މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ގާނޫނީ ބާރުވެރިކަމެއް ނުލިބޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ: އެކްސް

ކުރގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ: އެކްސް

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ކަށަވަރުކޮށްދޭ ރައްޔިތުންގެ ބާރު ގެއްލޭގޮތަށް ފަރުމާ ކޮށްފައި އޮތް އިސްލާހެއް ކަަމަށް ވާތީ އެ އިސްލާހަށް ގާނޫނީ ބާރުވެރިކަން ނުލިބޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޑީޑީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ސިޔާދަތުގެ ޕްރިންސިޕަލް އަކީ އެއާ ހިލާފަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނެ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލް އެއް ކަމަށެވެ.

"ރައްޔިތުންގެ ސިޔާދަތުގެ މަބްދައަކީ ހަގީގަތުގައި އެ މަބްދައާ ހިލާފަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނެ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލް އެއްކަމުން، އެ މަބްދައާ ތައާރުޒުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްސަކީ އެއަށް "ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ ނައްސެއްކަމުގައި ނުބެލެވޭނެ އެވެ." ޑީޑީ ވިދާޅުވެފައިވެ އެވެ.

ދުނިިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީ ބަދަލު ކުރުން މަޖިލިސް މެންބަރުންނަށް މަނާ ކުރުމުގެ ގޮތުން ގާނޫނުތައް ހަދާފައި ހުންނަ ކަމަށެވެ. ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނުތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޑިމޮކްރެސީތަކުގައި ބަލައިގަންނަ އެއްޗެއް ނޫން ކަމަށް ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ހަދައި، ބޭނުން ކުރަނީ ބަރުލަމާނީ ނުވަތަ ސެމީ ބަރުލަމާނީ ނިޒާމުތަކުގައި ކަމަށެވެ. އަދި އެފަދަ ގާނޫނުގެ މައިގަނޑު މަގުސަދަކީ އެފަދަ ނިޒާމުތަކުގައި، މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ ނަމަ ސަރުކާރު ދެމިއޮތުމަށް ހުރަސް އެޅިދާނެތީ އެކަމަށް ހައްލު ހޯދުން ކަމަށް ޑީޑީ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމި އޮތުމާއި ދެމެދު އޮންނަންޖެހޭ އެއްވެެސް ދުސްތޫރީ ގުޅުމެއް ނެތްއިރު، ދިވެހިރާއްޖޭގައި އެންޓި ޑިފެކްޝަން ގެ އުސޫލުތަކެއް މި ގެނެވުނު ދުސްތޫރީ އިސްލާހުގައި ބަޔާން ކުރެވިފައިވާ ގޮތަށް، ކަނޑައެޅިގެން ދިޔުމުން ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހާ ގާނޫނުއަސާސީން މަތިކޮށްފައިވާ އިހުތިސާސްތައް ފުރިހަމައަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް އެ މަޖިލިސް "ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިޔުމުގެ އިހުތިމާލު ވަރަށް ވެސް ބޮޑެވެ." ޑީޑީ ވިދާޅުވި އެވެ.

އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ތަހުޒީބު މުޖުތަމައުއެއްގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ. އެހެންކަމުން، ބެސްޓްޕްރެކްޓިސްއަށް ތަބާވުމަކާ ނުލައި އެއް ދުވަސް ތެރޭގައި އިސްލާހު ހުށަހަޅައި އިސްލާހަށް ބަހުސްކޮށް އިސްލާހު ފާސްކޮށްފައި ވަނީ ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ސަބަބެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޑީޑީ ވިދާޅުވި އެވެ.

އެކި މަގާމުތަކަށް އިންތިހާބު ކުރާ މެންބަރުން މަގާމުން ވަކި ކުރުމުގެ ބާރު، ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މުހިންމުކަން މިހާރު އިތުރުވެފައިވާ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox