ވީބީގެ އާ ފިހާރައެއް، މާދަމާ ވިޔަފާރި ކުރާ 25 މީހަކަށް 2،000ރ. ގެ ކޭޝް ވައުޗަރު

ވީބީގެ އާ ފިހާރައެއް، މާދަމާ ވިޔަފާރި ކުރާ 25 މީހަކަށް 2،000ރ. ގެ ކޭޝް ވައުޗަރު

ހުޅުމާލޭގައި ވީބީ މާޓުގެ ފުރަތަމަ ރީޓެއިލް ފިހާރަ މާދަމާ ހުޅުވާނެ އެވެ.

ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރޮންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ހުޅުވާ ވީބީގެ އާ ފިހާރަ އަށް މާދަމާ ޒިޔާރަތްކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 25 ކަސްޓަމަރަކަށް، 2،000ރ. ގެ ކޭޝް ވައުޗަރެއް ލިބޭނެ އެވެ.

"ޖުމުލަ 50،000ރ. ވައުޗަރުގެ ގޮތުގައި ދޫކުރާނެ. އޭގެ އިތުރުން މި މަހުގެ 15-21 ގެ ނިޔަލަށް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެ،" ވީބީ މާޓުގެ ޖެނެރަލް މެނޭޖުރު އަހުމަދު އިޝާން ބުންޏެވެ.

އެ ގުރުއަތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 10،000ރ. ކަނޑައަޅާފައިވާއިރު، ދެ ވަނަ އަށް 5،000ރ. އަދި ތިން ވަނަ އަށް 2،500ރ. ލިބޭނެ އެވެ.

މި މާޓު ހުޅުވުމުން ފާހަގަކުރުމުގެ ހަރަކާތްތައް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ކުރިއަށް ދާނެ އެވެ.

"ކާޓޫން ކެރެކްޓާތައް މާދަމާ ހަވީރު، މުޅި ސަރަހައްދުގައި ހުންނާނެ. އަދި އިތުރު ހަރަކާތްތައް ވެސް. ރޭގަނޑު އޮންނާނެ މިއުޒިކު ވެސް. އަދި 11 ޖަހާއިރު 2،000ރ ވައުޗަރު ލިބޭ ނަސީބުވެރިން ހޮވާނެ،" އިޝާން ބުންޏެވެ.

މި ފިހާރަ ފަރުމާކޮށްފައި ވަނީ އަރާމުކޮށް ވިޔަފާރިކުރެވޭ ގޮތަށް، ޖާގަ ތަނަވަސްކޮށެވެ. ކެއުންބުއިމާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި މޭވާ އާއި ތަރުކާރީ ވެސް މިތަނުން ލިބޭނެ އެވެ.

ވީބީއަކީ މާލޭގައި ރީޓެއިލް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުންޏެވެ. މާލޭގައި ވީބީގެ ދެ މާޓު ހުރިއިރު، ހުޅުމާލޭގައި މިހާރު ވެސް ހޯލްސޭލް ފިހާރައެއް ހިންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox