ގައުމީ ނެޓްބޯޅަ ޓީމު ކުރިއެރުމާ އެކު ރަނގަޅު މިސްރާބަކަށް

Oct 22, 2024, 7:30 AM
ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ: ޓީމު ގޮވައިގެން އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުން،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ: ޓީމު ގޮވައިގެން އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުން،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ނެޓްބޯލް ޓީމުން މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ނެރެމުން އަންނަ ނަތީޖާތައް ރަނގަޅުކަން ފާހަގަކޮށް ޓީމުގެ ކުރިއެރުމާ މެދު ކޯޗު ނީޝާ ހަލީމް ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ، ސައުދީ އަރަބިއްޔާ އަތުން 74-14 އިން ބޮޑު މޮޅެއް ހޯދައިފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި މެލޭޝިއާ އަތުން 64-28 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، ތިން ވަނަ މެޗުގައި އިއްޔެ އިންޑިއާ އަތުން މޮޅުވީ، 54-48 އިންނެވެ.

ހަަތަރު ވަނަ މެޗުގައި، މިއަދު ފިލިޕީންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ނީޝާ ވަނީ "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މުބާރާތް ކުރިއަށްދާ ގޮތާއި ޓީމުން ހޯދަމުން އަންނަ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

އެ ގޮތުން، ނީޝާ ބުނީ، މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސައުދީއާ އެކު ކުޅެ ބޮޑު ތަފާތަކުން މޮޅުވިއިރު، ސައުދީ އަކީ އަލަށް މި މުބާރާތުގައި ކުޅުނު ޓީމެއް ކަމަށެވެ. ދެން ކުޅުނު މެލޭޝިއާ މެޗުން ރާއްޖެ ބަލިވިއިރު، އެ މެލޭޝިއާ އަކީ އޭޝިއާގެ ތިން ވަނަ ކަމަށާއި އެ ޓީމު އަތުން 38 ޕޮއިންޓުގެ ތަފާތަކުން ބަލިވިއިރު، ރާއްޖޭން ރަނގަޅަށް ކުޅުނުކަން ނީޝާ ފާހަގަކުރި އެވެ.

"ދެން، އިންޑިއާ މެޗުގައި އިއްޔެ މި މޮޅުވީ، މިއަދު ގްރޫޕް ސްޓޭޖުގައި މީދީ ހަތަރު ވަނަ މެޗު ފިލިޕީންސާ އެއްކޮށް، ފިލިޕީންސާ އެއްކޮށް މިދިޔަ، 2022 ގައި އޮތް އޭއެންސީގައި ވެސް ކުޅުނިން، ދެ މެޗު. ގްރޫޕް ސްޓޭޖު މެޗަކާއި ރޭންކިން މެޗެއް. ދެން ވަރަށް ބޮޑު ތަފާތަކުން ބަލިވެފައި އިނީ ދެ މެޗުގައި ވެސް. އެހެންވީމަ ޓާގެޓަކީ، އެ މީހުން އަތުން މޮޅުވުން، އެ މީހުންނާ އިންޑިއާއާ ކުޅެގެން ހަ ޕޮއިންޓުގެ ޑިފަރެންސުން ފިލިޕީންސް މޮޅުވެފައި އިނީ. އެހެންވީމަ އެ އަށް ބަލާފައި ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް މި ބަލަނީ،" މިއަދުގެ މެޗާ ބެހޭގޮތުން ނީޝާ ބުންޏެވެ.

"މި ފަހަރުގެ ޓާގެޓަކީ ހަމަ ރޭންކިން ހައި ކުރުން. މިހާރު ރާއްޖެ މީދީ ހަތް ވަނައިގައި، ދެން ފަސް ވަނަ ޓާގެޓަކީ، ފަހެއް ނޫނީ ހަ ވަނަ ޓާގެޓަކީ،"

ނީޝާ ދެކޭގޮތުގައި މި ފަހަރުގެ މުބާރާތުގެ ކުރިން ސްރީ ލަންކާގައި މެޗުތަކެއް ކުޅެލަން ލިބުމަކީ، މި ފަހަރުގެ މުބާރާތުގައި ނަތީޖާތައް ރަނގަޅުކުރަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. މެޗުތައް ކުޅެން ލަންކާގައި ވަގުތު ކުޑަތަންވުމާ ގުޅިގެން، ގިނަ މެޗުތަކެއް ނުކުޅެވުނު ނަމަވެސް، ލިބުނު މެޗުތަކުން ވެސް ފައިދާކުރިކަން ނީޝާ ފާހަގަކުރި އެވެ.

"އެކަމަކު، ނޭވީ އާއި އެއާފޯސްއާ އެކު ކުޅުނިން. އެ ދެ ޓީމާ އެކު ކުޅެލަން ލިބުމުން ރަނގަޅު. އެއީ ފުދޭވަރަކަށް ރަނގަޅު ޓީމުތައް އަސްލު. 2022 ގައި ވެސް އެއްވެސް ވަރަކަށް އެކްސްޕޯޝާ މެޗުތަކެއް ކުޅެލާކަށެއް ނުލިބޭ. މި ފަހަރު އެ ލިބުނީމަ އަސްލު، މެޗު އެކްސްޕީރިއަންސް އަސްލު ލެކްވަނީ ޓީމުގައި. އެހެންވީމަ އެ އެކްސްޕޯޝާ ލިބުނީމަ ކުދިންގެ އެ އިންނަ މެޗު އެކްސްޕީރިއަންސް އާއި ކޮމްބިނޭޝަން ކޮންމެ ވެސް ވަރަކަށް ފައިދާ ކޮށްފައި ހުރީ. މި ފަހަރުގެ ކުޅުމުން އޭތި އެބަ ފެނޭ. ގިނައިން މެޗުތައް ލިބުނު ވަރަކަށް މި ރަނގަޅުވަނީ،" ނީޝާ ބުންޏެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރު ކުރިއަށްދިޔަ އޭޝިއާގެ ނެޓްބޯޅަ ޓީމާއި މި ފަހަރު ވާދަކުރާ ޓީމުގައި 30 ޕަސެންޓް ވަރުގެ ސްކޮޑުގެ ތަފާތެއް އުޅޭނެ ކަމަށް ނީޝާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ، ކުރިން ފަހަރަށް ވުރެ މި އަހަރުގެ މުބާރާތުގައި ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"ގާތްގަނޑަކަށް 30 ޕަސެންޓްވަރު މީނީ ބަދަލުވެފައި، ކުޅުމަށް ބަލާއިރުގައި، ކުޅުން ވަރަށް ތަފާތު މިދިޔަ ފަހަރާ ބަލާފައި. މިދިޔަ ފަހަރަކީ ގިނަ ކުދިން ހަމަ އަލަށް ކުޅެން މިދިޔަ ފަހަރު ދިޔަ ކުދިން. ކުރިން ފަހަރާ ބަލާފައި ކުޅުން މި ފަހަރު ވަރަށް ބޮޑުތަން ކުރިއަށް ގޮސްފައި މި ވަނީ،" ނީޝާ ބުންޏެވެ.

އޭޝިއާ މުބާރާތުގައި، ނެޓްބޯޅަ ޓީމުން ފަސް ވަނަ މެޗުގައި ބުދަ ދުވަހު ޖަޕާނާ ކުޅެ، ފަހު މެޗުގައި ސްރީ ލަންކާއާ ބައްދަލުކުރާނެ އެވެ. ރާއްޖޭން ވަނީ މީގެ ދެ އަހަރު ކުރިން ކުޅުނު އޭޝިއާ މުބާރާތުގައި ޖަޕާން އަތުން މޮޅުވެފަ އެވެ.

"ލަންކާ އަކީ އޭޝިއާގެ އެއް ވަަަނަ މިހާރު، އެ މެޗު އެންމެ ފަހުން އިނީމަ އަސްލު ވަރަށް ރަނގަޅު. ޕޮޒިޓިވެއްގެ ގޮތުގައި ނަގަނީ. ފުދޭ ވަރަކަށް ގިނަ މެޗު ކުޅެލާފައި މެޗު އެކްސްޕީރިއަންސާ އެކު، ޓީމު ވޯކް ވެސް މި މުބާރާތުގެ ތެރޭގައި ރަނގަޅު އެބަވޭ. ޕްލަސް ޕޮއިންޓެއްގެ ގޮތުގައި ނަގަނީ ލަންކާ މެޗު ގްރޫޕްގެ އެންމެ ފަހު މެޗެއްގެ ގޮތުގައި ލިބުނީމަ ވެސް،" ގްރޫޕްގެ ފަހު މެޗު ލަންކާއާ ޖެހުމާ މެދު ދެކޭގޮތް ނީޝާ ހިއްސާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox