ލައިބާ އާއި ކިޔާން ޕޮލެންޑްގެ ބެޑްމިންޓަން މުބާރާތުގައި

Nov 9, 2024, 3:28 AM
ލައިބާ އާއި ކިޔާން ޕޮލެންޑްގެ ބެޑްމިންޓަން މުބާރާތުގައި

ޔޫރަޕް ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ ޕޮލިސް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަހުމަދު މަހުލޫފް (އެލީ) އާއި ކިޔާން އާދިލް މުހައްމަދު މުބާރާތުގައި ވާދަކުރަން ފަށައިފި އެވެ.

އިއްޔެ ފެށި މި މުބާރާތް ނިމޭނީ އަންނަ އާދީއްތަ ދުވަހު އެވެ. މި ފަހަރުގެ މުބާރާތުގައި ފަސް ގައުމަކުން 140 އަށް ވުރެ ގިނަ ޖޫނިއާ އެތުލީޓުން ވާދަކުރާނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ އުންމީދީ އެތުލީޓުންގެ ތެރޭގައި ހިމެނޭ، އެލީ މިދިޔަ އަހަރުން ފެށިގެން ޔޫރަޕް ޖޫނިއާ ކަލަންޑަރު މުބާރާތްތަކުގައި ބައިވެރިވާއިރު، މިއީ ކިޔާން ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެލީ ވަނީ ޔޫރަޕް މުބާރާތްތައް ކުޅެ, ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި އެލީ ވާދަކުރާނީ 13 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. ކިޔާން ވަނީ މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއާ ރީޖަނަލް މުބާރާތުގައި ބައިވެރިވެފަ އެވެ. އޭނާ މި މުބާރާތުގައި ފެނިގެންދާނީ، 15 އަހަރުން ދަށުގެ ކެޓަގަރީންނެވެ.

Advertisement

މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް ބައިން، އެލީ އާއި ލިތުއޭނިއާގެ ޖޫލިއަސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ސެމީ ފައިނަލް އަށް ދަތުރުކޮށްފަ އެވެ. މި ގްރޫޕްގައި ހިމެނޭ ޕޮލެންޑްފެ ސަވޭރީ އާއި ހެނާގެ ޕެއާ އަތުން އެލީ އާއި ޖޫލިއަސްގެ ޕެއާ މޮޅުވީ 21-11، 21-15 އިންނެވެ. އަދި ޕޮލެންޑްގެ ނިކޯޑެމް އާއި އަލެކްސަންޑަގެ ޕެއާ އަތުން އެލީ އާއި ޖޫލިއަސްގެ ޕެއާ މޮޅުވީ 21-16. 22-20 އިންނެވެ.

ސިންގަލްސްގެ 13 އަހަރުން ދަށުގެ ބައިން އެލީ ވަނީ ކުޅުނު ތިން މެޗުން މޮޅުވެ، ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެލީ ފުރަތަމަ މެޗުން މޮޅުވީ ވިކްޓޯރިއާއާ ބައްދަލުކޮށް 21-16 21-14 އިންނެވެ. ދެ ވަނަ މެޗުގައި ހެނާއާ ކުޅެގެން، 21-16، 12-15 އިން މޮޅުވިއިރު، ތިން ވަނަ މެޗުގައި ކުރިހޯދީ އަލެކްސަންޑާ ކުރާސިއަކް އަތުން 21-11، 22-20 އިންނެވެ.

އަންހެން ޑަބަލްސްގައި އެލީ އާއި ޕޮލެންޑްގެ އޮލިވިއާ ސެރަފީންގެ ޕެއާ ކުޅުނު މެޗުން ވަނީ 21-18، 21-09 އިން ބަލިވެފަ އެވެ. މި ގްރޫޕްގެ ދެ މެޗު މިއަދު އެބައޮތެވެ.

ފަނަރަ އަހަރުން ދަށުގެ ބައިގައި ވާދަކުރާ ކިޔާންގެ މެޗުތައް ފަށާނީ މިއަދު އެވެ. އެ ގޮތުން، މިކްސް ޑަބަލްސްގައި ކިޔާން ޕެއާ ކޮށްފައިވަނީ، ޔޫކްރެއިންގެ މަކްސީމް އާބަންސްކީއާ އެކުގަ އެވެ. އެ ޕެއާ އިން ކުޅޭނީ ހަތަރު ޕެއާ ހިމެނޭ ގްރޫޕެއްގަ އެވެ.

އަންހެން ސިންގަލްސްގެ 15 އަހަރުން ދަށުގެބައިގައި ކިޔާން ހިމެނެނީ ވެސް ހަތަރު ކުޅުންތެރިންގެ ގްރޫޕެއްގަ އެވެ. އެއީ، ޕޮލެންޑްގެ ދެ ކުޅުންތެރިންނާއި އުޒްބެކިސްތާން ކުޅުންތެރިއަކާ އެކުގަ އެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިގައި، ކިޔާން ހިމެނެނީ، ޕޮލެންޑްގެ ރޯޒާ ސްޒީޕެރެކްއާ އެއް ޕެއާއެއްގަ އެވެ. މި ޕެއާ އިން ކުޅޭނީ ޕޮލެންޑްގެ ދެ ޕެއާ އާއި، ލިތުއޭނިއާގެ ޕެއާ އަކާ ދެކޮޅަށެވެ.

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox