އެވެ.

އެ މައްސަލާގައި ދައުވާކުރީ މ. ފިނިވާގެ 2 ނަންބަރު ބައި, އަލްހާން ފަހުމީ އަދި މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ކަމަށްވާ ސަހުބާން ފަހުމީގެ އިތުރުން ސ. ފޭދޫ, ބޮންތި, ޝަޒްބާން ފަހުމީގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ކޮށްފައިވާ 39 ދައުވާއެއް މުރާޖާއާ ކޮށްދިނުމަށް މައްސަލައިގައި ހިމެނޭ އަލްހާންގެ ތިން ބެއިން އެދުމުން، އެ އޮފީހުން މުރާޖާއާ ކުރިއިރު ދައުވާތަކަށް ބަދަލެއް ގެންނަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުފެނުނު ކަމަށެވެ.

"މައްސަލައިގެ ތަހްގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ލިބިފައިވާ ހެކި ގަރީނާއާއި، އިޖުރާއީ ގޮތުން އަމަލުކޮށްފައިވާ ގޮތާއި، ދައުވާލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަންކަމަށް ރިއާޔަތްކުރިއިރު، މި މައްސަލާގައި ހިމެނޭ ދައުވާތައް މުރާޖައާކޮށް، އެ ދައުވާތަކަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނުވަތަ ހާލަތެއް އޮތްކަމަށް ނުފެންނަކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ނިންމަވާފައި،" އެ އޮފީހުން ބުންޏެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހިންތަކެއް އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި، ފުލުހުންގެ ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 މީހުންނާ ގުޅިގެން އަލްހާންގެ ތިންބެއިންގެ ކުރެ ކޮންމެ މީހަކަށް 13 ދައުވާއެއް ނޮވެމްބަރު 23، 2023 ގައި އުފުލާފައިވެ އެވެ.

އަލްހާންގެ ތިންބެއިންނަށް އުފުލި ދައުވާތައް:

1. މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީ ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.

2. މ. ފިނިވާގެ 2 ނަންބަރު ބައި، ސަހުބާން ފަހުމީގެ - ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.

3. ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީ - ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.

އަލްހާގެ ތިންބެއިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، އެ ތިންބެއިންގެ މައްޗަށް އުފުލި ދައުވާތަކަށް ވަނީ އިންކާރު ކޮށްފަ އެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން އެ ތިން ބެއިން ހިންގާ ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އިންވެސްޓުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox