މުހިންމު ދަނޑިވަޅެއްގައި ރާއްޖެ-އިންޑިއާ ގުޅުން ދެމެހެއްޓުމަށް މުނޫ ކުރެއްވި މަސައްކަތަށް ރައީސްގެ ޝުކުރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއެކު : ގުޅުން ދެމެހެއްޓުމަށް މުނޫ ކުރެއްވި މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއެކު : ގުޅުން ދެމެހެއްޓުމަށް މުނޫ ކުރެއްވި މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އަވަށްޓެރި އިންޑިއާއާއެކު ބާއްވާ ގާތް ގުޅުން ދެމެހެއްޓުމަށް އެންމެ މުހިންމުވި އެއް ދަނޑިވަޅުގައި، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ކުރެއްވި މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފި އެވެ.

ސަފީރު ކަމުގެ ދައުރު ހަމަކުރައްވާ އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން މުނޫ މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވާފަ އެވެ. މި ބައްދަލުވުން ބޭއްވީ މިއަދު ހެދުނު ރައީސް އޮފީހުގަ އެވެ.

ބައްދަލުވުމާ ގުޅިގެން އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ގުޅުން ކުރިއަރުވާ ދެމެހެއްޓުމާސް މުނޫ ކުރެއްވި މަސައްކަތަށް ރައީސް އޭނާއަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

Advertisement

"އަދި، އިންޑިއާ ސަފީރުގެ ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހަލާއެއް ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި،" އެ ބަޔާނުގައިވެ އެވެ.

ދެ ގައުމުގެ ގުޅުން އާރޯވެގެން ދިޔަ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، މި ވެރިކަމުގެ ކުރީކޮޅު ރާއްޖެ-އިންޑިއާ ގުޅުން ދުވަހަކު ނުވާހާ ބޮޑަށް ގޯސްވި އެވެ. ނަމަވެސް މުނޫ އާދި ދިވެހި ހާރިޖިއްޔާގެ ގިނަ މަސައްކަތްތަކަކުން ގުޅުން މިހާރު ވަނީ ރަނގަޅުވެފަ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށް އެ ގައުމުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް މުއިއްޒު ދައްކަވާ ލީޑަޝިޕަށް މުނޫ ފާހަގަކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ރައީސް އާއި ސަފީރު ވަނީ އޮކްޓޯބަރު ދެ ގައުމުގެ ދެމެދުގައި އެއްބަސްވި ވިޝަން ޑޮކިއުމެންޓުގައިވާ ކަންކަން ތަންފީޒުކުރެވެމުންދާ މިންވަރާއި އެ މަަސައްކަތް ހަލުވި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ނޮވެމްބަރު 10، 2021 ގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އެ ގައުމުން އައްޔަނު ކުރެއްވި މުނޫގެ ބަދަލުގައި އެ މަގާމަށް މިދިޔަ ހޯމަ ދުވަހު ހަމަޖައްސާފައި ވަނީ އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖީ ބަލަސުބްރަމަނިއަން އެވެ.

ރާއްޖޭގެ ސަފީރުކަމާ ވަރަށް އަވަހަށް ސުބްރަމާނިއަން ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ހޯމަ ދުވަހު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox