ލެވަކޫސަނުން ބަޔާން ޖަރުމަނު ކަޕުން ކަޓުވާލައިފި

Dec 4, 2024, 4:21 AM
ލެވަކޫސަނުން ބަޔާން ޖަރުމަނު ކަޕުން ކަޓުވާލައިފި

ބާލިން (ޑިސެމްބަރު 4) - ޖަރުމަނު ކަޕްގެ ގަދަ 16 ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން 1-0 އިން ބަޔާން މިއުނިކް ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލައިފި އެވެ.

ބަޔާނުން މި މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނިޓްގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން އަށް ކުރި ފައުލަކަށް ރެފްރީ ނޯޔާ އަށް ދެއްކި ރަތް ކާޑެކެވެ. މިއީ، ނޯޔާގެ ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުުނު ބަޔާންގެ ގޯލަށް ބޯޅައެއް ވައްދާލަން ލެވަކޫސަނަށް އިންތިޒާރެއް ކުރަން ޖެހުނެވެ. އެ ގޮތުން، މެޗުގެ 69 ވަނަ މިނިޓްގައި، ލެވަކޫސަންގެ ލަނޑު ޖެހީ، ނޭތަން ޓެލާ އެވެ. މިއީ، އަލެކްސް ގްރިމާލްޑޯ ނެގި ހުރަހަކުން ޓެލާ ޖެހި ގޯލެކެވެ.

ބަޔާނުން އެއްވަރުކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ކިންގްސްލީ ކޯމަން، ޑަޔޫޓް އުޕަމެކާނޯ އަދި ކިމް މިން ޖޭ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދާލެވޭ ގޮތެއްނުވި އެވެ.

ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ވަނީ އެ ޓީމާ ހަވާލުވި ފަހުން ޖަރުމަނު ކަޕްގައި ކުުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެެވެ. ރޭގެ މެޗަކީ މޮޅުވި އަށް ވަނަ މެޗެވެ. ބަޔާނަށް މި ވަނީ އަނެއްކާ ވެސް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން އަލުން ހޯދަން އިންތިޒާރު ކުރަން ޖެހިފަ އެވެ. މި މުބާރާތް 20 ފަހަރު ކާމިޔާބުކުރި ބަޔާނުން އެންމެ ފަހުން ތަށި އުފުލާލީ 2020 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox